Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދެވަނަ ޑިވިޝަން

ތަފާތު ބޮޑު ނަތީޖާއަކުން މެކާނޯގެ މައްޗަށް ކުޑަހެންވޭރު ކުރި ހޯދައިފި

ކުޑަހެނވޭރުން މެޗު ކާމިޔާބުކުރީ 12-1 ގެ ތަފާތުބޮޑު ނަތީޖާއަކުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 19 އެޕްރީލު 2017 | ބުދަ 23:43
ކުޑަހެންވޭރާއި މެކާނޯ ބައްދަލުކުރި މެޗުގެ ތެރެއިން

ކުޑަހެންވޭރާއި މެކާނޯ ބައްދަލުކުރި މެޗުގެ ތެރެއިން

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މެކާނޯގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު ކުޑަހެންވޭރު ޔުނައިޓެޑް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މުބާރާތުގައި ބުދަ ދުވަހު ހަވީރު ހެންވޭރު ޓާފް ދަނޑުއި، މެކާނޯ އާއި ދެކޮޅަށް ކުޅުނު މެޗު ކުޑަހެންވޭރުން ކާމިޔާބުކުރީ 12-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ކުޑަހެންވޭރަށް ލަނޑުތަށް ކާމިޔާބުކޮއްދިނީ އަލީ ހާފިޒް އާއި، އަލީ ޝިފާއު އާއި، އަހްމަދު އަޝްފާން އާއި، ޝަހީމް އަބްދުލް ގާދިރު އެވެ. އެގޮތުން މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލީ ހާފިޒް އާއި، އަލީ ޝިފާއު، ކޮންމެ ކުޅުންތެރިއަކު 4 ލަނޑު ކާމިޔާބުކޮއްދިން އިރު، ޝަހީމް އަބްދުލް ގާދިރު ވަނީ 3 ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ.

މެޗުގެ ފުރަތަމަ ހާފުވެސް ކުޑަހެންވޭރު ޔުނައިޓެޑުން ނިންމާލީ 4-0 ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ. އެގޮތުން އެޓީމުގެ ފުރަތަ ލަނޑު 27 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮއްދިނީ އަލީ ހާފިޒް އެވެ. މި ލަނޑަށްފަހު ފުލުފުލުގައި އިތުރު 3 ލަނޑު ކާމިޔާބުކޮށް އެޓީމުން ވަނީ ލީޑު ފުޅާ ކޮއްފައެވެ. 2 ވަނަ ލަނޑާއި 3 ވަނަ ލަނޑު އަލީ ޝިފާއު ކާމިޔާބު ކޮއްދިންއިރު، 4 ވަނަ ލަނޑު ކާމިޔާބުކޮއްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮއްދިން އަލީ ހާފިޒް އެވެ.

ދެވަނަ ހާފުގައި ކުޑަހެންވޭރު ޔުނައިޓެޑުގެ ފަރާތުން ފެނިގެންދިޔައީ އިތުރަށް ވަރުދަގަ ކުޅުމެކެވެ. އެގޮތުން އެޓީމުން ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި އިތުރު ލަނޑުތަކެށް ކާމިޔާބުކޮއްފައެވެ. އެގޮތުން އަލީ ޝިފާއު ވަނީ 55 އަދި 57 ވަނަ މިނެޓުގައި އިތުރު ދެ ލަނޑު ކާމިޔާބުކޮއްދީފައެވެ. އޭގެ 5 މިނެޓު ފަހުން އަލީ ހާފިޒް ވެސް އިތުރު ލަނޑެށް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 7-0 ބަދަލުކޮއްދީފައި ވަނިކޮށް މެކާނޯއިން ވަނީ ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ސުން ކަނޑުވާލާފަ އެވެ. މި ލަނޑު 67 ވަނަ މިނެޓުގައި ކާމިޔާބުކޮއްދިނީ ސުލްތާން ހަބީބް އެވެ.

އޭގެ ފަހުން އަނެއްކާވެސް އަލީ ހާފިޒް ކުޑަ ހެންވޭރަށް ލަނޑެށް ކާމިޔާބު ކޮއްދިންއިރު ޝަހީމް އަބްދުލް ގާދިރު ވަނި ކައިރި ކައިރީގައި 3 ލަނޑު ކާމިޔާބުކޮށް ހެޓްރިކް ފުރިހަމަ ކުރިއެވެ. މެޗުގެ ފަހު ލަނޑު ކުޑަހެންވޭރަށް ކާމިޔާބުކޮއްދިނީ 88 ވަނަ މިނެޓުގައި އަހްމަދު އަޝްފާން އެވެ.

މުބާރާތުގައި ބުރާސްފައި ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ މަހިބަދޫ ސްޕޯޓްސް ކުލަބާއި ދަ ގްރާންޑެ ސަޕޯޓްސް ކުލަބެވެ. މުބާރާތުގައި ދަ ގްރާންޑޭ ކުޅުނު ފުރަތަމަ މެޗުން ޖޭޖޭ ސްޕޯޓް ކުލަބާ ވާދަކޮށް ބަލިވެފައި ވާއިރު މަހިބަދޫ ސްޕޯޓްސް ކުލަބު ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުން މޭކާނޯގެ މައްޗަށް ކުރިހޯދާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު