Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ބެޓިސް އަތުން މޮޅުވެ، ޗެމްޕިއަން ބާސެލޯނާ އަށް ރެކޯޑެއް

އަމިއްލަ ދަނޑުގައި ބެޓިސް އަތުން ހޯދި މޮޅާ އެކު، ބާސެލޯނާ ވެގެން ގޮސްފައި ވަނީ ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު 19 މެޗުން ވެސް މޮޅުވި ފުރަތަމަ ޓީމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2026 | ހޯމަ 03:54
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާާގެ ރަފީނިއާ އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާާގެ ރަފީނިއާ އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުން، ޗެމްޕިއަން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 28 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ރަފީނިއާ އެވެ. އޭގެ ފަހުން ވެސް ފުރަތަމަ ހާފުގައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހަން ފުރުސަތު ތަކެއް ހޯދައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގެ 62 ވަނަ މިނެޓުގައި ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ވެސް ރަފީނިއާ އެވެ. ބާސެލޯނާ އިން ދެ ވަނަ ލަނޑު ޖެހިތާ ހަތް މިނެޓު ފަހުން އިސްކޯ ވަނީ ބެޓިސްގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ. އެ ލަނޑު އޭނާ ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. މެޗުގެ 74 ވަނަ މިނެޓުގައި ބާސެލޯނާގެ ތިން ވަނަ ލަނޑު ޖެހީ ޔާއޯ ކަންސޭލޯ އެވެ.

މެޗުން މޮޅުވެ ބާސެލޯނާ އެއް ވަަނައިގައި އޮތީ މިހާތަނަށް ކުޅެފެއިވާ 37 މެޗުން 94 ޕޮއިންޓާ އެކު އެވެ. އަމިއްލަ ދަނޑުގައި ބެޓިސް އަތުން ހޯދި މޮޅާ އެކު، ބާސެލޯނާ ވެގެން ގޮސްފައި ވަނީ ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު 19 މެޗުން ވެސް މޮޅުވި ފުރަތަމަ ޓީމަށެވެ. މި ސީޒަންގެ ސްޕެނިޝް ލީގު ބާސެލޯނާ އިން ކާމިޔާބު ކޮށްފައިވާއިރު، މިއީ ބާސެލޯނާ އިން ޖެހި ޖެހިގެން ލީގު ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ.

ސްޕެނިޝް ލީގުބާސެލޯނާ

އިތުރަށް ކިޔާލަން

17 މެއި 2026

އެއްބަސްވުން ހަމަވުމުން ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ނިންމައިފި

17 މެއި 2026
އެއްބަސްވުން ހަމަވުމުން ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ނިންމައިފި
14 މެއި 2026

ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ

14 މެއި 2026
ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ
13 މެއި 2026

މިހުރީ އުފަލުން، އެއްބަސްވުން އައު ކުރާނަން: ފްލިކް

13 މެއި 2026
މިހުރީ އުފަލުން، އެއްބަސްވުން އައު ކުރާނަން: ފްލިކް
12 މެއި 2026

މުސްތަޤުބަލަށް ވާނެ ގޮތެއް ނޭނގޭ، ލެވަންޑޯސްކީގެ ޝުކުރު ބާސެލޯނާގެ ސަޕޯޓަރުންނަށް

12 މެއި 2026
މުސްތަޤުބަލަށް ވާނެ ގޮތެއް ނޭނގޭ، ލެވަންޑޯސްކީގެ ޝުކުރު ބާސެލޯނާގެ ސަޕޯޓަރުންނަށް
12 މެއި 2026

ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އޯގާތެރިކަމުން ފްލިކް އަށް ކުރެވުނީ ތަފާތު އިޙުސާސެއް

12 މެއި 2026
ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އޯގާތެރިކަމުން ފްލިކް އަށް ކުރެވުނީ ތަފާތު އިޙުސާސެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު