Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއާ ލީގު

އީގަލްސް އަތުން އޮޑި ބަލިވެއްޖެ

އޮޑި އަތުން ހޯދި މޮޅާއެކު އީގަލްސް އޮތީ 12 މެޗުން 16 ޕޮއިންޓާ އެކު ލީގު ތާވަލްގެ ހަ ވަނަ މަގާމުގައި. އީގަލްސް އަތުން ބަލިވެ އޮޑި އޮތީ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 12 މެޗުން 28 ޕޮއިންޓާ އެކު. އޮޑި ބަލިވުމާ އެކު، އެއް ވަަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވަނީ ހަ ޕޮއިންޓުގެ ލީޑެއް ލިބިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2025 | ހޮނިހިރު 04:32
މެޗުގައި ގިނަ ހަމަލާ ތަކެއް ސޭވް ކުރި އީގަލްސްގެ ގޯލު ކީޕަރު

މެޗުގައި ގިނަ ހަމަލާ ތަކެއް ސޭވް ކުރި އީގަލްސްގެ ގޯލު ކީޕަރު

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން، އޮޑި ސްޕޯޓްސް ކުލަބު ބަލިވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި އީގަލްސް އިން ވަނީ 2-0 އިން އޮޑީގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޒައިން ޒަފަރު އެވެ. އެ ލަނޑު އޭނާ ޖެހީ އީގަލްސްގެ އިބްރާހީމް މަހުދީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިބުނު ބޯޅަ އިންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް މެޗުގައި ފެނުނުއިރު، އޮޑި އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ވެސް އީގަލްސް އިން ވަނީ ކުރިއަށް ޖެހިގެން ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 61 ވަނަ މިނެޓުގައި އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ އިބްރާހީމް ލެބީ ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. 

އޭގެ ފަހުން ވެސް މެޗުގައި ލަނޑު ޖަހަން އޮޑި އަށް ފުރުސަތު ލިބުނުއިރު، އެއްވެސް ފުރުސަތެއްގެ ބޭނުން އެ ޓީމަށް ކުރެވޭ ގޮތެެއް ނުވި އެވެ. އީގަލްސް އަތުން އޮޑި ބަލިވެފައިވާއިރު، މިއީ މި ސީޒަންގެ ލީގުގައި އެ ޓީމުގެ ދެ ވަނަ ބައްޔެވެ. އޮޑި އަކީ މިފަހަރުގެ ލީގުގައި އެންމެ ރަނގަޅު ނަތީޖާ ތަކެއްް ނެރެމުން އަންނަ އެއް ޓީމެވެ. 

އޮޑި އަތުން ހޯދި މޮޅާއެކު އީގަލްސް އޮތީ 12 މެޗުން 16 ޕޮއިންޓާ އެކު ލީގު ތާވަލްގެ ހަ ވަނަ މަގާމުގަ އެވެ. އީގަލްސް އަތުން ބަލިވެ އޮޑި އޮތީ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 12 މެޗުން  28 ޕޮއިންޓާ އެކު އެވެ. އޮޑި ބަލިވުމާ އެކު، އެއް ވަަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވަނީ ހަ ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. 

އެއް ވަނައިގައި މާޒިޔާ އޮތީ މިހާތަނަށް ކުޅުނު 12 މެޗުން 34 ޕޮއިންޓާ އެކު އެވެ. ލީގުގައި އީގަލްސްގެ އިތުރުން، ދެން އޮޑި ބަލިވެފައި ވަނީ މާޒިޔާ އަތުންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުއޮޑި ސްޕޯޓްސް ކްލަބްމަޒީޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮޑި ބަލިކޮށް، މާޒިޔާ އިން ވިމަންސް ލީގު ކާމިޔާބު ކޮށްފި

އޮޑި ބަލިކޮށް، މާޒިޔާ އިން ވިމަންސް ލީގު ކާމިޔާބު ކޮށްފި

24 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން އީގަލްސް ބަލިކޮށްފި

ފަހަތުން އަރައި ބުރުން އީގަލްސް ބަލިކޮށްފި

21 ޑިސެމްބަރު 2025
ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި

ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި

20 ޑިސެމްބަރު 2025
ޔޫވީ ބަލިކޮށް، އޮޑި ދެ ވަނައިގައި

ޔޫވީ ބަލިކޮށް، އޮޑި ދެ ވަނައިގައި

20 ޑިސެމްބަރު 2025
ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ފެބުރުއަރީ
"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"
20251 އަހަރު ކުރިން
ރިޕޯޓު

"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް
20242 އަހަރު ކުރިން
ރާއްޖެ

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި
20233 އަހަރު ކުރިން
ރިޕޯޓު

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް
20224 އަހަރު ކުރިން
ރާއްޖެ

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!
20215 އަހަރު ކުރިން
ރިޕޯޓު

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު