ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ
ސްޕެއިންގެ ފަހަތް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރި ކުބާސީ ވަނީ މުބާރާތުގެ ހުރިހާ މެޗެއްގެ ކޮންމެ މިނެޓެއްގައި ކުޅެ، އެ ގައުމަށް ތަށި ހޯދައިދިނުމުގައި ބޮޑު އެހީތެރިކަމެއް ވެދީފައި. ވަރުގަދަ އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައިވެސް އޭނާގެ ހުށިޔާރުކަމާއެކު އިދިކޮޅު ޓީމަށް ސްޕެއިންގެ ގޯލަށް ނުރައްކާ ކުރެވޭގޮތް ވަނީ ނުވެފައި. މުޅި މުބާރާތުގައިވެސް ސްޕެއިން ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެއް.

ސްޕެއިންގެ ޓީމުގެ ޖާޒީ ނަންބަރު 22، ޕައު ކިއުބާސީ އަށް މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ލިބުނު | ގެޓީ އިމޭޖަސް
ބާސެލޯނާގެ އުމުރުން 19 އަހަރުގެ ސެންޓަރ ބެކް، ޕައު ކުބާސީ، ފީފާ ވޯލްޑް ކަޕް 2026 ގެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދައިފި އެވެ.
މުޅި މުބާރާތުގައި ސްޕެއިންގެ ކޮޅަށް އެންމެ ލަނޑެއް ވަތްއިރު، އޭނާއަކީ އެ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ އެވެ. އަދި މުބާރާތުގެ ފައިނަލް މެޗުގައި އާޖެންޓީނާއަށް ސްޕެއިންގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާނުލެވޭ ގޮތަށް ހިފަހައްޓައި، މުޅި މެޗުގައިވެސް އެ ޓީމަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާކަން ފާހަގަކޮށްލެވެ އެވެ.
ދެކުނު ކޮރެއާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ސްޕެއިން ހޯދި ކާމިޔާބީ އެ ގައުމުން ތަކުރާރުކުރިއިރު، ކުބާސީ ވަނީ ސްޕެއިން ކުޅުނު ހުރިހާ މެޗެއްގެ ކޮންމެ މިނެޓެއްގައިވެސް ކުޅެފަ އެވެ.










