Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕްގެ ފައިނަލް އަށް ޗެފެރިން ވަޑައިނުގެންނެވީ، ފީފާގެ ނިންމުންތަކާ ދެކޮޅު ހެދުމުގެ ގޮތުން

ޔުއެފާގެ ރައީސްގެ ހައިސިއްޔަތުން ޗެފެރިން ވަނީ މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައި. ނަމަވެސް، މުބާރާތުގެ ތެރޭގައި ފީފާ އިން ނިންމި ބައެއް ނިންމުންތަކާ މެދު ހިތްހަމަޖެހިވަޑައި ނުގަންނަވާތީ، އާދީއްތަ ދުވަހުގެ ރޭ ސްޕެއިން އާއި އާޖެންޓީނާ ބައްދަލު ކުރި ފައިނަލް މެޗަށް ޗެފެރިން ވަޑައިނުގެންނެވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖުލައި 2026 | އަންގާރަ 04:30
ފީފާގެ ރައީސް އިންފަންޓީނޯ އާއި، ޔުއެފާގެ ރައީސް ޗެފެރިން

ފީފާގެ ރައީސް އިންފަންޓީނޯ އާއި، ޔުއެފާގެ ރައީސް ޗެފެރިން | ރޮއިޓާސް

ފީފާގެ ނިންމުންތަކާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ޔުއެފާގެ ރައީސް އަލެކްސެންޑާ ޗެފެރިން، މިއަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް އަށް ވަޑައިނުގެންނެވިކަން ހާމަވެއްޖެ އެވެ. 

ޔުއެފާގެ ރައީސްގެ ހައިސިއްޔަތުން ޗެފެރިން ވަނީ މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައި އެވެ. ނަމަވެސް، މުބާރާތުގެ ތެރޭގައި ފީފާ އިން ނިންމި ބައެއް ނިންމުންތަކާ މެދު ހިތްހަމަނުޖެހިވަޑައިނުގަންނަވާތީ، އާދީއްތަ ދުވަހުގެ ރޭ ސްޕެއިން އާއި އާޖެންޓީނާ ބައްދަލު ކުރި ފައިނަލް މެޗަށް ޗެފެރިން ވަޑައިނުގެންނެވި އެވެ. 

ވޯލްޑް ކަޕްގެ ފައިނަލް މެޗު ބޮއިކޮޓް ކުރަން ޗެފެރިން ނިންމެވީ، ފީފާ އިން އެމެރިކާގެ ފްލޯރިން ބަލޮގަންގެ ރަތް ކާޑު ސަސްޕެންޝަން އުވާލުމާ ގުޅިގެންނެވެ. ފީފާގެ އެ ނިންމުމާ ގުޅިގެން، މުބާރާތުގެ ތެރޭގައި ޔުއެފާ އިން ވަނީ އެކަމާ ދެކޮޅަށް ބަޔާނެއް ވެސް ނެރެފައި އެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ބަލޮގަންގެ ސަސްޕެންޝަން އުވާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އަރިހުން އެދިވަޑައިގެންނެވި ކަމަށް ވިދާޅުވެފައި އެވެ. 

ފީފާގެ ރައީސް އިންފަންޓީނޯ ގެންނަން ބޭނުންވާ ބައެއް ބަދަލުތަކާ އަބަދު ވެސް ޗެފެރިން ދެކޮޅު ހައްދަވާކަން ފާހަގަ ކުރެވެ އެވެ. އޭގެ ތެރޭގައި މެޗުގެ ހާފް ޓައިމްގައި ގެނެސްދޭ ޝޯތަކާއި، އިތުރު ބައެއް އެހެން ކަންކަން ހިމެނެ އެވެ. އަދި މިފަދަ ބަދަލުތައް ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔޫރަޕުގެ އެހެން މުބާރާތްތަކުގައި ނުގެންނާނެ ކަމަށް ވެސް ޔުއެފާ އިން ވަނީ ބުނެފައި އެވެ. 

މީގެ އިތުރުން ވޯލްޑް ކަޕްގައި ވާދަ ކުރާ ޓީމުތަކުގެ އަދަދު 64 އަށް އިތުރު ކުރުމަށް ކުރަމުން އަންނަ މަސައްކަތާ ވެސް، ޔުއެފާ އިން ދެކޮޅު ކަމަށް ބުނެފައިވެ އެވެ. އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ނިމުނު ވޯލްޑް ކަޕްގެ ތެރޭގައި އިންފަންޓީނޯ ވަނީ، އެފަދަ ވިސްނުމެއްގެ ވާހަކަ ދައްކަވައިފަ އެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި 48 ޤައުމު ވާދަ ކޮށްފައިވާއިރު، މިއީ އައު ފޯމެޓަށް ބޭއްވި ފުރަތަމަ ވޯލްޑް ކަޕް އެވެ. 

މީގެ އިތުރުން މިފަހަރުގެ މުބާރާތުގައި ރެފްރީގެ ގޮތުގައި މަސައްކަތް ކުރުމަށް ދިޔަ ސޯމާލިއާގެ އޮމަރްް އަރްޓާން އަށް އެމެރިކާ އިން ނުވަދެވުނުއިރު، ފީފާ އިން ވަނީ އެކަމުގައި ކުރެވޭނެ ކަމެއް ނެތް ކަމަށް ބުނެފައި އެވެ. ނަމަވެސް ޔުއެފާ އިން ވަނީ، އަންނަ އޯގަސްޓު މަހު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި އެސްޓަން ވިލާ ކުޅޭ ސުޕަ ކަޕްގެ މެޗުގައި ރެފްރީކަން ކުރުމުގެ ދައުވަތު އަރްޓާން އަށް ދީފައި އެވެ. 

މީގެ އިތުރުން މުބާރާތުގެ ޓިކެޓުގެ އަގު ބޮޑުވުމާއި، ބައެއް އެހެން ޤަވާއިދުތަކާ ވެސް ޔުއެފާ އިން ވަނީ ދެކޮޅު ހަދައިފަ އެވެ. އަދި 2028 ވަނަ އަހަރު އޮންނަ ޔޫރޯ މުބާރާތުގެ ޓިކެޓުތައް ހަމަހަމަކޮށް ބަހައްޓަން މަސައްކަތް ކުރާނެ ކަމަށް ވެސް ޔުއެފާ އިން ބުނެފައިވެ އެވެ. 

ފީފާ ވަރލްޑް ކަޕް 2026ޔުއެފާއަލެކްސަންޑަ ޗެފެރިން

އިތުރަށް ކިޔާލަން

20 ޖުލައި 2026

ސްޕެއިންގެ ކާމިޔާބަށް ފުއެންޓޭގެ ތައުރީފު، ކާމިޔާބުގެ ސިއްރަކީ އެކުވެރިކަމާއި އެއްބައިވަންތަކަން!

20 ޖުލައި 2026
ސްޕެއިންގެ ކާމިޔާބަށް ފުއެންޓޭގެ ތައުރީފު، ކާމިޔާބުގެ ސިއްރަކީ އެކުވެރިކަމާއި އެއްބައިވަންތަކަން!
20 ޖުލައި 2026

ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ހާފް-ޓައިމްގައި، މެޑޯނާ، ބީޓީއެސް، ޝަކީރާ އަދި ޖަސްޓިން ބީބަރ ފަދަ މަޝްހޫރު ތަރިންގެ ވިދުވަރުން ދިއްލާލައިފި

20 ޖުލައި 2026
ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ހާފް-ޓައިމްގައި، މެޑޯނާ، ބީޓީއެސް، ޝަކީރާ އަދި ޖަސްޓިން ބީބަރ ފަދަ މަޝްހޫރު ތަރިންގެ ވިދުވަރުން ދިއްލާލައިފި
20 ޖުލައި 2026

ފަސް އަހަރުގެ ތެރޭގައި ސްޕެއިން އިން ފުޓުބޯޅައިގެ 16 ތަށި، އެއީ ގަދަ ބާރެއް!

20 ޖުލައި 2026
ފަސް އަހަރުގެ ތެރޭގައި ސްޕެއިން އިން ފުޓުބޯޅައިގެ 16 ތަށި، އެއީ ގަދަ ބާރެއް!
19 ޖުލައި 2026

16 އަހަރަށް ފަހު ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކޮށްފި

19 ޖުލައި 2026
16 އަހަރަށް ފަހު ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކޮށްފި
19 ޖުލައި 2026

ސްޕެއިން އާޖެންޓިނާ ބައްދަލުކުރާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ހާފް ޓައިމް ގައި މެޑޯނާ، ޝަކީރާ، އަދި ބީޓީއެސް

19 ޖުލައި 2026
ސްޕެއިން އާޖެންޓިނާ ބައްދަލުކުރާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ހާފް ޓައިމް ގައި މެޑޯނާ، ޝަކީރާ، އަދި ބީޓީއެސް
19 ޖުލައި 2026

ސްޕެއިން އާއި އާޖެންޓީނާ 2026 ވޯލްޑް ކަޕް ފައިނަލްގައި ބައްދަލުކުރާއިރު މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ފުރުސަތު އޮތް މުހިންމު ފަސް ކަމެއް

19 ޖުލައި 2026
ސްޕެއިން އާއި އާޖެންޓީނާ 2026 ވޯލްޑް ކަޕް ފައިނަލްގައި ބައްދަލުކުރާއިރު މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ފުރުސަތު އޮތް މުހިންމު ފަސް ކަމެއް
19 ޖުލައި 2026

ތަޖުރިބާކާރު ރެފްރީއެއްގެ ބަސް: ވޯލްޑް ކަޕްގައި އެއްވެސް ޓީމަކަށް ފައިދާވާ ގޮތަށް ރެފްރީން ނިންމުމެއް ނުނިންމާނެ!

19 ޖުލައި 2026
ތަޖުރިބާކާރު ރެފްރީއެއްގެ ބަސް: ވޯލްޑް ކަޕްގައި އެއްވެސް ޓީމަކަށް ފައިދާވާ ގޮތަށް ރެފްރީން ނިންމުމެއް ނުނިންމާނެ!
19 ޖުލައި 2026

ކުރިއަށް އޮތް ތަނުގައި ހައިޑްރޭޝަން ބްރޭކް ބޭނުން ކުރާނެ ކަމުގެ ޔަޤީން ކަމެއް ފީފާ އަކަށް ނެތް!

19 ޖުލައި 2026
ކުރިއަށް އޮތް ތަނުގައި ހައިޑްރޭޝަން ބްރޭކް ބޭނުން ކުރާނެ ކަމުގެ ޔަޤީން ކަމެއް ފީފާ އަކަށް ނެތް!
19 ޖުލައި 2026

ވޯލްޑް ކަޕްގެ ތެރޭގައި ފުރައްސާރައާ ގުޅުން ހުރި ހަތް މިލިއަން މެސެޖު، ކުރީ އަހަރާ އަޅާ ބަލާއިރު 14 އިންސައްތަ އިތުރުވުމެއް!

19 ޖުލައި 2026
ވޯލްޑް ކަޕްގެ ތެރޭގައި ފުރައްސާރައާ ގުޅުން ހުރި ހަތް މިލިއަން މެސެޖު، ކުރީ އަހަރާ އަޅާ ބަލާއިރު 14 އިންސައްތަ އިތުރުވުމެއް!
19 ޖުލައި 2026

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ހާފް ޓައިމް އެންމެ ދިގު ލައިގެންދާނެ ފަހަރު!

19 ޖުލައި 2026
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ހާފް ޓައިމް އެންމެ ދިގު ލައިގެންދާނެ ފަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު