Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށް، ތަށި ދިފާއު ކުރަން މާޒިޔާ ފައިނަލަށް

ހުކުރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބު ކުރީ ޕެނަލްޓީގައި ކުރި ހޯދައިގެން.. މެޗުގައި މާޒިޔާ އިން ދެ ލަނޑު ޖަހައިގެން ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނިއު އިން ނަތީޖާ ހަމަހަމަ ކުރި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2026 | ހޮނިހިރު 03:14
މެޗުގައި ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | އެފްއޭއެމް

މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ ސެމީ ފައިނަލްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފި އެވެ. 

ހުކުރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބު ކުރީ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މެޗުގައި މާޒިޔާ އިން ދެ ލަނޑު ޖަހައިގެން ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނިއު އިން ނަތީޖާ ހަމަހަމަ ކުރި އެވެ. 

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، ދެ ޓީމުން ވެސް ދިޔައީ ލިބުނު ފުރުސަތުގައި ލަނޑު ޖަހަން މަސައްކަތް ކުރަމުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ނިއުގެ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ތިރި ތިރިން ގޯލަށް ފޮނުވާލައިގެން މާޒިޔާ އަށް ލީޑު ނަގައިދިނީ އަޙުމަދު އައިހަމް އެވެ. އޭގެ ފަހުން މެޗުގެ 40 ވަނަ މިނެޓުގައި އައިހަމް ވަނީ ދެ ވަނަ ލަނޑެއް ޖަހައި މާޒިޔާގެ ލީޑު ފުޅާ ވެސް ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ނިއު އިން ވަނީ ރަނގަޅަށް ކުޅެން މަސައްކަތް ކޮށްފަ އެވެ. އެގޮތުން ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ނިއުގެ ބިދޭސީ ކުޅުންތެރިޔާ އަލްހާޖީ ގޭރޯ ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އޭގެ ފަހުން މެޗގެ 67 ވަނަ މިނެޓުގައި ނިއުގެ ދެ ވަނަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް އަލީ އަޝްފާޤު (ދަގަނޑޭ) އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މާޒިޔާ އިން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އެއީ ހަމްޒާ މުޙައްމަދު (ހަމްޕު) އާއި، ނާޒިމް މަމަދްޒާދާ އާއި، އައިހަމް އަދި ރެެގެން އޮބެން އެވެ. މާޒިޔާގެ އިބްރާހީމް އައިސަމްގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. 

ޕެނަލްޓީގައި ނިއު އަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ. އެއީ އަލްހާޖީ ގޭރޯ އާއި، އަލީ ފާޞިރު (ސެންޓޭ) އަދި އަޙުމަދު ހުސާމްގެ ޕެނަލްޓީ އެވެ. ނިއުގެ ދަގަނޑޭ އަދި ޔާޔާ ބިލިޓީގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

ނިއު ބަލިކޮށް މާޒިޔާ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދިއިރު، މާޒިޔާ އަކީ ޕްރެޒިޑެންޓްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މީގެ ކުރިން އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕް ބާއްވާފައި ވަނީ 2023 ވަނަ އަހަރު އެވެ.

ޕްރެޒިޑެންޓްސް ކަޕްމަޒީޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީގަލްސް ބަލިކޮށް، އޮޑި ސެމީ ފައިނަލް އަށް

އީގަލްސް ބަލިކޮށް، އޮޑި ސެމީ ފައިނަލް އަށް

17 ފެބުރުއަރީ 2026
މާޒިޔާ އަތުން ބަލިވެ ވިކްޓަރީ ކަޓައިފި

މާޒިޔާ އަތުން ބަލިވެ ވިކްޓަރީ ކަޓައިފި

17 ފެބުރުއަރީ 2026
ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި

ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި

14 ފެބުރުއަރީ 2026
ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް

ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް

14 ފެބުރުއަރީ 2026
ނިއު ރޭޑިއަންޓުގެ އުސޫލާ ޚިލާފުވި ކުޅުންތެރިންނަށް ބޮޑު ޖޫރިމަނާއެއް

ނިއު ރޭޑިއަންޓުގެ އުސޫލާ ޚިލާފުވި ކުޅުންތެރިންނަށް ބޮޑު ޖޫރިމަނާއެއް

11 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު