Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ފީފާގެ ޕްލޭން އަށް ތާއީދު ކުރާ މެންބަރު ޤައުމުތަކަށް 40 މިލިއަން އެމެރިކާ ޑޮލަރު ދޭން ހުށަހަޅައިފި

30 ޖުލައި 2026 | ބުރާސްފަތި 05:57

ފީފާގެ 211 މެންބަރު އެސޯސިއޭޝަން އަށް އިންފަންޓީނޯ ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، މި މަޝްރޫއުގެ ދަށުން ދޭން ނިންމާފައިވާ ފައިސާގެ ތެރެއިން ފުރަތަމަ ލިބޭ 20 މިލިއަން ޑޮލަރު ބޭނުންވާ ނަމަ، އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެ ޤައުމަކުން މި ހުށަހެޅުމަށް ތާއީދު ކުރަން ޖެހޭނެ ކަމަށް. އެ ހުށަހެޅުމަށް އެއްބަސްވާ ޤައުމު ތަކަށް، 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ފައިސާ ލިބޭނެ ކަމަށް ވެސް އެ ސިޓީގައި ބަޔާން ކޮށްފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖުލައި 2026 | ބުރާސްފަތި 05:57
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ރޮއިޓާސް

ފީފާ އިން ބާއްވާ މުބާރާތްތަކުގެ ހިއްސާ ވިއްކުމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހަޅުއްވާފައިވާ ޕްލޭންގެ މައްސަލަ ބޮޑުވެފައި ވަނިކޮށް، އެ ހުށަހެޅުމަށް ތާއީދު ކުރާ ފީފާގެ މެންބަރު ޤައުމު ތަކަށް 40 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ، 30 މިލިއަން ޕައުންޑު ދިނުމަށް ފީފާ އިން ހުށަހަޅައިފި އެވެ. 

ފީފާގެ 211 މެންބަރު އެސޯސިއޭޝަން އަށް އިންފަންޓީނޯ ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، މި މަޝްރޫއުގެ ދަށުން ދޭން ނިންމާފައިވާ ފައިސާގެ ތެރެއިން ފުރަތަމަ ލިބޭ 20 މިލިއަން ޑޮލަރު ބޭނުންވާ ނަމަ، އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެ ޤައުމަކުން މި ހުށަހެޅުމަށް ތާއީދު ކުރަން ޖެހޭނެ ކަމަށެވެ. އެ ހުށަހެޅުމަށް އެއްބަސްވާ ޤައުމުތަކަށް، 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ފައިސާ ލިބޭނެ ކަމަށް ވެސް އެ ސިޓީގައި ބަޔާން ކޮށްފައިވެ އެވެ. 

ފީފާ އިން ރާވާފައި ވަނީ ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތައް ހިންގުމަށް ވަކި ސަބްސިޑަރީ ކުންފުންޏެއް އުފައްދައި، އެ ކުންފުނީގެ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލުމަށެވެ. މި މަޝްރޫއުގެ ސަބަބުން ގާތް ގަނޑަކަށް 10 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކުރެވޭއިރު، މިއީ ފުޓުބޯޅައިގެ ބިންގާ ގުޑުވާލި ނިންމުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ.

މި ހުށަހެޅުމާ ގުޅިގެން ޔޫރަޕުގެ ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ވަނީ ފީފާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައި އެވެ. ޔުއެފާ އިން ބުނެފައި ވަނީ ފީފާ އިން މަސައްކަތް ކުރަނީ ފުޓުބޯޅަ ބޭނުން ކޮށްގެން އެމީހުންނާއި، އެމީހުންގެ ރައްޓެހިން މުއްސަނދިވާން ކަމަށެވެ. އަދި ވަކި މުއްދަތެއްގެ ކުރިން މިކަމަށް ތާއީދު ނުކޮށްފި ނަމަ، ފައިސާ ނުލިބޭނެ ކަމަށް ބުނެ ބިރު ދެއްކުމަކީ މި މަޝްރޫއުގެ ނުބައި ނިޔަތް ހާމަވާ ކަމެއް ކަމަށް ވެސް ޔުއެފާ އިން ބުނެފައިވެ އެވެ.

ބީބީސީ އަށް ފެނިފައިވާ ފަސް ސަފުހާގެ ސިޓީގައި އިންފަންޓީނޯ ވަނީ މި މަޝްރޫއުގެ ސަބަބުން ލިބޭނެ ފައިދާތައް ތަފްސީލު ކޮށްދެއްވާފައި އެވެ. ނަމަވެސް، މި މަޝްރޫއު އިއުލާން ކުރިއިރު ފީފާގެ އަށް ނައިބު ރައީސުންގެ ތެރެއިން ބައެއް ބޭފުޅުންނަށް ވެސް މިކަމުގެ މައުލޫމާތު އެނގިވަޑައި ނުގަންނަވާ ކަމަށް ރިޕޯޓު ތަކުގައި ބުނެފައިވެ އެވެ. މިކަމާ ގުޅިގެން ޔޫރަޕުގެ އިތުރުން، އޭޝިއާ އަދި އުތުރު އެމެރިކާގެ ގައުމު ތަކުން ވެސް ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

މި ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން އިންފަންޓީނޯ ނެރުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، މިއީ މަޖުބޫރު ކަމެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ހުށަހެޅުމެއް ކަމަށެވެ. އަދި މިއީ ޑިމޮކްރެޓިކް އުސޫލުން މަޝްވަރާ ކޮށްގެން ކުރިއަށް ގެންދާ ކަމެއް ކަމަށާއި، މިއީ ދުނިޔޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ޔުއެފާ އިން ބުނާ ގޮތުގައި ފުޓުބޯޅައިގެ ކުރިމަގު ބިނާ ކުރަންވާނީ އެސޯސިއޭޝަން ތަކާއި، ކުލަބު ތަކާއި، ލީގުތަކާއި، ކުޅުންތެރިން އަދި ސަޕޯޓަރުންގެ މަސްލަހަތަށް އިސްކަން ދީގެންނެވެ. ފީފާގެ މި ހުށަހެޅުމާ ދެކޮޅަށް ފުޓުބޯޅައިގެ ގިނަ ފަރާތް ތަކަކުން މިހާރު ވެސް ދަނީ ވާހަކަ ދައްކަމުންނެވެ.

ފީފާޖިއާނީ އިންފަންޓީނޯ

އިތުރަށް ކިޔާލަން

30 ޖުލައި 2026

ވޯލްޑް ކަޕްގެ ހިއްސާ ވިއްކަން ފީފާ އިން ގެންގުޅޭ ވިސްނުމާ ދެކޮޅަށް ޔުއެފާ އިން ތެދުވެއްޖެ

30 ޖުލައި 2026
ވޯލްޑް ކަޕްގެ ހިއްސާ ވިއްކަން ފީފާ އިން ގެންގުޅޭ ވިސްނުމާ ދެކޮޅަށް ޔުއެފާ އިން ތެދުވެއްޖެ
30 ޖުލައި 2026

ވޯލްޑް ކަޕްގެ ވިޔަފާރި ވިއްކުމުގެ ޕްލޭންއާ ދެކޮޅު ހައްދަވައި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމްގެ ނުރުހުން ފީފާ އަށް

30 ޖުލައި 2026
ވޯލްޑް ކަޕްގެ ވިޔަފާރި ވިއްކުމުގެ ޕްލޭންއާ ދެކޮޅު ހައްދަވައި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމްގެ ނުރުހުން ފީފާ އަށް
29 ޖުލައި 2026

ވޯލްޑް ކަޕް ވިއްކާލުމުގެ މަޝްރޫއަކީ އިންފަންޓީނޯއަށް ހެއްދެވޭ ބޮޑު ގޯހެއް ހެއްޔެވެ؟

29 ޖުލައި 2026
ވޯލްޑް ކަޕް ވިއްކާލުމުގެ މަޝްރޫއަކީ އިންފަންޓީނޯއަށް ހެއްދެވޭ ބޮޑު ގޯހެއް ހެއްޔެވެ؟
29 ޖުލައި 2026

ފީފާ އިން ކުންފުންޏެއް އުފައްދައިގެން ފުޓްބޯޅަ ވިޔަފާރިއަކަށް ހަދަން އުޅޭތީ އީޔޫ ގެ ކުޅިވަރާ ބެހޭ އިސްވެރިޔާ ވަރަށް ބޮޑަށް ނުރުހުން ވެއްޖެ

29 ޖުލައި 2026
ފީފާ އިން ކުންފުންޏެއް އުފައްދައިގެން ފުޓްބޯޅަ ވިޔަފާރިއަކަށް ހަދަން އުޅޭތީ އީޔޫ ގެ ކުޅިވަރާ ބެހޭ އިސްވެރިޔާ ވަރަށް ބޮޑަށް ނުރުހުން ވެއްޖެ
29 ޖުލައި 2026

ފްރާންސް އާއި ޖަރުމަނު ގުޅިގެން 2038 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑު ކުރަން ވިސްނަނީ

29 ޖުލައި 2026
ފްރާންސް އާއި ޖަރުމަނު ގުޅިގެން 2038 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑު ކުރަން ވިސްނަނީ
29 ޖުލައި 2026

އެމެރިކާގެ ކޮންގްރެސް އަށް އިންފަންޓީނޯ ހާޒިރުކުރުމުގެ މަސައްކަތް ޑިމޮކްރަޓިކް ޕާޓީ އިން ފަށައިފި

29 ޖުލައި 2026
އެމެރިކާގެ ކޮންގްރެސް އަށް އިންފަންޓީނޯ ހާޒިރުކުރުމުގެ މަސައްކަތް ޑިމޮކްރަޓިކް ޕާޓީ އިން ފަށައިފި
28 ޖުލައި 2026

ވޯލްޑް ކަޕަށް ފާޑު ކިޔަމުން އަންނަ ފަރާތްތަކަށް ހަމަ ނިދި ނުލިބޭ ކަމަށް ވިދާޅުވެ، އިންފަންޓީނޯގެ ވަރުގަދަ ރައްދެއް!

28 ޖުލައި 2026
ވޯލްޑް ކަޕަށް ފާޑު ކިޔަމުން އަންނަ ފަރާތްތަކަށް ހަމަ ނިދި ނުލިބޭ ކަމަށް ވިދާޅުވެ، އިންފަންޓީނޯގެ ވަރުގަދަ ރައްދެއް!
26 ޖުލައި 2026

އިންފަންޓީނޯއާ ދެކޮޅަށް ހުށަހެޅި މައްސަލަ އައިއޯސީ އިން ބޭރުކޮށްލައިފި

26 ޖުލައި 2026
އިންފަންޓީނޯއާ ދެކޮޅަށް ހުށަހެޅި މައްސަލަ އައިއޯސީ އިން ބޭރުކޮށްލައިފި
23 ޖުލައި 2026

ބަލޯގަންގެ ސަސްޕެންޝަން އުވާލި މައްސަލައިގައި ނޯވޭއިން ފީފާއަށް ޝަކުވާ ހުށަހަޅަނީ

23 ޖުލައި 2026
ބަލޯގަންގެ ސަސްޕެންޝަން އުވާލި މައްސަލައިގައި ނޯވޭއިން ފީފާއަށް ޝަކުވާ ހުށަހަޅަނީ
22 ޖުލައި 2026

އިންފަންޓީނޯ ދަނީ މުޅި ފުޓުބޯޅަ ހަލާކު ކުރަމުން: ސްޕެނިޝް ލީގުގެ ރައީސް ޓެބާސް

22 ޖުލައި 2026
އިންފަންޓީނޯ ދަނީ މުޅި ފުޓުބޯޅަ ހަލާކު ކުރަމުން: ސްޕެނިޝް ލީގުގެ ރައީސް ޓެބާސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް