Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

ބުރުގެ މައްޗަށް ކުރި ހޯދައި އޮޑި ފައިނަލް އަށް

މޮޅާ އެކު އޮޑިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދިއިރު، ފައިނަލްގައި އޮޑި ނިކުންނާނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް. މީގެ ކުރިން ވެސް މި ސީޒަންގައި މި ދެ ޓީމު ވަނީ ބައްދަލު ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ފެބުރުއަރީ 2026 | އާދީއްތަ 03:25
މެެޗުގައި ލަނޑު ޖެހުމަށް ފަހު އޮޑީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެެޗުގައި ލަނޑު ޖެހުމަށް ފަހު އޮޑީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | އެފްއޭއެމް

ޕްރެޒިޑެންޓްސް ކަޕްގެ ދެ ވަނަ ސެމީ ފައިނަލްގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އޮޑި ސްޕޯޓްސް ކުލަބުން މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އޮޑިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އޮޑިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. 

މެޗު ފަށައިގެން އޮޑިން ވަނީ ރަނގަޅަށް ކުޅެ، ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ވެސް އޮޑިން ވަނީ ލަނޑު ޖަހަން ފުރުސަތު ތަކެއް ހޯދައިފަ އެވެ. ނަމަވެސް، މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި އޮޑިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އޮޑި އަށް ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އިސްލާމް ފެކްރީ ޒެއިއަޑާ އެވެ. އޭގެ ފަހުން މެޗުގެ 63 ވަނަ މިނެޓުގައި އޮޑީގެ އަހްޒަމް ރަޝީދު ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މޮޅާ އެކު އޮޑިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދިއިރު، ފައިނަލްގައި އޮޑި ނިކުންނާނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށެވެ. މީގެ ކުރިން ވެސް މި ސީޒަންގައި މި ދެ ޓީމު ވަނީ ބައްދަލު ކޮށްފަ އެވެ. އެގޮތުން އެފްއޭއެމް އިން ބޭއްވި ލީގު ކަޕްގެ ފައިނަލްގައި މާޒިޔާ އިން ވަނީ އޮޑި ބަލިކޮށް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. 

މީގެ އިތުރުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެސް މި ދެ ޓީމު ބައްދަލު ކުރިއިރު، ދެ މެޗުން ވެސް މޮޅުވެފައި ވަނީ މާޒިޔާ އެވެ. މިއީ އޮޑިން ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަމުން އަންނަ ފުރަތަމަ ސީޒަން ކަމަށްވާއިރު، އޮޑި މި ވަނީ ފުރަތަމަ ސީޒަންގައި ވެސް ދެ  ފައިނަލް އިން ޖާގަ ހޯދައިފަ އެވެ. 

ޕްރެޒިޑެންޓްސް ކަޕްބުރު ސްޕޯޓްސް ކްލަބްއޮޑި ސްޕޯޓްސް ކްލަބް

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2026

ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށް، ތަށި ދިފާއު ކުރަން މާޒިޔާ ފައިނަލަށް

21 ފެބުރުއަރީ 2026
ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށް، ތަށި ދިފާއު ކުރަން މާޒިޔާ ފައިނަލަށް
17 ފެބުރުއަރީ 2026

އީގަލްސް ބަލިކޮށް، އޮޑި ސެމީ ފައިނަލް އަށް

17 ފެބުރުއަރީ 2026
އީގަލްސް ބަލިކޮށް، އޮޑި ސެމީ ފައިނަލް އަށް
17 ފެބުރުއަރީ 2026

މާޒިޔާ އަތުން ބަލިވެ ވިކްޓަރީ ކަޓައިފި

17 ފެބުރުއަރީ 2026
މާޒިޔާ އަތުން ބަލިވެ ވިކްޓަރީ ކަޓައިފި
14 ފެބުރުއަރީ 2026

ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި

14 ފެބުރުއަރީ 2026
ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި
14 ފެބުރުއަރީ 2026

ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް

14 ފެބުރުއަރީ 2026
ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު