Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

އީގަލްސް ބަލިކޮށް، އޮޑި ސެމީ ފައިނަލް އަށް

އީގަލްސް ބަލިކޮށް އޮޑިން މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ހޯދީ އެއް ވަނަ ޓީމުގެ ގޮތުގައި. އޮޑީގެ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ވަނީ އެއްވަރުވެފައި. މި ގުރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލްގެ ޖާގަ ހޯދީ ނިއު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2026 | އަންގާރަ 10:04
މެޗުގައި ލަނޑު ޖެހުމަށް ފަހު އޮޑީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އޮޑީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | އަދަދު ސްޕޯޓްސް

ޕްރެޒިޑެންޓްސް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އޮޑި ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ. 

ހޯމަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އޮޑިން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގައި އީގަލްސް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އޮޑިން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެން ލީޑު ހޯދައިފަ އެވެ. 

މެޗުގެ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި އީގަލްސް އިން ލަނޑު ޖަހައި ލީޑު ނެގި އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އިސްމާއީލް އީސަ (މެސީ) އެވެ. އެއާ އެކު އީގަލްސް އިން މެޗުގެ ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ސާދަ ވަނަ މިނެޓުގައި އޮޑި އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަހްޒަމް ރަޝީދު އެވެ. އޭގެ ފަހުން މެޗުގެ 71 ވަނަ މިނެޓުގައި އަހްޒަމް ވަނީ އޮޑީގެ ދެ ވަނަ ލަނޑު ޖަހައި އެ ޓީމަށް ލީޑު ނަގައިދީފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް އޮޑީގެ ތިން ވަނަ ލަނޑު ޖަހައިދިނީ އަޙުމަދު އައިހަމް އެވެ. އޭގެ ތިން މިނެޓު ފަހުން އަޔާޒް އަޙުމަދު ވަނީ އޮޑީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އީގަލްސްގެ ދެ ވަނަ ލަނޑު ޖެހީ އިބްރާހީމް މަހުދީ ޙުސެއިން (ފޭދޫ އިއްބެ) އެވެ.

އީގަލްސް ބަލިކޮށް އޮޑިން މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ހޯދީ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އޮޑީގެ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ވަނީ އެއްވަރުވެފަ އެވެ. މި ގުރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލްގެ ޖާގަ ހޯދީ ނިއު އެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި އޮޑި ނިކުންނާނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

ޕްރެޒިޑެންޓްސް ކަޕްކުލަބު އީގަލްސްއޮޑި ސްޕޯޓްސް ކްލަބް

ކޮމެންޓް

އިތުރަށް ކިޔާލަން

މާޒިޔާ އަތުން ބަލިވެ ވިކްޓަރީ ކަޓައިފި

މާޒިޔާ އަތުން ބަލިވެ ވިކްޓަރީ ކަޓައިފި

17 ފެބުރުއަރީ 2026
ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި

ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި

14 ފެބުރުއަރީ 2026
ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް

ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް

14 ފެބުރުއަރީ 2026
މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު

މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު

11 ފެބުރުއަރީ 2026
ޕްލޭ އޮފްގެ މެޗުތައް ކާމިޔާބުކޮށް އީގަލްސް އާއި، ވިކްޓަރީ ޕްރެޒިޑެންޓްސް ކަޕަށް

ޕްލޭ އޮފްގެ މެޗުތައް ކާމިޔާބުކޮށް އީގަލްސް އާއި، ވިކްޓަރީ ޕްރެޒިޑެންޓްސް ކަޕަށް

09 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު