Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ

ޒިދާން ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް

28 ޖުލައި 2026 | އަންގާރަ 09:57

ފްރާންސްގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން ހަވާލުވީ، 2012 އިން ފެށިގެން އެ މަގާމުގައި ހުރި ޑެޝޯމްޕްގެ ދައުރު ނިމުމަކަށް އައުމާ ގުޅިގެން. ރެއާލް މެޑްރިޑަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ޒިދާން ބުނިގޮތުގައި، މިއީ އޭނާ އެންމެ ބޭނުންވި ވަޒީފާ ކަމުން އެހެން ހުރިހާ ހުށަހެޅުންތަކަކަށް އޭނާ ވަނީ ނޫނެކޭ ބުނެފައި. އޭނާގެ އަމާޒަކީ ކުޅުންތެރިއެއްގެ ގޮތުގައި ހޯދި ކާމިޔާބީތައް ކޯޗެއްގެ ގޮތުގައިވެސް ގައުމީ ޓީމަށް ހޯދައިދިނުން

ރާއްޖެ އެމްވީ | 28 ޖުލައި 2026 | އަންގާރަ 09:57
ފްރާންސްގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އާ ހެޑް ކޯޗުގެ މަޤާމަށް، އެ ޤައުމުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒައިނުއްދީން ޒިދާން ހަމަޖައްސައި، އޭނާ ތަޢާރަފްކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ވާހަކަދައްކަނީ

ފްރާންސްގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އާ ހެޑް ކޯޗުގެ މަޤާމަށް، އެ ޤައުމުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒައިނުއްދީން ޒިދާން ހަމަޖައްސައި، އޭނާ ތަޢާރަފްކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ވާހަކަދައްކަނީ | ގެޓީ އިމޭޖަސް

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމުން ޑިޑިއޭ ޑެޝޯމްޕް ވަކިވުމާ ގުޅިގެން، އެ މަގާމަށް ޒައިނުއްދީން ޒިދާން އައްޔަންކޮށްފި ކަމަށް ފްރެންޗް ފުޓްބޯލް ފެޑެރޭޝަން (އެފްއެފްއެފް) އިން އަންގާރަ ދުވަހު އިއުލާންކޮށްފި އެވެ. މިއީ ގިނަ ބަޔަކު ކުރިންވެސް އުންމީދުކޮށްގެން ތިބި ނިންމުމެކެވެ.

އުމުރުން 54 އަހަރުގެ ޒިދާން އަކީ މި މަގާމަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ބެލެވިފައިވާ ފަރާތެކެވެ. އަދި އޭނާ އަކީ ގައުމީ ޓީމާ ހަވާލުވުމުގެ ފުރުސަތަކަށް ފާއިތުވި ބައެއް އަހަރުތަކުގައި އިންތިޒާރު ކުރަމުން އައި ކޯޗެކެވެ.

ޒިދާން މި މަގާމާ ހަވާލުވަނީ 2012 ވަނަ އަހަރުން ފެށިގެން ފްރާންސްގެ ކޯޗުކަން ކުރަމުން އައި ޑެޝޯމްޕްގެ ބަދަލުގަ އެވެ. ޑެޝޯމްޕްގެ ދައުރު ނިމުމަކަށް އައީ މި މަހުގެ ކުރީކޮޅު ނިމިގެންދިޔަ ވޯލްޑް ކަޕްގެ ހަތަރުވަނަ މަގާމު ފްރާންސަށް ލިބުމާ ގުޅިގެންނެވެ.

ޑެޝޯމްޕްގެ އިރުޝާދުގެ ދަށުން ފްރާންސުން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، އޭގެ ހަތަރު އަހަރު ފަހުން ބޭއްވި ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ޒިދާން އަކީ 1998 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު ޑެޝޯމްޕްއާ އެކު އެއް ޓީމަކަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ މި މަގާމަށް ތައްޔާރުވަމުން އަންނަނީ 2021 ވަނަ އަހަރު ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިވި ހިސާބުންނެވެ.

ޕެރިހުގައި ހުންނަ ފްރެންޗް ފުޓްބޯލް ފެޑެރޭޝަންގެ މައި މަރުކަޒުގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަދައްކަމުން ޒިދާން ބުނީ، އޭނާ ބޭނުންވި ހަމައެކަނި ވަޒީފާއަކީ ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަން ކަމަށެވެ.

"ވޭތުވެދިޔަ ހަތަރު ފަސް އަހަރުގެ ތެރޭގައި ކްލަބްތަކާ ހަވާލުވުމަށް އަހަންނަށް ގިނަ ހުށަހެޅުންތަކެއް ލިބުނު. ނަމަވެސް ފްރާންސްގެ ގައުމީ ޓީމަށްޓަކައި އެ ހުރިހާ ހުށަހެޅުމަކަށް އަހަންނަށް ނޫނެކޭ ބުނެވުނީ،" ޒިދާން އިތުރަށް ބުންޏެވެ.

ޒިދާން މި މަގާމާ ހަވާލުވުމުން އޭނާ ވެގެންދާނީ، އޭނާއާ އެކު ކުރިން ގައުމީ ޓީމަށް ކުޅުނު ލޯރެން ބްލޮންކް (2010 އިން 2012 އަށް) އަދި ޑެޝޯމްޕް ފަދައިން ގައުމީ ޓީމުގެ ކޯޗުކަން ކުރާ ކުރީގެ ކުޅުންތެރިއަކަށެވެ.

ކުޅުންތެރިއެއްގެ ގޮތުގައި 1998 ގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ފްރާންސްގެ ކުރީގެ ޕްލޭމޭކަރު، މީގެ ކުރިން ކޯޗުކޮށްދީފައިވަނީ ހަމައެކަނި ރެއާލް މެޑްރިޑަށެވެ.

ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑްގައި ހޭދަކުރި ދުވަސްވަރު، ޒިދާން ވަނީ 2016، 2017 އަދި 2018 ވަނަ އަހަރު ޖެހިޖެހިގެން ތިން ފަހަރު އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. މިއީ މި މުބާރާތުގެ ޒަމާނީ ތާރީޚުގައި މިހާތަނަށް އެހެން އެއްވެސް ކޯޗަކަށް ހާސިލްކުރެވިފައި ނުވާ ފަދަ ބޮޑު ކާމިޔާބީއެކެވެ.

މަސްދަރު: އޭއެފްޕީ

ޒިނެދިން ޒިދާންޑިޑިއޭ ޑެޝޯމްޕްސްފްރާންސްރެއާލް މެޑްރިޑްފީފާ ވޯލްޑް ކަޕްޗެމްޕިއަންސް ލީގުފުޓުބޯޅަ

އިތުރަށް ކިޔާލަން

27 ޖުލައި 2026

ފަރަންސޭސި ވިލާތުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މެކްރޯން ބާއްވަވަނީ

27 ޖުލައި 2026
ފަރަންސޭސި ވިލާތުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މެކްރޯން ބާއްވަވަނީ
25 ޖުލައި 2026

ވޯލްޑް ކަޕްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ބުރަކަށީގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ

25 ޖުލައި 2026
ވޯލްޑް ކަޕްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ބުރަކަށީގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ
25 ޖުލައި 2026

ދެކުނު ކޮރެއާގެ ވޯލްޑް ކަޕް ތަރި ލީ ކަންގް-އިން އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި

25 ޖުލައި 2026
ދެކުނު ކޮރެއާގެ ވޯލްޑް ކަޕް ތަރި ލީ ކަންގް-އިން އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި
25 ޖުލައި 2026

ފްރާންސާއި ސްޕެއިންގައި ފެތުރެމުންދާ އަލިފާނުގެ ސަބަބުން 220،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފި

25 ޖުލައި 2026
ފްރާންސާއި ސްޕެއިންގައި ފެތުރެމުންދާ އަލިފާނުގެ ސަބަބުން 220،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފި
23 ޖުލައި 2026

ބަލޯގަންގެ ސަސްޕެންޝަން އުވާލި މައްސަލައިގައި ނޯވޭއިން ފީފާއަށް ޝަކުވާ ހުށަހަޅަނީ

23 ޖުލައި 2026
ބަލޯގަންގެ ސަސްޕެންޝަން އުވާލި މައްސަލައިގައި ނޯވޭއިން ފީފާއަށް ޝަކުވާ ހުށަހަޅަނީ
22 ޖުލައި 2026

ފްރާންސްގެ އެއްބަސްވުމުގައި ޒިދާން ސޮއިކޮށްފި، ވަރަށް އަވަހަށް އިއުލާން ކުރާނެ

22 ޖުލައި 2026
ފްރާންސްގެ އެއްބަސްވުމުގައި ޒިދާން ސޮއިކޮށްފި، ވަރަށް އަވަހަށް އިއުލާން ކުރާނެ
21 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި

21 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި
20 ޖުލައި 2026

އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ކެވިން ކީގަން މަރުވެއްޖެ

20 ޖުލައި 2026
އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ކެވިން ކީގަން މަރުވެއްޖެ
20 ޖުލައި 2026

ފަސް އަހަރުގެ ތެރޭގައި ސްޕެއިން އިން ފުޓުބޯޅައިގެ 16 ތަށި، އެއީ ގަދަ ބާރެއް!

20 ޖުލައި 2026
ފަސް އަހަރުގެ ތެރޭގައި ސްޕެއިން އިން ފުޓުބޯޅައިގެ 16 ތަށި، އެއީ ގަދަ ބާރެއް!
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރޮޑްރީ އަށް ގޯލްޑަން ބޯލް ގެ އިނާމު

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރޮޑްރީ އަށް ގޯލްޑަން ބޯލް ގެ އިނާމު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް