Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ލެވަންޑޯސްކީ ނެތް ތަން ފޫބައްދަން އުނދަގޫ ވާނެ: ފްލިކް

ފްލިކް ބުނީ، ލެވަންޑޯސްކީ ނެތް ތަން ފޫބެއްދުމަކީ ބާސެލޯނާ އަށް ފަސޭހަ ކަމަކަަށް ނުވާނެ ކަމަށް. އެކަން ފާހަގަކޮށް ފްލިކް ބުނީ، މިދިޔަ އަހަރު ތަކުގައި އުފެދުނު އެންމެ މޮޅު ސްޓްރައިކަރަކީ ލެވަންޑޯސްކީ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 މެއި 2026 | އަންގާރަ 05:17
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އަދި ރޮބާޓް ލެވަންޑޯސްކީ.

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އަދި ރޮބާޓް ލެވަންޑޯސްކީ. | ރޮއިޓާސް

މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ ނެތް ތަން ފޫބައްވަން އުނދަގޫ ވާނެ ކަމަށް، ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ބާސެލޯނާ އާއެކު ލެވަންޑޯސްކީ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، ލެވަންޑޯސްކީ ވަނީ ބާސެލޯނާ ދޫކޮށްލަން ނިންމައިފަ އެވެ. ބާސެލޯނާ އާއި ލެވަންޑޯސްކީ ވެސް އެކަން އިއުލާާން ކޮށްފައިވާއިރު، އާދީއްތަ ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ބާސެލޯނާ އިން ކުޅުނު މެޗަކީ އަމިއްލަ ދަނޑުގައި ލެވަންޑޯސްކީގެ ފަހު މެޗެވެ. އެ މެޗަށް ފަހު ބާސެލޯނާގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ލެވަންޑޯސްކީ އަށް އަލްވަދާއު ކިޔައިފަ އެވެ.

އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފްލިކް ބުނީ، ލެވަންޑޯސްކީ ނެތް ތަން ފޫބެއްދުމަކީ ބާސެލޯނާ އަށް ފަސޭހަ ކަމަކަަށް ނުވާނެ ކަމަށެވެ. އެކަން ފާހަގަކޮށް ފްލިކް ބުނީ، މިދިޔަ އަހަރު ތަކުގައި އުފެދުނު އެންމެ މޮޅު ސްޓްރައިކަރަކީ ލެވަންޑޯސްކީ ކަމަށެވެ. ލެވަންޑޯސްކީގެ ބަދަލުގައި އެ ފެންވަރުގެ އެހެން ކުޅުންތެރިޔަކު ހޯދަން ފަސޭހަ ނުވާނެ ކަމަށާއި، ބާސެލޯނާ އަށް ހޯދޭ ކުޅުންތެރިޔަކު ބަލަން މަޑު ކުރަން ޖެހޭނެ ކަމަށް ފްލިކް ބުންޏެވެ.

ބާސެލޯނާގައި ލެވަންޑޯސްކީ މޮޅު ކުޅުމެއް ދެއްކިއިރު، ފްލިކް ބުނީ ލެވަންޑޯސްކީ ވަނީ އޭނާގެ ހިތުގައި ބާސެލޯނާ އަށް ޚާއްސަ ޝަރަފެއް ދީފައި ކަމަށެވެ. ބާސެލޯނާގައި ލެވަންޑޯސްކީ އަށް އިރުޝާދު ދިނުމަކީ އޭނާ އަށް ލިބޭ އުފަލެއް ކަމަށް ފާހަގަކޮށް ފްލިކް ބުނީ، ލެވަންޑޯސްކީ އަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި، އަދި އޭނާ އަކީ ވަރަށް ހުނަރުވެރި، މޮޅު ކުޅުންތެރިޔެއް ކަމަށެވެ. ފާއިތުވި 20 އަހަރަށް ބަލާއިރު ވެސް، ލެވަންޑޯސްކީ އަކީ އެންމެ މޮޅު "ނަންބަރު9" ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.

ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ނިންމާފައިވާއިރު، އޭނާ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 192 މެޗުގައި 119 ލަނޑު ޖަހައިފަ އެވެ. ބާސެލޯނާ އާއެކު ލެވަންޑޯސްކީ ހަތް ތައްޓެއް ކާމިޔާބު ކޮށްފައިވާއިރު، އޭގެ ތެރޭގައި ސްޕެނިޝް ލީގު ތިން ފަހަރު ކާމިޔާބު ކުރުން ވެސް ހިމެނެ އެވެ. ބާސެލޯނާ ދޫކޮށްލުމަށް ފަހު ދެން ބަދަލު ވާނެ ކުލަބެއް ލެވަންޑޯސްކީ މިހާތަނަށް ނިންމާފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ލެވަންޑޯސްކީ އަށް ތައުރީފުކޮށް ފްލިކް ވާހަކަ ދައްކާފައިވާއިރު، މީގެ ކުރިން ފްލިކް ވަނީ ޖަރުމަނުގެ ބަޔާން މިއުނިކް ގައި ވެސް އޭނާ އަށް އިރުޝާދު ދީފަ އެވެ.

ބާސެލޯނާރޮބަރޓް ލެވަންޑޯސްކީހަންސީ ފްލިކް

އިތުރަށް ކިޔާލަން

18 މެއި 2026

ބެޓިސް އަތުން މޮޅުވެ، ޗެމްޕިއަން ބާސެލޯނާ އަށް ރެކޯޑެއް

18 މެއި 2026
ބެޓިސް އަތުން މޮޅުވެ، ޗެމްޕިއަން ބާސެލޯނާ އަށް ރެކޯޑެއް
17 މެއި 2026

އެއްބަސްވުން ހަމަވުމުން ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ނިންމައިފި

17 މެއި 2026
އެއްބަސްވުން ހަމަވުމުން ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ނިންމައިފި
14 މެއި 2026

ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ

14 މެއި 2026
ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ
13 މެއި 2026

މިހުރީ އުފަލުން، އެއްބަސްވުން އައު ކުރާނަން: ފްލިކް

13 މެއި 2026
މިހުރީ އުފަލުން، އެއްބަސްވުން އައު ކުރާނަން: ފްލިކް
12 މެއި 2026

މުސްތަޤުބަލަށް ވާނެ ގޮތެއް ނޭނގޭ، ލެވަންޑޯސްކީގެ ޝުކުރު ބާސެލޯނާގެ ސަޕޯޓަރުންނަށް

12 މެއި 2026
މުސްތަޤުބަލަށް ވާނެ ގޮތެއް ނޭނގޭ، ލެވަންޑޯސްކީގެ ޝުކުރު ބާސެލޯނާގެ ސަޕޯޓަރުންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު