Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރެމިއަ ލީގު

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

ހަލްސިޓީ މެޗުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިންމު. މޮރީނިއޯ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 10 ޖެނުއަރީ 2017 | އަންގާރަ 15:30
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ

އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ހަލްސިޓީއާ ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިންމު ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

މި މެޗަށް ނުކުންނައިރު ޔުނައިޓެޑް މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އެގޮތުން އެޓީމު ވަނީ އެންމެ ފަހުން ކުޅުނު 8 މެޗުން ވެސް މޮޅުވެފަ އެވެ.

ޕްރިމިއަރ ލީގުގެ ހަވަނައިގައި ޔުނައިޓެޑް މިވަގުތު އޮތްއިރު ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ލިވަޕޫލްއާއެވެ. ލިވަޕޫލް މެޗު ކުރިއަށް އޮތް ނަމަވެސް، މިރޭގެ މެޗުގައި ލާޓާން އިބްރަހިމޮވިޗް އާއި ޕޯލް ޕޮގްބާ މެން ފަދަ، ޔުނައިޓެޑްގެ މުހިއްމު ކުޅުންތެރިން ކުޅޭނެ ކަމަށް މޮރީނިއޯ ވަނީ ބުނެފައެވެ.

ސެމީގެ ފުރަތަމަ ލެގު އޮތީ ޔުނައިޓެޑްގެ ދަނޑުގައި ކަމުން، އެ ލެގުން ނެގެން އޮތް ހުރިހާ ފައިދާއެއް ނެގުމަށް މަސައްކަތް ކުރަންޖެހޭނެކަން މޮރީނިއޯ ފާހަގަކުރިއެވެ. އަދި ބޮޑެތި ޓީމުތަކަށް ކުޅޭ ކޮންމެ މުބާރާތަކީ ވެސް، މުހިއްމު މުބާރާތަކަށް ވާނެ ކަމަށާއި، މި މުބާރާތުގެ ފައިނަލް ވެމްބްލީ ސްޓޭޑިއަމަށް ބަދަލުކުރިފަހުން، މުބާރާތުގެ ހާއްސަކަން ބޮޑުވެގެން ގޮސްފައިވާ ކަމަށް ވެސް، މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ވަނީ މީގެ ކުރިން، ޗެލްސީއާއެކު އިނގިރޭސި ލީގުކަޕް ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑާއި ހަލް ސިޓީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު