Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބުންޑެސްލީގާ

އަންޗެލޯޓީ ވަކިކުރުމަށް ފަހުވެސް ބަޔާންއަށް ނަތީޖާ ނުނެރެވުނު

2 އޮކްޓޯބަރު 2017 | ހޯމަ 10:20

ހާތާ ބާލިންއާ ދެކޮޅަށް ބަޔާންއިން ކުޅުނު މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 2 އޮކްޓޯބަރު 2017 | ހޯމަ 10:20
ބަޔާންގެ ޖަވީ މާޓިނޭޒް

ބަޔާންގެ ޖަވީ މާޓިނޭޒް

ޖަރުމަނުގެ ބުންޑެސްލީގާގައި ބަޔާން މިއުނިކް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ހާތާ ބާލިންއާ ދެކޮޅަށް ބަޔާންއިން ކުޅުނު މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. މި މެޗަކީ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ކޯޗުކަމުގެ މަގާމުން ކާލޯ އަންޗެލޯޓީ ވަކިކުރުމަށް ފަހު އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

އެސިސްޓަންޓް ކޯޗު ކަމުގެ މަގާމުގައި ހުރި ވިލީ ސަންޔޯލްގެ އިރުޝާދުގެ ދަށުން ބަޔާން ކުޅުނު އިރު އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައި ވަނީ ބަޔާންއިންނެވެ. މެޗުގެ 10 ވަނަ މިނިޓެގައި ޖެރޯމް ބޯޓެންގް ނަގައިދިން ހުރަހެއް، ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ޖަހައިދީފައި ވަނީ މެޓްސް ހަމަލްސްއެވެ.

އެއް ލަނޑު ސުން ލަނޑުން ބަޔާން ކުރީގަ އޮވެގެން ފުރަތަމަ ހާފު ނިމިގެން ދިޔައިރު ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓުގެ ތެރޭގައި ކޮރެންޓިން ޓޮލީސޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ރޮބާޓް ލެވަންޑޯސްކީ ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އެހެނަސް ހާތާ ބާލިންއިން ވަނީ މިއަށް ފަހު އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ ފަސް މިނެޓުގެ ވަގުތު ކޮޅެއްގައި ދެ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑުތައް އެ ޓީމަށް ޖަހާދީފައިވަނީ އޮނދްރޭ ޑޫޑާއާ ސޮލޮމޮން ކަލޫއެވެ.

ބުންޑެސްލީގާގައި ލީޕްޒީގް ވެސް ވަނީ އެ ޓީމު ކުޅުނު މެޗު ކާމިޔާބު ކޮށްފައެވެ. އެގޮތުން އެފްސީ ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ ދެ ލަނޑު އެއް ލަނޑުންނެވެ. ލޫކަސް ކޮލްސްޓަމަންއާ ޔޫސުފް ޕޯލްސެން ލީޕްޒިގްއަށް ލަނޑު ޖަހައިދިން އިރު ކޮލޯންއަށް ލަނޑު ޖަހައިދިނީ ޔޫޔާ އޮސާކާއެވެ.

ބުންޑެސްލީގާގެ އެއްވަނައިގައި 19 ޕޮއިންޓާއެކު ބޮރޫޝިއާ ޑޯޓްމަންޑް އޮތް އިރު ދެވަނައިގައި 14 ޕޮއިންޓް ހޯދައި ފައިދާ 9 ލަނޑާއެކު އޮތީ ބަޔާންއެވެ. ތިންވަނައިގައި ބަޔާންއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން އެހެނަސް ފައިދާ 4 ލަނޑާއެކު އޮތީ ހޮފެންހައިމްއެވެ. އަދި 13 ޕޮއިންޓާއެކު ހަތަރު ވަނަ ލިބެނީ ލީޕްޒީގްއަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ތަފާތު ބޮޑު ނަތީޖާއަކުން މެކާނޯގެ މައްޗަށް ކުޑަހެންވޭރު ކުރި ހޯދައިފި

19 އެޕްރީލު 2017
ތަފާތު ބޮޑު ނަތީޖާއަކުން މެކާނޯގެ މައްޗަށް ކުޑަހެންވޭރު ކުރި ހޯދައިފި
28 މާރިޗު 2017

ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް

28 މާރިޗު 2017
ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް
11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
11 މާރިޗު 2017

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ
03 މާރިޗު 2017

މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

03 މާރިޗު 2017
މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް