Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ ދަނޑު މަރާމާތުކުރުމުގެ މަސައްކަތުގައި އުޅުނު މުވައްޒަފަކު މަރުވެއްޖެ

26 ޖުލައި 2026 | އާދީއްތަ 10:00

ކެޓަލަންގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 54 އަހަރުގެ ފިރިހެނެއް. އޭނާ މަރުވީ ބޮލަށް ލިބުނު ބާރުގަދަ ހަމަލާއެއް، ނުވަތަ އެއްޗަކުން ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖުލައި 2026 | އާދީއްތަ 10:00
ބާސެލޯނާގެ ކޭމްޕް ނޯގެ މަސައްކަތް ކުރަމުން ގެންދިޔަ ދުވަސްވަރު ނަގާފައިވާ ފޮޓޯއެއް

ބާސެލޯނާގެ ކޭމްޕް ނޯގެ މަސައްކަތް ކުރަމުން ގެންދިޔަ ދުވަސްވަރު ނަގާފައިވާ ފޮޓޯއެއް | ގެޓީ އިމޭޖަސް

ސްޕެއިންގެ ގަދަބާާރު ބާސެލޯނާގެ ރަސްމީ ދަނޑު، ކޭމްޕް ނޯ ސްޓޭޑިއަމްގެ މަރާމާތުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ތަނުގައި މަސައްކަތް ކުރި މުވައްޒަފަކު މަރުވެއްޖެ އެވެ. 

ހޮނިހިރު ދުވަހު ބާސެލޯނާ އިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ، ހުކުރު ދުވަހު އެ ކުލަބުގެ ސްޓޭޑިއަމްގައި މަސައްކަތް ކުރަމުން ދަނިކޮށް ހިނގި އެކްސިޑެންޓެއްގައި މުވައްޒަފަކު މަރުވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ކުލަބުން ނުހަނު ހިތާމަ ކުރާ ކަމަށް ވެސް ބާސެލޯނާ އިން ބުނެފައިވެ އެވެ. އަދި މި ހާދިސާގައި މަރުވި މުވައްޒަފުގެ އާއިލާ އާއި، ރައްޓެހިން އަދި އޭނާ އާއެކު މަސައްކަތް ކުރި މުވައްޒަފުންނަށް އެ ކުލަބުން ވަނީ ތައުޒިޔާ ފޮނުވާފައި އެވެ. 

ކެޓަލަންގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 54 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ ބޮލަށް ލިބުނު ބާރުގަދަ ހަމަލާއެއް، ނުވަތަ އެއްޗަކުން ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބާ ގުޅޭ ގޮތުން އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ސުވާލު ކުރުމުން، ފުލުހުން އިތުރު ތަފްސީލެއް ދީފައި ނުވެ އެވެ. 

ބާސެލޯނާގެ ދަނޑުގެ މަރާމާތުގެ މަސައްކަތް އެ ކުލަބުން ފަށާފައި ވަނީ 2023 ވަނަ އަހަރު އެވެ. އަދި ދަނޑުގެ ބޮޑު ބައެއްގެ މަސައްކަތް ނިންމައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ވަނީ ދަނޑު ބޭނުން ކުރަން ފަށައިފަ އެވެ. ނަމަވެސް، ބާސެލޯނާ އިން ދަނޑު ބޭނުން ކުރަން ފަށާފައި ވަނީ މަދު އަދަދެއްގެ ސަޕޯޓަރުންނަށް ވަދެވޭ ގޮތަށެވެ. 

ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ފާާއިތުވި ދެ ސީޒަންގައި ވެސް ހޯދާފައިވާ ބާސެލޯނާ އިން، އައު ސީޒަންގެ ފުރަތަމަ މެޗުގައި ނުކުންނާނީ އެލްޗޭއާ ދެކޮޅަށެވެ. އަދި އައު ސީޒަންގައި އެ ކުލަބުގެ އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ މެޗަށް ވާނީ، އޯގަސްޓު މަހުގެ 28 ވަނަ ދުވަހު އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗެވެ. 

މިހާރު ކުރިއަށްދާ ބޮޑު މަޝްރޫއު އެއްކޮށް ނިމުމުން، ކޭމްޕް ނޯ ސްޓޭޑިއަމްގައި އެއްފަހަރާ 105،000 ސަޕޯޓަރުންނަށް ތިބެވޭނެ އެވެ. މިއާއެކު އެ ސްޓޭޑިއަމް ވެގެން ދާނީ މުޅި ޔޫރަޕުގައި ވެސް އޮތް އެންމެ ޖާގަ ބޮޑު އެއް ސްޓޭޑިއަމް އަށެވެ.

ބާސެލޯނާ

އިތުރަށް ކިޔާލަން

20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ
22 ޖޫން 2026

ހުޝިޔާރު، ބިރުކުޑަ އަދި އިތުބާރުން ފުރިގެންވާ ލަމީން ޔަމާލް އެތައް ރެކޯޑެއް މުގުރާލައިފި

22 ޖޫން 2026
ހުޝިޔާރު، ބިރުކުޑަ އަދި އިތުބާރުން ފުރިގެންވާ ލަމީން ޔަމާލް އެތައް ރެކޯޑެއް މުގުރާލައިފި
07 ޖޫން 2026

ބާސެލޯނާ އިން ފުރުސަތު އެބަ އޮތް، ގޮތް ނިންމާނީ އެންމެ ރަނގަޅު ކުލަބެއް ބެލުމަށް ފަހު: ސިލްވާ

07 ޖޫން 2026
ބާސެލޯނާ އިން ފުރުސަތު އެބަ އޮތް، ގޮތް ނިންމާނީ އެންމެ ރަނގަޅު ކުލަބެއް ބެލުމަށް ފަހު: ސިލްވާ
30 މެއި 2026

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ގޯޑަން ބާސެލޯނާ އަށް ބަދަލުވެއްޖެ

30 މެއި 2026
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ގޯޑަން ބާސެލޯނާ އަށް ބަދަލުވެއްޖެ
28 މެއި 2026

ބާސެލޯނާ އިން ގޯޑަން ހޯދުމުގެ ޑީލް ކާމިޔާބު ކޮށްފި

28 މެއި 2026
ބާސެލޯނާ އިން ގޯޑަން ހޯދުމުގެ ޑީލް ކާމިޔާބު ކޮށްފި
24 މެއި 2026

ލެވަންޑޯސްކީގެ ފަހު މެޗުގައި ލަނޑު ޖެހި ނަމަވެސް، ބާސެލޯނާ ބަލިވެއްޖެ

24 މެއި 2026
ލެވަންޑޯސްކީގެ ފަހު މެޗުގައި ލަނޑު ޖެހި ނަމަވެސް، ބާސެލޯނާ ބަލިވެއްޖެ
19 މެއި 2026

ލެވަންޑޯސްކީ ނެތް ތަން ފޫބައްދަން އުނދަގޫ ވާނެ: ފްލިކް

19 މެއި 2026
ލެވަންޑޯސްކީ ނެތް ތަން ފޫބައްދަން އުނދަގޫ ވާނެ: ފްލިކް
18 މެއި 2026

ބެޓިސް އަތުން މޮޅުވެ، ޗެމްޕިއަން ބާސެލޯނާ އަށް ރެކޯޑެއް

18 މެއި 2026
ބެޓިސް އަތުން މޮޅުވެ، ޗެމްޕިއަން ބާސެލޯނާ އަށް ރެކޯޑެއް
17 މެއި 2026

އެއްބަސްވުން ހަމަވުމުން ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ނިންމައިފި

17 މެއި 2026
އެއްބަސްވުން ހަމަވުމުން ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ނިންމައިފި
14 މެއި 2026

ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ

14 މެއި 2026
ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް