Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަޕް ވިނާސް ކަޕް

ނިއު ރޭޑިއަންޓް އާއި ބުރުގެ މެޗުން، ހޯމަ ދުވަހު ކަޕް ވިނާސް ކަޕް ފަށަނީ

2 އޯގަސްޓު 2026 | އާދީއްތަ 08:29

ކަޕް ވިނާސް ކަޕްގައި ވާދަ ކުރާނީ ހަތަރު ޓީމު. އެއީ މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމު. އެގޮތުން އެއީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯޓްސް ކުލަބުގެ އިތުރުން ނިއު ރޭޑިއަންޓް އާއި ބުރު ސްޕޯޓްސް ކުލަބު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އޯގަސްޓު 2026 | އާދީއްތަ 08:29
ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާާ އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗުގެ ތެރެއިން

ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާާ އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗުގެ ތެރެއިން | އެފްއޭއެމް

ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ފުރަތަމަ މުބާރާތުގެ ގޮތުގައި ކަޕް ވިނާސް ކަޕް ހިމަނައި، ހޯމަ ދުވަހު މުބާރާތް ފަށަން ތައްޔާރުވެއްޖެ އެވެ.

ކަޕް ވިނާސް ކަޕްގައި ވާދަ ކުރާނީ ހަތަރު ޓީމެވެ. އެއީ މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެގޮތުން އެއީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި، އޮޑި ސްޕޯޓްސް ކުލަބުގެ އިތުރުން ނިއު ރޭޑިއަންޓް އާއި ބުރު ސްޕޯޓްސް ކުލަބެވެ.

Advertisement - newsAdvertisement

މުބާރާތުގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެ ހަވީރު ބައްދަލު ކުރާނީ ނިއު ރޭޑިއަންޓް އާއި ބުރެވެ. ދެ ވަނަ މެޗުގައި ހޯމަ ދުވަހުގެ ރޭ ބައްދަލު ކުރާނީ މާޒިޔާ އާއި އޮޑި އެވެ. އޭގެ ފަހުން ބުރާސްފަތި ދުވަހުގެ ހަވީރު ކުޅޭނީ މާޒިޔާ އާއި ބުރެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ކުޅޭނީ ނިއު ރޭޑިއަންޓް އާއި އޮޑި އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުޅޭނީ އޮޑި އާއި ބުރެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ ކުޅޭނީ މާޒިޔާ އާއި ނިއު ރޭޑިއަންޓް އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލު ކުރުމަށް ފަހު، އެއް ވަނަ ޓީމާއި ދެ ވަނަ ޓީމަށް ފައިނަލްގެ ޖާގަ ލިބޭނެ އެވެ. މުބާރާތުގެ ފައިނަލް މެޗު އޮތީ އޮގަސްޓު މަހުގެ 18 ވާ އަންގާރަ ދުވަހުގެ ރޭ އެވެ. 

މިފަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އިން ވަނީ ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ބަލިކޮށްފައި އެވެ. މިއީ 18 އަހަރުގެ މެދު ކެނޑުމަކަށް ފަހު ކަޕް ވިނާސް ކަޕް ކުޅެވޭ ފުރަތަމަ ފަހަަރަށް ވާނެ އެވެ. އެންމެ ފަހުން ކަޕް ވިނާސް ކަޕް 2008 ވަނަ އަހަރު ކުޅުނުއިރު، އެފަހަރުގެ މުބާރާާތް ކާމިޔާބު ކުރީ ނިއު ރޭޑިއަންޓް އިންނެވެ.

ކަޕް ވިނާސް ކަޕްމަޒީޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްއޮޑި ސްޕޯޓްސް ކްލަބްނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްބުރު ސްޕޯޓްސް ކްލަބް

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

23 ޖުލައި 2026

ނިއު ރޭޑިއަންޓަށް ގެނައި ބިދޭސީ ކުޅުންތެރިޔާގެ މުސާރަ އަކީ މަހަކު 350،000 ރުފިޔާ!

23 ޖުލައި 2026
ނިއު ރޭޑިއަންޓަށް ގެނައި ބިދޭސީ ކުޅުންތެރިޔާގެ މުސާރަ އަކީ މަހަކު 350،000 ރުފިޔާ!
19 ޖުލައި 2026

ސްޕެއިންގެ ކޯޗާ އެކު ބުރުގެ ފަރިތަކުރުންތައް ފަށައިފި

19 ޖުލައި 2026
ސްޕެއިންގެ ކޯޗާ އެކު ބުރުގެ ފަރިތަކުރުންތައް ފަށައިފި
25 ފެބުރުއަރީ 2026

ސީޒަންގައި މާޒިޔާ ބަލިކުރި ފުރަތަމަ ޓީމުގެ ޝަރަފާ އެކު، އޮޑިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފި

25 ފެބުރުއަރީ 2026
ސީޒަންގައި މާޒިޔާ ބަލިކުރި ފުރަތަމަ ޓީމުގެ ޝަރަފާ އެކު، އޮޑިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފި
22 ފެބުރުއަރީ 2026

ބުރުގެ މައްޗަށް ކުރި ހޯދައި އޮޑި ފައިނަލް އަށް

22 ފެބުރުއަރީ 2026
ބުރުގެ މައްޗަށް ކުރި ހޯދައި އޮޑި ފައިނަލް އަށް
21 ފެބުރުއަރީ 2026

ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށް، ތަށި ދިފާއު ކުރަން މާޒިޔާ ފައިނަލަށް

21 ފެބުރުއަރީ 2026
ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށް، ތަށި ދިފާއު ކުރަން މާޒިޔާ ފައިނަލަށް
17 ފެބުރުއަރީ 2026

އީގަލްސް ބަލިކޮށް، އޮޑި ސެމީ ފައިނަލް އަށް

17 ފެބުރުއަރީ 2026
އީގަލްސް ބަލިކޮށް، އޮޑި ސެމީ ފައިނަލް އަށް
17 ފެބުރުއަރީ 2026

މާޒިޔާ އަތުން ބަލިވެ ވިކްޓަރީ ކަޓައިފި

17 ފެބުރުއަރީ 2026
މާޒިޔާ އަތުން ބަލިވެ ވިކްޓަރީ ކަޓައިފި
14 ފެބުރުއަރީ 2026

ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި

14 ފެބުރުއަރީ 2026
ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި
11 ފެބުރުއަރީ 2026

މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު

11 ފެބުރުއަރީ 2026
މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު
09 ފެބުރުއަރީ 2026

ނިއުގެ ޗެއާމަން މުބީންގެ ތައުރީފު މާޒިޔާ އާއި އެ ކުލަބުގެ އިސްވެރިންނަށް

09 ފެބުރުއަރީ 2026
ނިއުގެ ޗެއާމަން މުބީންގެ ތައުރީފު މާޒިޔާ އާއި އެ ކުލަބުގެ އިސްވެރިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް