Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ

އަލަވޭސް އަތުން ބަލިވެ، ބާސެލޯނާ އަށް ވަނީ ލީގުގައި 100 ޕޮއިންޓު ހަމަ ކުރުމުގެ ފުރުސަތު ގެއްލިފައި. އެއް ވަނައިގައި ބާސެލޯނާ އޮތީ 36 މެޗުން 91 ޕޮއިންޓާ އެކު. ލީގުގައި ދެން ބާސެލޯނާ އަށް ބާކީ އޮތީ ދެ މެޗު. އެ ދެ މެޗުން މޮޅުވި ނަމަވެސް، ބާސެލޯނާ އަށް ލިބޭނީ މިހާރު 97 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 މެއި 2026 | ބުރާސްފަތި 05:42
ބާސެލޯނާ އާއި އަލަވޭސް ބައްދަލު ކުރި މެޗުގެ ތެރެއިން.

ބާސެލޯނާ އާއި އަލަވޭސް ބައްދަލު ކުރި މެޗުގެ ތެރެއިން. | ރޮއިޓާސް

ސްޕެނިޝް ލީގުގައި ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވެއްޖެ އެވެ.

އަލަވޭސްގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗުގައި އެ ޓީމުން ވަނީ 1-0 އިން ބާސެލޯނާ ބަލިކޮށްފަ އެވެ. މިއީ މި ސީޒަންގެ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، ބާސެލޯނާ ކުޅުނު ފުރަތަމަ މެޗެވެ. 

ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އަލަވޭސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެގޮތުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ލީޑު ނަގައިދިނީ އިބްރާހިމް ޑިއަބާޓޭ އެވެ. މެޗުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބެއް ނުވި އެވެ. 

އަލަވޭސް އަތުން ބަލިވެ، ބާސެލޯނާ އަށް ވަނީ ލީގުގައި 100 ޕޮއިންޓު ހަމަ ކުރުމުގެ ފުރުސަތު ގެއްލިފަ އެވެ. އެއް ވަނައިގައި ބާސެލޯނާ އޮތީ 36 މެޗުން 91 ޕޮއިންޓާ އެކު އެވެ. ލީގުގައި ދެން ބާސެލޯނާ އަށް ބާކީ އޮތީ ދެ މެޗެވެ. އެ ދެ މެޗުން މޮޅުވި ނަމަވެސް، ބާސެލޯނާ އަށް ލިބޭނީ މިހާރު 97 ޕޮއިންޓެވެ.

ބާސެލޯނާ އިން މިހާތަނަށް 29 ފަހަރު ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައިވާއިރު، ޖެހި ޖެހިގެން ދެ ވަނަ ސީޒަންގައި ބާސެލޯނާ އިން މި ވަނީ ލީގު ކާމިޔާބު ކޮށްފަ އެވެ.

ސްޕެނިޝް ލީގުބާސެލޯނާ

އިތުރަށް ކިޔާލަން

13 މެއި 2026

މިހުރީ އުފަލުން، އެއްބަސްވުން އައު ކުރާނަން: ފްލިކް

13 މެއި 2026
މިހުރީ އުފަލުން، އެއްބަސްވުން އައު ކުރާނަން: ފްލިކް
12 މެއި 2026

މުސްތަޤުބަލަށް ވާނެ ގޮތެއް ނޭނގޭ، ލެވަންޑޯސްކީގެ ޝުކުރު ބާސެލޯނާގެ ސަޕޯޓަރުންނަށް

12 މެއި 2026
މުސްތަޤުބަލަށް ވާނެ ގޮތެއް ނޭނގޭ، ލެވަންޑޯސްކީގެ ޝުކުރު ބާސެލޯނާގެ ސަޕޯޓަރުންނަށް
12 މެއި 2026

ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އޯގާތެރިކަމުން ފްލިކް އަށް ކުރެވުނީ ތަފާތު އިޙުސާސެއް

12 މެއި 2026
ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އޯގާތެރިކަމުން ފްލިކް އަށް ކުރެވުނީ ތަފާތު އިޙުސާސެއް
11 މެއި 2026

ރަފީނިއާ އަށް އޭނާގެ މުސްތަޤުބަލު ފެންނަނީ ބާސެލޯނާގައި

11 މެއި 2026
ރަފީނިއާ އަށް އޭނާގެ މުސްތަޤުބަލު ފެންނަނީ ބާސެލޯނާގައި
11 މެއި 2026

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި

11 މެއި 2026
ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު