Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

ސީޒަންގައި މާޒިޔާ ބަލިކުރި ފުރަތަމަ ޓީމުގެ ޝަރަފާ އެކު، އޮޑިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފި

މާޒިޔާ ބަލިކޮށް އޮޑިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފައިވާއިރު، މިއީ މި ސީޒަންގައި މާޒިޔާ ބަލިވި ފުރަތަމަ މެޗު. އަނެއްކޮޅުން މިއީ އޮޑިން ފުރަތަމަ ޑިވިޝަންގައި ވާދަ ކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ޓީމަށް މިއީ ކާމިޔާބު ސީޒަނެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2026 | ބުދަ 05:57
ރައީސް މުޢިއްޒު، ޕްރެޒިޑެންޓްސް ކަޕްގެ ތަށި އޮޑި ޓީމާ ހަވާލު ކޮށްދެއްވަނީ

ރައީސް މުޢިއްޒު، ޕްރެޒިޑެންޓްސް ކަޕްގެ ތަށި އޮޑި ޓީމާ ހަވާލު ކޮށްދެއްވަނީ | ރައީސް އޮފީސް

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް، އޮޑި ސްޕޯޓްސް ކުލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފައިނަލް މެޗު އޮޑިން ކާމިޔާބު ކުރީ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރެވުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު މާޒިޔާ އަށް ޖަހައިދިނީ ނާއިޒް ޙަސަން (ދާދު) އެވެ. ނަމަވެސް، މެޗުގެ 14 ވަނަ މިނެޓުގައި އޮޑިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު ޖަހައި އޮޑި އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކިއާނޫ މާޝް ބްރައުން އެވެ.

ނަތީޖާ ނެރުމަށް ޖެހި ހަތް ޕެނަލްޓީގެ ތެރެއިން އޮޑިން، ފަސް ޕެނަލްޓީ ކާމިޔާބު ކުރިއެވެ. އެ ޓީމުގެ ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. މާޒިއާ އަށް ހަތް ޕެނަލްޓީގެ ތެރެއިން، ހަތަރު ޕެނަލްޓީ ކާމިޔާބު ކުރެވުނުއިރު، އެ ޓީމުގެ އަނެއް ތިން ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. 

މާޒިޔާ ބަލިކޮށް އޮޑިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފައިވާއިރު، މިއީ މި ސީޒަންގައި މާޒިޔާ ބަލިވި ފުރަތަމަ މެޗެވެ. އަނެއްކޮޅުން މިއީ އޮޑިން ފުރަތަމަ ޑިވިޝަންގައި ވާދަ ކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ޓީމަށް މިއީ ކާމިޔާބު ސީޒަން އެކެވެ. އެގޮތުން އެފްއޭއެމް އިން ބޭއްވި ލީގު ކަޕްގެ ފައިނަލްގައި އެ ޓީމު ވާދަކުރިއިރު، މާޒިޔާ އަތުން ވަނީ ބަލިވެފަ އެވެ. 

އޭގެ ފަހުން މި ސީޒަންގެ ދިރާގު ދިވެހި ޕްރިމިއާ ލީގު އޮޑިން ނިންމާލީ ދެ ވަަނައިގަ އެވެ. މާޒިޔާ ބަލިކޮށް އޮޑިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރިއިރު، މިއީ ފުރަތަމަ ޑިވިޝަންގައި އެ ޓީމުން ހޯދި ފުރަތަމަ ތަށްޓެވެ. އޮޑި އަތުން ބަލިވި މާޒިޔާ ވަނީ، 2023 ވަނަ އަހަރު އޮތް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފަ އެވެ.

މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ. އޭގެ އިތުރުން ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އާއި، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް) ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްމަޒީޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްއޮޑި ސްޕޯޓްސް ކްލަބް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބުރުގެ މައްޗަށް ކުރި ހޯދައި އޮޑި ފައިނަލް އަށް

ބުރުގެ މައްޗަށް ކުރި ހޯދައި އޮޑި ފައިނަލް އަށް

22 ފެބުރުއަރީ 2026
ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށް، ތަށި ދިފާއު ކުރަން މާޒިޔާ ފައިނަލަށް

ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށް، ތަށި ދިފާއު ކުރަން މާޒިޔާ ފައިނަލަށް

21 ފެބުރުއަރީ 2026
އީގަލްސް ބަލިކޮށް، އޮޑި ސެމީ ފައިނަލް އަށް

އީގަލްސް ބަލިކޮށް، އޮޑި ސެމީ ފައިނަލް އަށް

17 ފެބުރުއަރީ 2026
މާޒިޔާ އަތުން ބަލިވެ ވިކްޓަރީ ކަޓައިފި

މާޒިޔާ އަތުން ބަލިވެ ވިކްޓަރީ ކަޓައިފި

17 ފެބުރުއަރީ 2026
ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި

ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި

14 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު