Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއު ރޭޑިއަންޓް

ނިއުގެ ޗެއާމަން މުބީންގެ ތައުރީފު މާޒިޔާ އާއި އެ ކުލަބުގެ އިސްވެރިންނަށް

މާޒިޔާ އަށް މަރުޙަބާ ކިޔައި މުބީން އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މާޒިޔާ އިން ހޯދި ކާމިޔާބީ އަކީ އެ ކުލަބުގެ މެނޭޖުމަންޓާއި، ކޯޗުން އަދި ހީވާގި ކުޅުންތެރިން މުޅި ލީގުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ފެބުރުއަރީ 2026 | ހޯމަ 04:13
ނިއު ރޭޑިއަންޓުގެ ޗެއާމަން އަޙުމަދު މުބީން

ނިއު ރޭޑިއަންޓުގެ ޗެއާމަން އަޙުމަދު މުބީން | ވަން އޮންލައިން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި، އެ ކުލަބުގެ އިސްވެރިންގެ މަސައްކަތާއި ހިތްވަރަށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙުމަދު މުބީން ތައުރީފު ކޮށްފި އެވެ. 

މާޒިޔާ އިން ވަނީ މިފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ. ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް މާޒިޔާ އިން ލީގު ކާމިޔާބު ކުރީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. މާޒިޔާ އިން ވަނީ މިހާތަނަށް ޖުމުލަ ހަ ފަހަރެއްގެ މަތިން ލީގު ކާމިޔާބު ކޮށްފަ އެވެ.

މާޒިޔާ އަށް މަރުޙަބާ ކިޔައި މުބީން އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މާޒިޔާ އިން ހޯދި ކާމިޔާބީ އަކީ އެ ކުލަބުގެ މެނޭޖުމަންޓާއި، ކޯޗުން އަދި ހީވާގި ކުޅުންތެރިން މުޅި ލީގުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. މީގެ އިތުރުން ދަނޑު މަތީގައި ދެއްކި ހިތްވަރާއި، އެކަކު އަނެކަކަށް ބެހެއްޓި ގާތް ގުޅުމަކީ، މިއަދު އެ ފެންނަ ކާމިޔާބީގެ އަސްލު ކަމަށް މުބީން ފާހަގަ ކުރެއްވި އެވެ. 

މާޒިޔާ އަކީ ދިވެހި ފުޓުބޯޅައިގައި ފާއިތުވި އަހަރު ތަކުގައި ވަރުގަދަ އަޒުމެއްގައި މަސައްކަތް ކުރާ ކުލަބެއްކަން މިފަހަރު ވެސް ސާބިތު ކޮށްދީފައިވާ ކަމަށް މުބީން ވިދާޅުވި އެވެ. މާޒިޔާގެ ސަޕޯޓަރުންނަށް މަރުޙަބާ ދަންނަވައި މުބީން ވިދާޅުވީ، މާޒިޔާގެ ސަޕޯޓަރުން ދެއްކި ހިތްވަރަކީ ކުޅުންތެރިންނަށް ލިބޭނެ އެންމެ ބޮޑު ބާރު ކަމަށެވެ.

މުބީންގެ ޕޯސްޓުގައި ވަނީ ރާއްޖޭގެ ފުޓުބޯޅަ އައު އުސްމިން ތަކަކަށް ގެންދިޔުމަށް މާޒިޔާގެ އިސްވެރިން ކުރާ މަސައްކަތުގައި ކާމިޔާބަށް ވެސް އެދިފަ އެވެ. އަދި ކުރިއަށް އޮތް މުބާރާތް ތަކުގައި ވެސް މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ. 

ފާއިތުވި އަހަރު ތަކުގައި ރާއްޖެ އިން އެންމެ ރަނގަޅު ކާމިޔާބީ ތަކެއް ހޯދި ކުލަބަކީ މާޒިޔާ އެވެ. 

މަޒީޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްއަޙުމަދު މުބީން

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2026

ފަސް ވަނަ ފަހަރަށް މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި

07 ފެބުރުއަރީ 2026
ފަސް ވަނަ ފަހަރަށް މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި
29 ޖެނުއަރީ 2026

ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް މާޒިޔާ އިން ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފި

29 ޖެނުއަރީ 2026
ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް މާޒިޔާ އިން ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފި
18 ޖެނުއަރީ 2026

ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި

18 ޖެނުއަރީ 2026
ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި
12 ޖެނުއަރީ 2026

ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި

12 ޖެނުއަރީ 2026
ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި
07 ޖެނުއަރީ 2026

މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި

07 ޖެނުއަރީ 2026
މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު