Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ވިމަންސް ލީގު

އޮޑި ބަލިކޮށް، މާޒިޔާ އިން ވިމަންސް ލީގު ކާމިޔާބު ކޮށްފި

އެފްއޭއެމް އިން މިފަހަރު ވިމަންސް ލީގު ބާއްވާފައިވާއިރު، މިއީ ދިގު މުއްދަތެއްގެ މެދު ކެނޑުމަކަށް ފަހު އެފްއޭއެމް އިން އަންހެން މުބާރާތް ބޭއްވި ފުރަތަމަ ފަހަރު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޑިސެމްބަރު 2025 | ބުދަ 06:46
މާޒިޔާ އިން ލީގުގެ ތަށި އުފުލާލަނީ

މާޒިޔާ އިން ލީގުގެ ތަށި އުފުލާލަނީ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ، އެފްއޭއެމް ވިމަންސް ލީގުގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ހޯދައިފި އެވެ. 

ލީގުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދީ އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗު މާޒިޔާ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި މާާޒިޔާ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު މާޒިޔާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެގޮތުން ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި މާޒިޔާ އަށް ލީޑު ނަގައިދިނީ ބިދޭސީ ކުޅުންތެރިޔާ ރޭކާ ޕޮއުޑެލް އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި މާޒިޔާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކުރީ ބިދޭސީ ކުޅުންތެރިޔާ ދީޕާ ޝާހީ އެވެ.

މޮޅާ އެކު މާޒިޔާ އިން ވިމަންސް ލީގު ކާމިޔާބު ކުރީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. އެއް ވަަނައިގައި މާާޒިޔާ އަށް 13 ޕޮއިންޓު ލިބުނު އިރު، ދެ ވަނަ އަށް ދިޔަ އޮޑި ސްޕޯޓްސް ކުލަބަށް ލިބުނީ 10 ޕޮއިންޓެވެ. ހަ ޓީމު ވާދަ ކުރި ލީގުގެ ތިން ވަނަ އަށް ދިޔަ ވިކްޓްރީ ސްޕޯޓްސް ކުލަބަށް އަށް ޕޮއިންޓު ލިބޭއިރު، ހަތަރު ވަނައިގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ލިބެނީ އަށް ޕޮއިންޓެވެ. ފަސް ވަނަ ޓީސީ ސްޕޯޓްސް ކުލަބަށް ލިބުނުއިރު، ހަ ވަނަ އަށް ދިޔައީ ބިސް ބުރު ސްޕޯޓްސް ކުލަބެވެ.

ލީގުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޗެމްޕިއަން މާޒިޔާގެ ޝައްފަ ސިއުތު، ދީޕާ، އައިޝަތު ލީޒާ، ޕޮއުޑެލްގެ އިތުރުން އޮޑީގެ ފާތިމަތު ސާލިޔާ، ނަސްތާސިއާ ސުސީ ރަމްދާނީ، އިންޝާ އާދަމް، ފިރުޝާނާ ނަސީރު އަދި ވިކްޓްރީގެ ލޭލާ ރަމެޝޮވްނާ އާއި ސަފީނާ ރުޝާނިޔާ އާއި ނިއު ރޭޑިއަންޓްގެ މައީޝާ ޢަބްދުލް ހަންނާން އެވެ. 

ނުވަ ލަނޑު ޖަހައިގެން މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ވިކްޓްރީގެ ލޭލާ އެވެ. މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ މާޒިޔާގެ ޕައުޑެލް އެވެ. އަދި އެންމެ މޮޅު ދިވެހި ކުޅުންތެރިޔަކަށް ހޮވުނީ އޮޑީގެ ޝާލިޔާ އެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ވިކްޓްރީގެ އައިޝަތު ޝަހާ ޝަރީފް އެވެ. 

އެފްއޭއެމް އިން މިފަހަރު ވިމަންސް ލީގު ބާއްވާފައިވާއިރު، މިއީ ދިގު މުއްދަތެއްގެ މެދު ކެނޑުމަކަށް ފަހު އެފްއޭއެމް އިން އަންހެން މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ. 

އެފްއޭއެމް ވިމަންސް ލީގުމަޒީޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްއޮޑި ސްޕޯޓްސް ކްލަބްވިކްޓަރީ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި

20 ޑިސެމްބަރު 2025
ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި
20 ޑިސެމްބަރު 2025

ޔޫވީ ބަލިކޮށް، އޮޑި ދެ ވަނައިގައި

20 ޑިސެމްބަރު 2025
ޔޫވީ ބަލިކޮށް، އޮޑި ދެ ވަނައިގައި
14 ޑިސެމްބަރު 2025

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

14 ޑިސެމްބަރު 2025
ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު