Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިޒާމްބެގެ ބަސް

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

ފިޓްނަސް ލެވެލް ރަނގަޅު ކުރުމަށް އެންމެ ބޮޑަށް އެހީވަނީ ޕްރީ ސީޒަން: ނިޒާމްބެ

ލީވާން އަލީ
ލީވާން އަލީ | 11 މާރިޗު 2017 | ހޮނިހިރު 07:33
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް

މިއީ ރަނގަޅު ފެށުމެއް ކަމަށާއި، މެޗުގެ ނަތީޖާ ޓީސީ ކޮޅަށް އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މާލޭ ލީގުގައި ވެލެންސިއާ އަތުން 0-3 ގެ ނަތީޖާއިން ޓީސީ މޮޅުވި މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ނިޒާމްބެ ބުނީ ވެލެންސިއާއަކީ މިފަހަރު ލީގުގައި އެންމެ މަތިން ރޭންކްކުރާ އެއްޓީމެއް ކަމަށާއި، ފުރަތަމަ މެޗުގައި އެޓީމާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވުމަކީ ރަނގަޅު ފެށުމެއް ކަމަށެވެ.

ނިޒާމްބެ ބުނީ މެޗު ފެށިގެން ރަނގަޅަށް ކުޅުނީ ވެލެންސިއާ ކަމަށާއި، އެހެން ނަމަވެސް ޓީސީ ކުޅުންތެރިން ދެއްކި މޮޅު ކުޅުމާއެކު ނަތީޖާ އަނބުރާލެވުނު ކަމަށެވެ. އެގޮތުން މިއީ ފުރަތަމަ މެޗަށް ބަލާފައި ރަނގަޅު ފެށުމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކުޅުންތެރިންގެ ފިޓްނަސް ލެވެލްއާ މެދު ހިތްހަމަޖެހޭ ކަމަށް ފާހަގަކުރަމުން ނިޒާމްބެ ބުނީ އެ ކުޅުންތެރިންގެ ފިޓްނަސް ލެވެލް ރަނގަޅު ކުރުމަށް އެންމެ ބޮޑަށް އެހީވަނީ ޕްރީ ސީޒަން ކަމަށާއި، އެގޮތުން ޕްރީ ސީޒަނަށް ފަހު ބަންގްލަދޭޝްގައި ނިމިގެންދިޔަ ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ޓީމު ތަފާތު ދައްކާފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ އެ މުބާރާތުން ފިޓްނަސްގެ އިތުރުން ޓީމަށް އެހެން ފައިދާތަކެއްވެސް ވެފައިވާ ކަމަށާއި، އެގޮތުން އެންމެ ބޮޑަށް ފައިދާވީ ރަނގަޅު ކުރަންޖެހޭ ކުދިކުދި ކަންކަން ޓީމުން ރަނގަޅު ކުރުން ކަމަށެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
18 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

18 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު