Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

އިންފަންޓީނޯގެ ވިސްނުން ބަދަލު ނުކުރާނަމަ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރަން ޔުއެފާ އިން ނިންމައިފި

30 ޖުލައި 2026 | ބުރާސްފަތި 21:32

ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ޔުއެފާގެ މެންބަރު ޤައުމުތަކުން ނިންމާފައި ވަނީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހަޅާފައިވާ އެ ހުށަހެޅުން އަނބުރާ ނުގެންގޮސްފި ނަމަ، ފީފާ އިން ބާއްވާ ހުރިހާ މުބާރާތްތަކެއް ބޮއިކޮޓް ކުރުމަށް. އޭގެ ތެރޭގައި ފީފާ ވޯލްޑް ކަޕް ވެސް ހިމެނޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖުލައި 2026 | ބުރާސްފަތި 21:32
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ޔުއެފާގެ ރައީސް އެލެކްސެންޑާ ޗެފެރިން

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ޔުއެފާގެ ރައީސް އެލެކްސެންޑާ ޗެފެރިން | ދި ޓަައިމްސް

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ބޮޑެތި މުބާރާތްތަކުގެ ހިއްސާ ވިއްކަން ނިންމި ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން، ޔުއެފާގެ މެންބަރު ޤައުމުތަކުން ވަރުގަދަ ނިންމުމެއް ނިންމައިފި އެވެ.

އެގޮތުން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ޔުއެފާގެ މެންބަރު ޤައުމުތަކުން ނިންމާފައި ވަނީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހަޅާފައިވާ އެ ހުށަހެޅުން އަނބުރާ ނުގެންގޮސްފި ނަމަ، ފީފާ އިން ބާއްވާ ހުރިހާ މުބާރާތްތަކެއް ބޮއިކޮޓް ކުރުމަށެވެ. އޭގެ ތެރޭގައި ފީފާ ވޯލްޑް ކަޕް ވެސް ހިމެނޭނެ އެވެ. 

ޔުއެފާގެ މި ކުއްލި ބައްދަލުވުމުގައި އެ އެސޯސިއޭޝަންގެ 55 މެންބަރު އެސޯސިއޭޝަންތަކުން ވަނީ މި ނިންމުމަށް އެއްބަސްވެފައި އެވެ. އެ ބައްދަލުވުމަށް ފަހު ޔުއެފާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ވޯލްޑް ކަޕް އަކީ އިންވެސްޓްމަންޓް މުދަލެއް ނޫން ކަމަށެވެ. ބަޔާނުގައި ބުނެފައި ވަނީ ދުނިޔޭގެ ޤައުމީ އެސޯސިއޭޝަން ތަކަށް މިހާރު ދީފައި ވަނީ އަލްޓިމޭޓަމެއް ކަމަށާއި، ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތްތައް އަވަސް އަރުވާލައިގެން ދިޔުމަށް އެއްބަސްވުމަށް، ނުވަތަ އެކަމުގެ ނަތީޖާ ބަަލައިގަތުމަށް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. 

އެއާއެކު ޔުއެފާ އިން ބުނެފައި ވަނީ ފީފާގެ އެ ވިސްނުން އަނބުރާ ނުގެންދާ ނަމަ، ނުވަތަ އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން ނުދޭ ނަަމަ، އެ ޙާލަތެއްގައި ޔުއެފާގެ އެއްވެސް ޤައުމެއްގެ ޓީމެއް ފީފާގެ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވާނެ ކަމަށެވެ. އިންފަންޓީނޯގެ ވިސްނުމުގައި ހުރި ބަދަލުތަކުގެ ސަބަބުން، އެކަމުގެ ނޭދެވޭ އަސަރު ފުޓުބޯޅަ އަށް ކުރާނެ ކަމަށް ވެސް ޔުއެފާ އިން ދެކެ އެވެ. 

ފީފާ އިން ހުށަހަޅާފައި ވަނީ ވޯލްޑް ކަޕް މުބާރާތަށް ޕްރައިވެޓް އިންވެސްޓަރުން ގެނެސް، އެ މުބާރާތުގެ 20 ޕަސެންޓަށް ވުރެ ގިނަ ބައެއް ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލުމުގެ ހުށަހެޅުމެކެވެ. މި ހުށަހެޅުމުގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރާޑް ކުޝްނާގެ ބޭބެ، ޖޯޝުއާ ކުޝްނާ ހިމެނެ އެވެ.

ވޯލްޑް ކަޕް ބޮއިކޮޓް ކުރުމަކީ އަލަށް ހިނގާނެ ކަމެއް ނޫނެވެ. އެގޮތުން އިންގްލެންޑުން ވަނީ އެންމެ ފުރަތަމަ އޮތް ތިން ވޯލްޑް ކަޕް ބޮއިކޮޓް ކޮށްފައި އެވެ. އޭގެ ފަހުން 1966 ވަނަ އަހަރު އެފްރިކާގެ ޤައުމުތަކުން ވެސް ވޯލްޑް ކަޕް ބޮއިކޮޓް ކުރިއިރު، ސޯވިއެޓް ޔޫނިއަން އިން ވަނީ 1974 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޮއިކޮޓް ކޮށްފައި އެވެ. 

ނަމަވެސް، ޔޫރަޕުގެ ހުރިހާ ޤައުމެއް ގުޅިގެން، އެކު އެކީގައި ވޯލްޑް ކަޕް ބޮއިކޮޓް ކުރުމަށް މީގެ ކުރިން ނިންމާފައި ނުވެ އެވެ. ޔުއެފާ އަކީ ފީފާގެ އެންމެ ބާރުގަދަ ކޮންފެޑަރޭޝަން އެވެ. ފީފާގެ 211 މެންބަރުންގެ ތެރެއިން، ގިނައީ ޔުއެފާގެ މެންބަރުންނެވެ. މިހާތަނަށް ބޭއްވި ފިރިހެނުންގެ 23 ވޯލްޑް ކަޕްގެ ތެރެއިން، 13 ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި ވަނީ ޔޫރަޕުގެ ޓީމުތަކުންނެވެ. އަންހެން ވޯލްޑް ކަޕް ނުވަ ފަހަރު ބޭއްވިިއިރު، ހަތަރު ފަހަރު ކާމިޔާބު ކުރީ ޔޫރަޕުގެ ޓީމުތަކުންނެވެ.

ފީފާޔުއެފާޖިއާނީ އިންފަންޓީނޯ

އިތުރަށް ކިޔާލަން

30 ޖުލައި 2026

ވޯލްޑް ކަޕް އަކީ ވިޔަފާރި މުދަލެއް ނޫން ކަމަށް ވިދާޅުވެ، ބްލެޓާގެ ފާޑު ކިޔުން އިންފަންޓީނޯ އާއި ޓްރަމްޕް އަށް

30 ޖުލައި 2026
ވޯލްޑް ކަޕް އަކީ ވިޔަފާރި މުދަލެއް ނޫން ކަމަށް ވިދާޅުވެ، ބްލެޓާގެ ފާޑު ކިޔުން އިންފަންޓީނޯ އާއި ޓްރަމްޕް އަށް
30 ޖުލައި 2026

ފީފާގެ ޕްލޭން އަށް ތާއީދު ކުރާ މެންބަރު ޤައުމުތަކަށް 40 މިލިއަން އެމެރިކާ ޑޮލަރު ދޭން ހުށަހަޅައިފި

30 ޖުލައި 2026
ފީފާގެ ޕްލޭން އަށް ތާއީދު ކުރާ މެންބަރު ޤައުމުތަކަށް 40 މިލިއަން އެމެރިކާ ޑޮލަރު ދޭން ހުށަހަޅައިފި
30 ޖުލައި 2026

ވޯލްޑް ކަޕްގެ ހިއްސާ ވިއްކަން ފީފާ އިން ގެންގުޅޭ ވިސްނުމާ ދެކޮޅަށް ޔުއެފާ އިން ތެދުވެއްޖެ

30 ޖުލައި 2026
ވޯލްޑް ކަޕްގެ ހިއްސާ ވިއްކަން ފީފާ އިން ގެންގުޅޭ ވިސްނުމާ ދެކޮޅަށް ޔުއެފާ އިން ތެދުވެއްޖެ
30 ޖުލައި 2026

ވޯލްޑް ކަޕްގެ ވިޔަފާރި ވިއްކުމުގެ ޕްލޭންއާ ދެކޮޅު ހައްދަވައި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމްގެ ނުރުހުން ފީފާ އަށް

30 ޖުލައި 2026
ވޯލްޑް ކަޕްގެ ވިޔަފާރި ވިއްކުމުގެ ޕްލޭންއާ ދެކޮޅު ހައްދަވައި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމްގެ ނުރުހުން ފީފާ އަށް
29 ޖުލައި 2026

ވޯލްޑް ކަޕް ވިއްކާލުމުގެ މަޝްރޫއަކީ އިންފަންޓީނޯއަށް ހެއްދެވޭ ބޮޑު ގޯހެއް ހެއްޔެވެ؟

29 ޖުލައި 2026
ވޯލްޑް ކަޕް ވިއްކާލުމުގެ މަޝްރޫއަކީ އިންފަންޓީނޯއަށް ހެއްދެވޭ ބޮޑު ގޯހެއް ހެއްޔެވެ؟
29 ޖުލައި 2026

ފީފާ އިން ކުންފުންޏެއް އުފައްދައިގެން ފުޓްބޯޅަ ވިޔަފާރިއަކަށް ހަދަން އުޅޭތީ އީޔޫ ގެ ކުޅިވަރާ ބެހޭ އިސްވެރިޔާ ވަރަށް ބޮޑަށް ނުރުހުން ވެއްޖެ

29 ޖުލައި 2026
ފީފާ އިން ކުންފުންޏެއް އުފައްދައިގެން ފުޓްބޯޅަ ވިޔަފާރިއަކަށް ހަދަން އުޅޭތީ އީޔޫ ގެ ކުޅިވަރާ ބެހޭ އިސްވެރިޔާ ވަރަށް ބޮޑަށް ނުރުހުން ވެއްޖެ
29 ޖުލައި 2026

ފްރާންސް އާއި ޖަރުމަނު ގުޅިގެން 2038 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑު ކުރަން ވިސްނަނީ

29 ޖުލައި 2026
ފްރާންސް އާއި ޖަރުމަނު ގުޅިގެން 2038 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑު ކުރަން ވިސްނަނީ
29 ޖުލައި 2026

އެމެރިކާގެ ކޮންގްރެސް އަށް އިންފަންޓީނޯ ހާޒިރުކުރުމުގެ މަސައްކަތް ޑިމޮކްރަޓިކް ޕާޓީ އިން ފަށައިފި

29 ޖުލައި 2026
އެމެރިކާގެ ކޮންގްރެސް އަށް އިންފަންޓީނޯ ހާޒިރުކުރުމުގެ މަސައްކަތް ޑިމޮކްރަޓިކް ޕާޓީ އިން ފަށައިފި
28 ޖުލައި 2026

ވޯލްޑް ކަޕަށް ފާޑު ކިޔަމުން އަންނަ ފަރާތްތަކަށް ހަމަ ނިދި ނުލިބޭ ކަމަށް ވިދާޅުވެ، އިންފަންޓީނޯގެ ވަރުގަދަ ރައްދެއް!

28 ޖުލައި 2026
ވޯލްޑް ކަޕަށް ފާޑު ކިޔަމުން އަންނަ ފަރާތްތަކަށް ހަމަ ނިދި ނުލިބޭ ކަމަށް ވިދާޅުވެ، އިންފަންޓީނޯގެ ވަރުގަދަ ރައްދެއް!
26 ޖުލައި 2026

އިންފަންޓީނޯއާ ދެކޮޅަށް ހުށަހެޅި މައްސަލަ އައިއޯސީ އިން ބޭރުކޮށްލައިފި

26 ޖުލައި 2026
އިންފަންޓީނޯއާ ދެކޮޅަށް ހުށަހެޅި މައްސަލަ އައިއޯސީ އިން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް