Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ފީފާ އިން ކުންފުންޏެއް އުފައްދައިގެން ފުޓްބޯޅަ ވިޔަފާރިއަކަށް ހަދަން އުޅޭތީ އީޔޫ ގެ ކުޅިވަރާ ބެހޭ އިސްވެރިޔާ ވަރަށް ބޮޑަށް ނުރުހުން ވެއްޖެ

29 ޖުލައި 2026 | ބުދަ 13:06

ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކާލުމަށް 20 ބިލިއަން ޑޮލަރުގެ ކުންފުންޏެއް އުފެއްދުމަށް ރާވާފައިވާ ރޭވުމާ ގުޅިގެން، ޔޫރަޕްގެ އިއްތިހާދާއި ކޮންކާކަފް ފަދަ ބޮޑެތި އިދާރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. މި ނިންމުމަކީ ފުޓްބޯޅައިގެ ރޫހު ގެއްލި، ކުޅިވަރު މާބޮޑަށް ވިޔަފާރިއަކަށް ބަދަލުވެގެންދާނެ ކަމެއް ކަމަށް ބުނެ ޔޫއެފާ އިން ވެސް ދަނީ މިކަމާ ދެކޮޅަށް މަސައްކަތް ކުރަމުން

ރާއްޖެ އެމްވީ | 29 ޖުލައި 2026 | ބުދަ 13:06
ޔޫރަޕިއަން ކޮމިޝަނަރ ފޯ އިންޓަރޖެނެރޭޝަނަލް ފެއަރނަސް، ޔޫތު، ކަލްޗަރ އެންޑް ސްޕޯޓްސް ގްލެން މިކަލެފް

ޔޫރަޕިއަން ކޮމިޝަނަރ ފޯ އިންޓަރޖެނެރޭޝަނަލް ފެއަރނަސް، ޔޫތު، ކަލްޗަރ އެންޑް ސްޕޯޓްސް ގްލެން މިކަލެފް | ގެޓީ އިމޭޖަސް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ވޯލްޑް ކަޕް ހިމެނޭހެން އެ އިދާރާގެ މުބާރާތްތަކުގެ ހިއްސާ ވިއްކާލުމަށް ރާވާފައިވާ ރޭވުމަށް ޔޫރަޕްގެ އިއްތިހާދު (އީޔޫ) ގެ ކުޅިވަރާ ބެހޭ އިސްވެރިޔާ ގްލެން މިކަލެފް، ބުދަ ދުވަހު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. އޭނާ ވަނީ ފީފާއަށް އިންޒާރު ދެއްވަމުން، ފުޓްބޯޅައަށް އަތް ނުބޭނުމަށް ގޮވާލައްވާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގްލެން މިކަލެފް ވިދާޅުވީ، ފުޓްބޯޅަ އިންތިހާއަށް ވިޔަފާރިއަކަށް ހަދަމުންދާ ދިއުމަކީ އެ ކުޅިވަރު ހަލާކުވަމުންދާ ކަމެއް ކަމަށެވެ. އަދި ވިޔަފާރީގެ ގޮތުން ލިބޭ ކާމިޔާބީއަކީ ފުޓްބޯޅަ ވަރުގަދަކުރަން ބޭނުންކުރާ އެއްޗަކަށް ވާންޖެހޭނެ ކަމަށާއި، އެއީ ފުޓްބޯޅަ ކުޅިވަރު ކައި ހުސްކޮށްލާ އެއްޗަކަށް ވެގެންނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، އުތުރު އަދި މެދުތެރޭ އެމެރިކާ އާއި ކެރީބިއަން ސަރަހައްދުގެ ފުޓްބޯޅަ ކޮންފެޑަރޭޝަން (ކޮންކާކަފް) އިން ބުދަ ދުވަހު ބުނީ، ބޭރުގެ އިންވެސްޓަރުންނަށް ހިއްސާ ވިއްކުމަށް ފީފާ އިން ހުށަހަޅާފައިވާ ހުށަހެޅުމުގެ އެއްވެސް މައުލޫމާތެއް އެ އިދާރާއަށް ދީފައިނުވާ ކަމަށެވެ. އަދި މިކަމުގައި އަމަލުކުރަންޖެހޭ ރަސްމީ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ނުދާތީ އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ. ފީފާ އިން އަންގާރަ ދުވަހު ބުނެފައިވަނީ، ވޯލްޑް ކަޕާއި އެހެނިހެން މުބާރާތްތައް ހިންގުމަށް 20 ބިލިއަން ޑޮލަރުގެ ސަބްސިޑަރީ ކުންފުންޏެއް އުފެއްދުމަށް ރާވާފައިވާ ކަމަށާއި، އެ ކުންފުނީގެ 20 އިންސައްތަ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލާނެ ކަމަށެވެ.

މި ރޭވުމުގެ ދަށުން، ވިޔަފާރީގެ ކަންކަމާއި މުބާރާތްތައް ހިންގުމުގެ މަސައްކަތް ބެލެހެއްޓުމަށް "ފީފާ ފޯވާޑް އެންޓަޕްރައިޒް" ގެ ނަމުގައި ކުންފުންޏެއް އުފައްދާނެ އެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިއަހަރު ބޭއްވި ތާރީހީ 48 ޓީމުގެ ބޮޑު ވޯލްޑް ކަޕް އިންތިޒާމުކުރި ފީފާ އިން މި ކުންފުނީގެ ފުރިހަމަ ކޮންޓްރޯލް ދަމަހައްޓާނެ އެވެ. އަދި އަމިއްލަ އިންވެސްޓަރުންނަށް ކުޑަ ހިއްސާއެއް ވިއްކައިގެން 4.2 ބިލިއަން ޑޮލަރާ ހަމައަށް ފައިސާ ހޯދުމަށް ވަނީ އަމާޒު ހިފާފައެވެ.

ކޮންކާކަފް އިން ނެރުނު ބަޔާނެއްގައި ބުނީ، މިކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މީޑިއާ ރިޕޯޓްތަކުންނާއި ފީފާގެ ނޫސްބަޔާނަކުން ކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކާއި ހިއްސާދާރުންނާ އެއްވެސް މަޝްވަރާއެއް ކުރުމުގެ ކުރިން، މިހާ ތަފްސީލީ ގޮތެއްގައި މިކަން އާންމުކުރުމުން އެކަމާ ހިތާމަކުރާ ކަމަށްވެސް ބަޔާނުގައިވެ އެވެ. ފުޓްބޯޅައިގެ ލީޑަރުންގެ ހައިސިއްޔަތުން، އެ ކުޅިވަރު ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެ ފަރާތްތަކުގެ ޒިންމާއެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން، ފީފާ އާއި ކޮންފެޑަރޭޝަންތަކާއި މެންބަރު އެސޯސިއޭޝަންތަކުން އަބަދުވެސް މަސައްކަތް ކުރަންވާނީ ކުޅިވަރުގެ މަސްލަހަތަށް އިސްކަންދީގެން ކަމަށާއި، ކޮންމެ ނިންމުމެއްވެސް ނިންމަންވާނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ދުރު ރާސްތާގެ ފައިދާއަށް ވިސްނައިގެން ކަމަށް ކޮންކާކަފް އިން ބުންޏެވެ.

ފްރެންޗް ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް ފިލިޕް ޑިއާލޯ ވެސް ވިދާޅުވީ، އެ އިދާރާއަށް ވެސް މިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

ފްރެންޗް އިންޓަރ ރޭޑިއޯ ސްޓޭޝަނަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ފީފާގެ ދަށުން ހިންގާ ވިޔަފާރި ކުންފުންޏަކަށް އިންވެސްޓްމަންޓް ފަންޑުތައް ގެނައުމަށް ނިންމާފައިވާ ނިންމުމަކީ ގިނަ ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށެވެ.

ޚާއްސަކޮށް، ފުޓްބޯޅައިގެ މުސްތަގުބަލާ ގުޅިފައިވާ މިފަދަ މުހިންމު ކަމެއްގައި މެންބަރު ފެޑަރޭޝަންތަކުގެ ބައިވެރިވުމެއް ނެތުމާއި، ގޮތެއް ނިންމުމަށް ބޭނުންވާ ތަފްސީލީ މައުލޫމާތު ލިބިފައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޔޫއެފާގެ ބައްދަލުވުން

ފީފާގެ މި ނިންމުމާ ގުޅިގެން ޔޫރަޕްގެ ފުޓްބޯޅަ އިދާރާ، ޔޫއެފާ އިން ވެސް ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެ، ފީފާ އިން ފުޓްބޯޅައިގެ "ރޫހު" ވިއްކާލަން އުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ. ބީބީސީ އާއި އީއެސްޕީއެން އިން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ފީފާގެ މި ހުށަހެޅުމާ މެދު މަޝްވަރާ ކުރުމަށް ޔޫއެފާގެ 55 މެންބަރު އެސޯސިއޭޝަނާއެކު މި ހަފުތާގައި ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ބައްދަލުވުން އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މީގެ ބޭނުމަކީ ޔޫރަޕްގެ ފުޓްބޯޅަ އިދާރާ އިން މިކަމުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމެވެ.

ފީފާ ވޯލްޑް ކަޕްގްލެން މިކަލެފްކޮންކަކާފްޔުއެފާފިލިޕް ޑިއާލޯފީފާ

އިތުރަށް ކިޔާލަން

29 ޖުލައި 2026

ފްރާންސް އާއި ޖަރުމަނު ގުޅިގެން 2038 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑު ކުރަން ވިސްނަނީ

29 ޖުލައި 2026
ފްރާންސް އާއި ޖަރުމަނު ގުޅިގެން 2038 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑު ކުރަން ވިސްނަނީ
29 ޖުލައި 2026

އެމެރިކާގެ ކޮންގްރެސް އަށް އިންފަންޓީނޯ ހާޒިރުކުރުމުގެ މަސައްކަތް ޑިމޮކްރަޓިކް ޕާޓީ އިން ފަށައިފި

29 ޖުލައި 2026
އެމެރިކާގެ ކޮންގްރެސް އަށް އިންފަންޓީނޯ ހާޒިރުކުރުމުގެ މަސައްކަތް ޑިމޮކްރަޓިކް ޕާޓީ އިން ފަށައިފި
28 ޖުލައި 2026

ޒިދާން ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް

28 ޖުލައި 2026
ޒިދާން ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް
28 ޖުލައި 2026

ވޯލްޑް ކަޕަށް ފާޑު ކިޔަމުން އަންނަ ފަރާތްތަކަށް ހަމަ ނިދި ނުލިބޭ ކަމަށް ވިދާޅުވެ، އިންފަންޓީނޯގެ ވަރުގަދަ ރައްދެއް!

28 ޖުލައި 2026
ވޯލްޑް ކަޕަށް ފާޑު ކިޔަމުން އަންނަ ފަރާތްތަކަށް ހަމަ ނިދި ނުލިބޭ ކަމަށް ވިދާޅުވެ، އިންފަންޓީނޯގެ ވަރުގަދަ ރައްދެއް!
26 ޖުލައި 2026

އިންފަންޓީނޯއާ ދެކޮޅަށް ހުށަހެޅި މައްސަލަ އައިއޯސީ އިން ބޭރުކޮށްލައިފި

26 ޖުލައި 2026
އިންފަންޓީނޯއާ ދެކޮޅަށް ހުށަހެޅި މައްސަލަ އައިއޯސީ އިން ބޭރުކޮށްލައިފި
23 ޖުލައި 2026

ބަލޯގަންގެ ސަސްޕެންޝަން އުވާލި މައްސަލައިގައި ނޯވޭއިން ފީފާއަށް ޝަކުވާ ހުށަހަޅަނީ

23 ޖުލައި 2026
ބަލޯގަންގެ ސަސްޕެންޝަން އުވާލި މައްސަލައިގައި ނޯވޭއިން ފީފާއަށް ޝަކުވާ ހުށަހަޅަނީ
22 ޖުލައި 2026

އިންފަންޓީނޯ ދަނީ މުޅި ފުޓުބޯޅަ ހަލާކު ކުރަމުން: ސްޕެނިޝް ލީގުގެ ރައީސް ޓެބާސް

22 ޖުލައި 2026
އިންފަންޓީނޯ ދަނީ މުޅި ފުޓުބޯޅަ ހަލާކު ކުރަމުން: ސްޕެނިޝް ލީގުގެ ރައީސް ޓެބާސް
21 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި

21 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި
21 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް އަށް ޗެފެރިން ވަޑައިނުގެންނެވީ، ފީފާގެ ނިންމުންތަކާ ދެކޮޅު ހެދުމުގެ ގޮތުން

21 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް އަށް ޗެފެރިން ވަޑައިނުގެންނެވީ، ފީފާގެ ނިންމުންތަކާ ދެކޮޅު ހެދުމުގެ ގޮތުން
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރޮޑްރީ އަށް ގޯލްޑަން ބޯލް ގެ އިނާމު

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރޮޑްރީ އަށް ގޯލްޑަން ބޯލް ގެ އިނާމު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް