Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާޑެލްރޭ

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

ފައިނަލްގައި ބާސާއާ ދެކޮޅަށް ނިކުންނާނީ އަލަވޭސް ނުވަަ ސެލްޓަވިގޯ

ލީވާން އަލީ
ލީވާން އަލީ | 8 ފެބުރުއަރީ 2017 | ބުދަ 17:09
ބާސާ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ބާސާ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ކޮޕާޑެލްރޭގައި އެޓްލެޓިކޯ މެޑްރިޑާ އެއްވަރުކޮށް، އެގްރިގޭޓް ނަތީޖާއިން ބާސެލޯނާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗުން އެޓްލެޓިކޯއާ ވާދަކޮށް ބާސާ އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.

ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ދެޓީމަށްވެސް ވަނީ ލިބި ބޭކާރުވެފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސާ އިންނެވެ. މި ލަނޑު 43 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލުއިސް ސުއަރޭޒް އެވެ.

މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އެޓްލެޓިކޯގެ މައްޗަށް ބާސާ ކުރިހޯދައިގެންނެވެ.

ބާސާގެ ސުއަރޭޒް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކަނީ

ދެވަނަ ހާފް ފެށިގެން އެޓްލެޓިކޯ އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ބާސާގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގައި ބާސާ އަށް ހުރަސްތަކާ ކުރިމަތިވީ 57 ވަނަ މިނެޓުގައި އެޓީމުގެ ސާޖިއޯ ރޮބާޓޯ އަށް ރެފްރީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. އެގޮތުން އެޓްލެޓިކޯ އިން ވަނީ އޭގެ ފައިދާ ނަގާ ބާސާގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދާފައެވެ.

އެހެންނަމަވެސް 69 ވަނަ މިނެޓުގައި އެޓްލެޓިކޯގެ ޔަނިކް ފެރެއިރާ ކަރަސްކޯ އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އެގޮތުން މެޗުގެ ބޮޑުބައި ދެޓީމުންވެސް ކުޅުނީ 10 ކުޅުންތެރިންނާއެކުގައެވެ.

މެޗުގެ 80 ވަނަ މިނެޓުގައި އެޓްލެޓިކޯ އަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެޓްލެޓިކޯގެ ކެވިން ގަމީރޯ ފޮނޮވާލި ޕެނަލްޓީ ދިޔައީ ދަނޑިމަތިން ބޭރަށެވެ. އެހެންނަމަވެސް އޭގެ ތިން މިނެޓު ފަހުން އޭނާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓްލެޓިކޯ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ އިތުރުވަގުތުގައި ބާސާގެ ލުއިސް ސުއަރޭޒް އަށް ރެފްރީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކިއިރު، މެޗުގެ ފަހު މިނެޓުތައް އެޓީމު ނިންމާލީ ނުވަ ކުޅުންތެރިންނާއެކުގައެވެ.

މި ނަތީޖާއާއެކު 2-3 ގެ އެގްރިގޭޓް ނަތީޖާއަކާއެކު ބާސާ ފައިނަލަށް ދަތުރުކޮށްފައިވާއިރު، އެޓީމާ ދެކޮޅަށް ކޫޅޭ ޓީމެއް ކަށަވަރުވާނީ ބުރާސްފަތި ދުވަހުގެ ރޭ އަލަވޭސް އަދި ސެލްޓަވިގޯ ބައްދަލުކުރާ މެޗަށްފަހު އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2019

ކޮޕާޑެލްރޭ: ލެގަނޭޒް ބަލިކޮށް ރެއާލުން ކުއާޓާގެ އުންމީދު އާކޮށްފި

10 ޖެނުއަރީ 2019
ކޮޕާޑެލްރޭ: ލެގަނޭޒް ބަލިކޮށް ރެއާލުން ކުއާޓާގެ އުންމީދު އާކޮށްފި
30 ނޮވެމްބަރު 2018

ދިވެހި ޕްރިމިއަރ ލީގު: އީގަލްސްއާ އެއްވަރުކޮށް، ޓީސީން ލީގުގެ އައްޑަނަ އުފުލާލައިފި

30 ނޮވެމްބަރު 2018
ދިވެހި ޕްރިމިއަރ ލީގު: އީގަލްސްއާ އެއްވަރުކޮށް، ޓީސީން ލީގުގެ އައްޑަނަ އުފުލާލައިފި
25 ޖޫން 2018

ވާރލްޑް ކަޕް: އީރާނާއި އެއްވަރުކޮށް ޕޯޗުގަލް ދެވަނަ ބުރަށް

25 ޖޫން 2018
ވާރލްޑް ކަޕް: އީރާނާއި އެއްވަރުކޮށް ޕޯޗުގަލް ދެވަނަ ބުރަށް
28 އެޕްރީލު 2018

އާސެނަލް އަދި އެޓްލެޓިކޯއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔުއެފާއިން ނިންމައިފި

28 އެޕްރީލު 2018
އާސެނަލް އަދި އެޓްލެޓިކޯއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔުއެފާއިން ނިންމައިފި
23 ނޮވެމްބަރު 2017

ޗެމްޕިއަންސް ލީގު: ޔުވެންޓަސްއާ އެއްވަރުކޮށް ބާސާ ދެވަނަ ބުރަށް

23 ނޮވެމްބަރު 2017
ޗެމްޕިއަންސް ލީގު: ޔުވެންޓަސްއާ އެއްވަރުކޮށް ބާސާ ދެވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު