Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ޓީމް

ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް

މާޒީއަށް ނުވިސްނައި ތާރީހު ބަދަލުކުރަންޖެހޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 28 މާރިޗު 2017 | އަންގާރަ 10:36
ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް

ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއިން ފަލަސްތީނާ ދެކޮޅަށް ނުކުންނަ އިރު ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް ކަމަށް ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފި އެވެ.

ސުޓެވާޓު ބުނީ ފަލަސްތީނަކީ ވަރުގަދަ ޓީމެއް ނަމަވެސް، ދިވެހި ޓީމުން މި މެޗަށް ނުކުންނާނީ މެޗުން މޮޅުވުމުގެ ފުރިހަމަ ޔަގީން ކަމާއެކުގައި ކަމަށެވެ. އެގޮތުން މި މެޗަށް ތައްޔާރުވުމަށް ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ މި މެޗުން މޮޅުވާން ބޭނުންވެފައި ތިބި މަންޒަރު ކަމަށް ސްޓެވާޓް ބުންޏެވެ.

ސުޓެވާޓު ބުނީ ބޭނުންވަނީ ނަތީޖާ ނަމަވެސް، އެންމެ މުހިންމީ ބުރަކޮށް މަސައްކަތްކޮށް މޮޅު ކުޅުމެއް ދެއްކުން ކަމަށެވެ.

ފަލަސްތީނު ކުޅުންތެރިންނަކީ އިސްކޮޅުން ދިގު ކުޅުންތެރިންތަކެއްކަން ފާހަގަ ކުރަމުން ސްޓެވާޓް ބުނީ އެޓީމަކީ މެދުއިރުމަތީ ފުޓުބޯޅައިގެ ގަދަ ބާރެއް ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ރާއްޖެއާއި ފަލަސްތީން އެންމެފަހުން ބައްދަލުކުރީ 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖު ކަޕު ގުރޫޕް ސުޓޭޖުގަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަލަސްތީނާއި ރާއްޖެ ވަނީ 0-0 އިން އެއްވަރު ކޮށްފަ އެވެ.

އެފަހަރު ރާއްޖެއާއި ފަލަސްތީން ބައްދަލުކުރި މެޗަށް އަލިއަޅުވާލަމުން ސްޓެވާޓް ބުނީ އެއީ މާޒީ ކަމަށާއި، އެހެން ކަމުން ބޭނުންވަނީ މި މެޗުން މޮޅުވެ ތާރީހު ބަދަލު ކުރަން ކަމަށެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ސުޓެވާޓު ވަނީ އެފްއޭއެމްގެ ޓާގެޓަށް ޓީމު ގެންދަން މަސައްކަތް ކުރާނެ ކަމަށް ބުނެ، އެކަން ނުވެއްޖެ ނަމަ ފުރިހަމަ ޒިންމާ ނަގާނެ ކަމަށް ބުނެފަ އެވެ.

ރާއްޖެ އަދި ފަލަސްތީނު ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު