Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

އިންފަންޓީނޯއާ ދެކޮޅަށް ފީފާާގެ ރައީސް ކަމަށް ޕީއެސްޖީގެ ރައީސް ޚެލައިފީ ނުކުންނަން ޔުއެފާ އިން އެދިއްޖެ

31 ޖުލައި 2026 | ހުކުރު 03:40

ޕޮލިޓިކޯ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޔުއެފާ އިން ބާރުއެޅި ނަމަވެސް، ފީފާގެ ރައީސް ކަމަށް ވަޑައިގެންނެވުމުގެ އެއްވެސް ޝައުޤުވެރިކަމެއް ޚެލައިފީގެ ނެތް. މިކަމާ ގުޅޭ ގޮތުން އާރުއެމްސީ ސްޕޯޓްސް އަށް މައުލޫމާތު ދެމުން ޚެލައިފީގެ ގާތް މަސްދަރަކުން ބުނެފައި ވަނީ، ފީފާގެ ރައީސް ކަމަށް ކުރިމަތިލެއްވުމުގެ އެއްވެސް ނިޔަތެއް، އަދި އެކަމުގެ އެއްވެސް އުންމީދެއް ޚެލައިފީގެ ނެތް ކަމަށް. އަދި އޭނާގެ އަމާޒަކީ ފީފާ އާއި ޔުއެފާ އަށް ވެސް އެއްބާރުލުން ދިނުމުގައި ދެމި ހުރުން ކަަމަށް ވެސް އެ މަސްދަރުން ބުނެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޖުލައި 2026 | ހުކުރު 03:40
ފީފާގެ ރައީސް އިންފަންޓީނޯ އަދި ޕީއެސްޖީގެ ރައީސް ޚެލައިފީ

ފީފާގެ ރައީސް އިންފަންޓީނޯ އަދި ޕީއެސްޖީގެ ރައީސް ޚެލައިފީ | ރޮއިޓާސް

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލެއްވުމަށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ރައީސް ނާޞިރު އެލް ޚެލައިފީގެ އަރިހުން، ޔުއެފާ އިން އެދިފައިވާ ކަަމަށް ރިޕޯޓުކޮށްފި އެވެ.

އަންނަ އަހަރު އޮންނަ ފީފާގެ އިންތިޚާބުގައި ރައީސް ކަމުގެ އައު ދައުރަކަށް ވާދަކުރައްވާނެ ކަމަށް އިންފަންޓީނޯ ވަނީ އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް، ފީފާ ވޯލްޑް ކަޕްއާ ގުޅޭ ގޮތުން އެ އިދާރާ އިން ގެންގުޅޭ އައު ވިޔަފާރީގެ އުސޫލުތަކާ މެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން، ޔުއެފާ އާއި ފީފާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައި އެވެ. 

އެ މައްސަލައިގެ ތެރެއިން ޔުއެފާ އިން ވަނީ، އިންފަންޓީނޯއާ ދެކޮޅަށް ފީފާގެ ރައީސް ކަމަށް ވާދަ ކުރާނެ ކެންޑިޑޭޓަކު ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން އަންނަ އަހަރުގެ މާާޗު މަހުގެ ތެރޭގައި އޮންނަ ފީފާގެ އިންތިޚާބުގައި އިންފަންޓީނޯއާ ދެކޮޅަށް ނުކުންނާނެ އެންމެ ވަރުގަދަ ކެންޑިޑޭޓުގެ ގޮތުގައި ޔޫރަޕުގެ އިސްވެރިންނަށް ފެނުނީ ޕީއެސްޖީގެ ރައީސް ޚެލައިފީ އެވެ. 

ޕޮލިޓިކޯ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޔުއެފާ އިން ބާރުއެޅި ނަމަވެސް، ފީފާގެ ރައީސް ކަމަށް ވަޑައިގެންނެވުމުގެ އެއްވެސް ޝައުޤުވެރިކަމެއް ޚެލައިފީގެ ނެތެވެ. މިކަމާ ގުޅޭ ގޮތުން އާރުއެމްސީ ސްޕޯޓްސް އަށް މައުލޫމާތު ދެމުން ޚެލައިފީގެ ގާތް މަސްދަރަކުން ބުނެފައި ވަނީ، ފީފާގެ ރައީސް ކަމަށް ކުރިމަތިލެއްވުމުގެ އެއްވެސް ނިޔަތެއް، އަދި އެކަމުގެ އެއްވެސް އުންމީދެއް ޚެލައިފީގެ ނެތް ކަމަށެވެ. އަދި އޭނާގެ އަމާޒަކީ ފީފާ އާއި ޔުއެފާ އަށް ވެސް އެއްބާރުލުން ދިނުމުގައި ދެމި ހުރުން ކަަމަށް ވެސް އެ މަސްދަރުން ބުނެފައިވެ އެވެ. 

ޔޫރަޕިއަން ފުޓުބޯޅަ ކުލަބްސް (އީއެފްސީ)ގެ ޗެއާމަންގެ މަޤާމު ވެސް ފުރުއްވަމުން ގެންދަވާ ޚެލައިފީ އަކީ، ފީފާާގެ ވިޔަފާރީގެ ހިއްސާ ވިއްކުމާ ދެކޮޅަށް އެންމެ ގަދައަށް އަޑު އުފުއްލަވާ އެއް ބޭފުޅާ އެވެ. ޕީއެސްޖީގެ އިތުރުން، ބީއިން މީޑިއާ ގުރޫޕުގެ ކޮންޓްރޯލް ވެސް އޮންްނަ ޚެލައިފީ އަކީ އިންތިޚާބަށް ވަޑައިގެންފި ނަމަ، އިންފަންޓީނޯ އަށް އޮތް ބޮޑު ގޮންޖެހުމަކަށް ވާނެ ކަަމަށް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ. ނަމަވެސް ޚެލައިފީގެ ފަރާތުން ބުނެފައި ވަނީ، އެ ވާހަކަތަކަކީ މީޑިއާގައި ދެކެވޭ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަަމަށެވެ. 

ފާއިތުވި ގާތް ގަނޑަކަށް 10 ވަރަކަށް އަހަރުގެ ތެރޭގައި އިންފަންޓީނޯ ވަނީ، ފީފާގެ ބާރުތައް ވަރުގަދަ ކުރައްވައިފަ އެވެ. އަންނަ އަހަރު ފީފާގެ އިންތިޚާބު އޮންނައިރު، ރައީސް ކަމަށް ވަޑައިގަންނަވާނެ ކަަމަށް މިވަގުތު ބެލެވެނީ އިންފަންޓީނޯ އެވެ. އެއީ މިވަގުތު އެ ރޭހުގެ އެންމެ ކުރީގައި އޭނާ ހުންނެވުމުންނެވެ. ފީފާގެ އާމްދަނީ އިތުރު ކުރުމާއި، އޭނާ ހޯއްދަވާާފައިވާ ކާމިޔާބީގެ ސަބަބުން އެފްރިކާ އާއި އޭޝިއާ އަދި ދެކުނު އެމެރިކާގެ ޤައުމުތަކުގެ ބޮޑު ތާއީދެއް އިންފަންޓީނޯ އަށް އޮވެ އެވެ. މި ސަރަހައްދުތަކަށް ފައިސާ ބެހުމުގައި ގެންގުޅޭ އުސޫލުގެ ސަބަބުން، ޔޫރަޕުން އިސް ނަަގައިގެން އިންފަންޓީނޯ މަޤާމުން ދުރު ކުރުމަކީ ހިސާބުތަކުން ބަލާއިރު ވަރަށް އުނދަގޫ ކަމެކެވެ.

މީގެ އިތުރުން އިންތިޚާބަށް ކުރިމަތިލައިފި ނަަމަ، މާޒީގައި ހިނގާފައިވާ އެކި މައްސަލަތައް އަލުން ތަޙުގީގުކޮށް ބެލުމުގެ ފުރުސަތު އޮތުމަކީ ވެސް ކެންޑިޑޭޓުން ފަސްޖެހޭ ސަބަބެކެވެ. އިންފަންޓީނޯ އަކީ ސިޔާސީ ގޮތުން މިގޮތަށް ކުރިމަތިވާ ގޮންޖެހުންތައް އަދި އުނދަގޫތަކާ ކުރިމަތިލުމުގެ ޤާބިލުކަން ހުރި ބޭފުޅެއް ކަމަށް އޭނާ ވަނީ ސާބިތު ކޮށްދެއްވާފައި އެވެ. ޔުއެފާ އިން ބޭނުންވި ނަމަވެސް، ފީފާގެ ރައީސް ކަމަށް ކުރިމަތި ނުލައްވަން ޚެލައިފީ ނިންމަވާފައިވާާއިރު، އިތުރު ކެންޑިޑޭޓަކު ހޯދުމަށް ޔުއެފާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ފީފާޔުއެފާޖިއާނީ އިންފަންޓީނޯނާޞިރު އެލް ޚެލައިފީޕީއެސްޖީ

އިތުރަށް ކިޔާލަން

30 ޖުލައި 2026

އިންފަންޓީނޯގެ ޕްލޭން އަށް، އޭއެފްސީގެ ރައީސް ވެސް ފާޑުވިދާޅުވެއްޖެ

30 ޖުލައި 2026
އިންފަންޓީނޯގެ ޕްލޭން އަށް، އޭއެފްސީގެ ރައީސް ވެސް ފާޑުވިދާޅުވެއްޖެ
30 ޖުލައި 2026

އިންފަންޓީނޯގެ ވިސްނުން ބަދަލު ނުކުރާނަމަ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރަން ޔުއެފާ އިން ނިންމައިފި

30 ޖުލައި 2026
އިންފަންޓީނޯގެ ވިސްނުން ބަދަލު ނުކުރާނަމަ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރަން ޔުއެފާ އިން ނިންމައިފި
30 ޖުލައި 2026

ވޯލްޑް ކަޕް އަކީ ވިޔަފާރި މުދަލެއް ނޫން ކަމަށް ވިދާޅުވެ، ބްލެޓާގެ ފާޑު ކިޔުން އިންފަންޓީނޯ އާއި ޓްރަމްޕް އަށް

30 ޖުލައި 2026
ވޯލްޑް ކަޕް އަކީ ވިޔަފާރި މުދަލެއް ނޫން ކަމަށް ވިދާޅުވެ، ބްލެޓާގެ ފާޑު ކިޔުން އިންފަންޓީނޯ އާއި ޓްރަމްޕް އަށް
30 ޖުލައި 2026

ފީފާގެ ޕްލޭން އަށް ތާއީދު ކުރާ މެންބަރު ޤައުމުތަކަށް 40 މިލިއަން އެމެރިކާ ޑޮލަރު ދޭން ހުށަހަޅައިފި

30 ޖުލައި 2026
ފީފާގެ ޕްލޭން އަށް ތާއީދު ކުރާ މެންބަރު ޤައުމުތަކަށް 40 މިލިއަން އެމެރިކާ ޑޮލަރު ދޭން ހުށަހަޅައިފި
30 ޖުލައި 2026

ވޯލްޑް ކަޕްގެ ހިއްސާ ވިއްކަން ފީފާ އިން ގެންގުޅޭ ވިސްނުމާ ދެކޮޅަށް ޔުއެފާ އިން ތެދުވެއްޖެ

30 ޖުލައި 2026
ވޯލްޑް ކަޕްގެ ހިއްސާ ވިއްކަން ފީފާ އިން ގެންގުޅޭ ވިސްނުމާ ދެކޮޅަށް ޔުއެފާ އިން ތެދުވެއްޖެ
30 ޖުލައި 2026

ވޯލްޑް ކަޕްގެ ވިޔަފާރި ވިއްކުމުގެ ޕްލޭންއާ ދެކޮޅު ހައްދަވައި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމްގެ ނުރުހުން ފީފާ އަށް

30 ޖުލައި 2026
ވޯލްޑް ކަޕްގެ ވިޔަފާރި ވިއްކުމުގެ ޕްލޭންއާ ދެކޮޅު ހައްދަވައި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމްގެ ނުރުހުން ފީފާ އަށް
29 ޖުލައި 2026

ވޯލްޑް ކަޕް ވިއްކާލުމުގެ މަޝްރޫއަކީ އިންފަންޓީނޯއަށް ހެއްދެވޭ ބޮޑު ގޯހެއް ހެއްޔެވެ؟

29 ޖުލައި 2026
ވޯލްޑް ކަޕް ވިއްކާލުމުގެ މަޝްރޫއަކީ އިންފަންޓީނޯއަށް ހެއްދެވޭ ބޮޑު ގޯހެއް ހެއްޔެވެ؟
29 ޖުލައި 2026

ފީފާ އިން ކުންފުންޏެއް އުފައްދައިގެން ފުޓްބޯޅަ ވިޔަފާރިއަކަށް ހަދަން އުޅޭތީ އީޔޫ ގެ ކުޅިވަރާ ބެހޭ އިސްވެރިޔާ ވަރަށް ބޮޑަށް ނުރުހުން ވެއްޖެ

29 ޖުލައި 2026
ފީފާ އިން ކުންފުންޏެއް އުފައްދައިގެން ފުޓްބޯޅަ ވިޔަފާރިއަކަށް ހަދަން އުޅޭތީ އީޔޫ ގެ ކުޅިވަރާ ބެހޭ އިސްވެރިޔާ ވަރަށް ބޮޑަށް ނުރުހުން ވެއްޖެ
29 ޖުލައި 2026

ފްރާންސް އާއި ޖަރުމަނު ގުޅިގެން 2038 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑު ކުރަން ވިސްނަނީ

29 ޖުލައި 2026
ފްރާންސް އާއި ޖަރުމަނު ގުޅިގެން 2038 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑު ކުރަން ވިސްނަނީ
29 ޖުލައި 2026

އެމެރިކާގެ ކޮންގްރެސް އަށް އިންފަންޓީނޯ ހާޒިރުކުރުމުގެ މަސައްކަތް ޑިމޮކްރަޓިކް ޕާޓީ އިން ފަށައިފި

29 ޖުލައި 2026
އެމެރިކާގެ ކޮންގްރެސް އަށް އިންފަންޓީނޯ ހާޒިރުކުރުމުގެ މަސައްކަތް ޑިމޮކްރަޓިކް ޕާޓީ އިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް