Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޝައިހްކަމާލް ކަޕްގެ ފައިނަލް

މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

މަސައްކަތް ކުރާނީ ދިވެހިން ފަހުރުވެރިވާ ފަދަ ނަތީޖާއެއް ގެނައުމަށް: ނިޒާމްބެ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 3 މާރިޗު 2017 | ހުކުރު 10:23
ޓީސީގެ ކޯޗު ނިޒާމް (ކ) އަދި ޕޮޗިއޮންގެ ކޯޗު ކިމް ޔަންގް

ޓީސީގެ ކޯޗު ނިޒާމް (ކ) އަދި ޕޮޗިއޮންގެ ކޯޗު ކިމް ޔަންގް

ބަންގްލަދޭޝްގައި ކުރިޔަށްދާ ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ޓީސީ ސްޕޯޓްސް ކްލަބް އަދި ޕޮޗިއޮން ސިޓިޒެން އެފްސީގެ ކޯޗު ވެސް ބޭނުންވަނީ މުބާރާތުގެ ތަށި ހިފައިގެން ގައުމަށް އެނބުރި ދިއުމަށް ކަމަށް ބުނެފި އެވެ.

މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޓީމެއް ގޮވައިގެން ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ޓާގެޓަކީ މެޗުން މޮޅުވުން ކަމަށާއި، އުންމީދަކީ ރާއްޖެއަށް ތަށި ހިފައިގެން އައުން ކަމަށެވެ.

ނިޒާމްބެ ބުނީ ޕޮޗިއޮންއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗަކީ އެހެން ހުރިހާ މެޗުތަކަށް ވުރެ ތަފާތު އަދި އުނދަގޫ މެޗަކަށް ވެގެންދާނެ ކަމަށާއި، އެހެން ނަމަވެސް "ޓީސީން އެންމެ ފަހު ވަގުތާ ޖެހެން ދެންވެސް މަސައްކަތް ކުރާނީ ދިވެހި ފަހުރުވެރިވާ ފަދަ ނަތީޖާއެއް ގެނައުމަށް" ކަމަށެވެ.

ސައުތް ކޮރެއާ އަށް ނިސްބަތްވާ ޕޮޗިއޮންއާ ބެހޭ ގޮތުން ނިޒާމްބެ ބުނީ އެޓީމު މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައި ވާނީ އެންމެ މޮޅު ދެ ޓީމުގެ ތެރޭގައި ހިމެނޭތީ ކަމަށާއި، އެހުރިހާ ކަމަކަށް ސަމާލުވެގެން ޓީސީ ނިކުންނާނީ ޕޮޗިއޮންގެ ކުޅުން ހަލާކުކޮށްލުމަށް ކަމަށެވެ.

ޕޮޗިއޮންގެ ހެޑް ކޯޗު ކިމް ޖައި ޔަންގް ބުނީ ފައިނަލުން ޖާގައެއް ލިބުމުން އެކަމާ ވަރަށް އުފާވާ ކަމަށާއި، އެގޮތުން ފައިނަލުން ޖާގަ ލިބުމާއެކު މިހާރު ހުރިހާ ވެސް ވިސްނުމެއް ހުރީ ފައިނަލް މެޗު ކާމިޔާބުކޮށް މުބާރާތުގެ ތަށި ހިފައިގެން ގައުމަށް ދިއުން ކަމަށެވެ.

ކިމް ބުނީ ޕޮޗިއޮން އަށް މުބާރާތް ފެށުނީ ވަރަށް އާދައިގެކޮށް ކަމަށާއި، އެގޮތުން ފުރަތަމަ މެޗުތަކުގައި ވަރަށް ފަސޭހަކޮށްލި ކަމަށެވެ. އެހެން ނަމަވެސް މުބާރާތުގައި ވާދަކުރާ ޓީމުތައް ވަރުގަދަކަން އެނގުމާއެކު މިހާރު ކުޅުން ރަނގަޅުކޮށް ޓީމު ތައްޔާރުވެފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޕޮޗިއޮން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ޑާކާ އަބާނީ ލިމިޓެޑް އަތުން 0-0 ގެ ނަތީޖާއިން އެއްވަރުވިއިރު، ދެވަނަ މެޗުން އެފްސީ އަލްގާ އަތުން 1-2 ގެ ނަތީޖާއިން ވަނީ މޮޅުވެފައެވެ. ތިންވަނަ މެޗުން އެޓީމު އެއްވަރުވީ 1-1 ގެ ނަތީޖާއިން ފައިނަލުގައި އެއްކޮޅުން ބައްދަލުކުރާ ޓީސީއާއެވެ. ގްރޫޕް ސްޓޭޖުގެ ދެވަނައިގެ ގޮތުގައި ޕޮޗިއޮން ސެމީއަށް ދަތުރުކޮށްފައިވާއިރު، ފައިނަލަށް އެޓީމު ދަތުރުކުރީ އެއްވެސް މެޗަކުން ބަލުނުވެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗިޓަގޮން އަބާނީ ބަލިކުރުމަށްފަހުއެވެ.

ޓީސީ ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކުރި ގޮތަށް ބަލާއިރު، އެޓީމު ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށްފައެވެ. އެޓީމު މޮޅުވެފައިވަނީ ޑާކާ އަބާނީ އަދި އެފްސީ އަލްގާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެއްވަރުވީ ޕޮޗިއަން އަތުންނެވެ. އެޓީމު ސެމީގައި ނޭޕާލްގެ ލީގު ޗެމްޕިއަން މަނަންގްއާ ވާދަކުރިއިރު، އެޓީމު ބަލިކޮށް ޓީސީ ވަނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކްލަބް މުބާރާތެއްގެ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައެވެ.

ޓީސީގެ މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީ އެވެ. ރާއްޖެޓީވީން މިއަދު ވަގުތުން ގެނެސްދޭ މި މެޗްގެ ޕްރީ ޝޯ ހަވީރު 5:00 ގައި ފަށާނެ އެވެ. މި މެޗްގެ ސްޕޮންސަރަކީ ވެލިގާ ހާޑްވެއާއެވެ. ކޯ ސްޕޮންސަރަކީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު