Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެން ވެންގާ

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

ވެންގާ ވަނީ އިންޑިވިޖުއަލް ގިނަ އެވޯޑުތައްވެސް ހޯދާފަ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2017 | ހޮނިހިރު 17:57
އާސެނަލްގެ ކޯޗު ވެންގާ

އާސެނަލްގެ ކޯޗު ވެންގާ

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނާ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ވެންގާ ބުނީ އެއްބަސްވުމާމެދު އެއްޗެއް ބުނަން ނޭނގޭ ކަމަށާއި، އެހެންނަމަވެސް އަންނަ ސީޒަނުގައި އާސެނަލް ނުވަތަ އެހެން ކްލަބަކުން ފެނިގެންދާނެ ކަމުގެ ޔަގީންކަން ދޭކަމަށެވެ.

ވެންގާ ބުނީ ކުރިމަގަށް ގޮތެއް ނިންމަން އެނގޭނީ ކްލަބަށް ކަމަށާއި، އޭނާ އުންމީދު ކުރަނީ އެންމެ ފައިދާ ހުރި ގޮތް ނިންމާނެ ކަމަށް ކަމަށެވެ. އެގޮތުން ވެންގާ ބުނީ ވޭތުވެދިޔަ 20 އަހަރު އާސެނަލްއާ އެކު ހޭދަކުރީ ވަރަށް އިތުބާރާ އެކު ކަމަށެވެ.

މީގެއިތުރުން ވެންގާ ބުނީ އެކި ކްލަބްތަކުން އޭނާ އަށް ހުށަހެޅުންތައް ލިބިފައިވާ ކަމަށާއި، އެހެންނަމަވެސް އަބަދުވެސް ވިސްނީ އާސެނަލްއާ މެދު ކަމަށެވެ. އޭނާ ބުނީ އާސެނަލް ނޫން އެހެން ކްލަބަކާ މެދު އަދިވެސް ނުވިސްނާ ކަމަށެވެ.

ކުރިމަގާ ބެހޭގޮތުން ތަފްސީލްކޮށް ވާހަކަދައްކަން ބޭނުންނުވާ ކަން ފާހަގަކުރަމުން ވެންގާ ބުނީ އޭނާގެ ހުރިހާ ވިސްނުމެއް ހުރީ އަދިވެސް ކުރިމަގަށްވުރެ އާސެނަލްއަށް ކާމިޔާބީ ހޯދައިދިނުމަށް ކަމަށެވެ.

އާސެނަލްގެ ކޯޗުކަމާ 1996 ވަނަ އަހަރު ހަވާލުވި މިހާރު އުމުރުން 67 އަހަރުގެ ވެންގާ ވަނީ އާސެނަލް އެއް ފެންވަރެއްގައި ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އާސެނަލްގައި އަށް ވެންގާ އިރުޝާދުދިން 20 އަހަރު ތެރޭގައި އެޓީމު ވަނީ އެ ކްލަބަށް ތިން ޕްރިމިއާ ލީގު، ހަ އެފްއޭކަޕް އަދި ހަ އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

މީގެއިތުރުންވެސް ވެންގާ ވަނީ އެކިގޮތްގޮތަށް ގިނަ ކާމިޔާބީތައް ހޯދާފައެވެ. އިނގިރޭސި ގައުމީ ފުޓުބޯޅަ ޓީމަށްވެސް އިރުޝާދުދޭން ފުރުސަތު ލިބުނު ވެންގާ ވަނީ އިންޑިވިޖުއަލް ގިނަ އެވޯޑުތައްވެސް ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
ވެންގާ އާސެނަލް ދޫކޮށްފި ނަމަ ހަވާލުވުން އެންމެ ގާތީ ރެއާލްއާ: ރިޕޯޓް

ވެންގާ އާސެނަލް ދޫކޮށްފި ނަމަ ހަވާލުވުން އެންމެ ގާތީ ރެއާލްއާ: ރިޕޯޓް

28 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

18 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު