Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ގޯޑަން ބާސެލޯނާ އަށް ބަދަލުވެއްޖެ

ބާސެލޯނާގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ވާހަކަ ދައްކަމުން ގޯޑަން ބުނީ، ބާސެލޯނާ އަށް ކުޅުމަކީ އޭނާގެ އުމުރުން އެންމެ ތިން އަހަރުގައި ވެސް އުންމީދު ކުރި ކަމެއް ކަމަށް. ކުޑަ ކުއްޖެއްގެ ގޮތުގައި ހުރިއިރު ވެސް، އޭނާ ބާސެލޯނާ އަށް ކުޅޭނެކަން އިނގޭތީ ސްޕެނިޝް ބަހުން ވާހަަކަ ދައްކަން ދަސްކޮށްފައިވާ ކަމަށް ވެސް ގޯޑަން ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 މެއި 2026 | ހޮނިހިރު 05:37
ބާސެލޯނާ އަށް ބަދަލުވި އެންތަނީ ގޯޑަން.

ބާސެލޯނާ އަށް ބަދަލުވި އެންތަނީ ގޯޑަން. | ރޮއިޓާސް

ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އައި އެންތަނީ ގޯޑަން، ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވެފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބާސެލޯނާ އާއެކު ގޯޑަން ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބާސެލޯނާ އިން ވަނީ ގޯޑަން އެ ކުލަބުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ. ގޯޑަންގެ ޑީލްގައި ބާސެލޯނާ އިން ޖުމުލަ 80 މިލިއަން ޔޫރޯ ޚަރަދު ކުރާނެ އެވެ.

ބާސެލޯނާގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ވާހަކަ ދައްކަމުން ގޯޑަން ބުނީ، ބާސެލޯނާ އަށް ކުޅުމަކީ އޭނާގެ އުމުރުން އެންމެ ތިން އަހަރުގައި ވެސް އުންމީދު ކުރި ކަމެއް ކަމަށެވެ. ކުޑަ ކުއްޖެއްގެ ގޮތުގައި ހުރިއިރު ވެސް، އޭނާ ބާސެލޯނާ އަށް ކުޅޭނެކަން އިނގޭތީ ސްޕެނިޝް ބަހުން ވާހަަކަ ދައްކަން ދަސްކޮށްފައިވާ ކަމަށް ވެސް ގޯޑަން ވަނީ ބުނެފަ އެވެ. އެކަން ފާހަގަކޮށް ގޯޑަން ބުނީ ނިއުކާސަލް ޔުނައިޓެޑުގެ ފިޒިއޯގެ ގޮތުގައި މަސައްކަތް ކުރަނީ ސްޕެއިންގެ މީހެއް ކަމަށާއި، ބާސެލޯނާ އަށް ކުޅެން ބޭނުންވާ ވާހަކަ އޭނާ ގާތު ވެސް ބުނަމުން އައި ކަމަށެވެ.

މީގެ އިތުރުން ގޯޑަން ބުނީ އޭނާ ބޭނުން ވަނީ ބާސެލޯނާގައި ކާމިޔާބީ ތަކެއް ހޯދަން ކަމަށާއި، އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކަން ބޭނުންވާ ކަމަށެވެ. ބާސެލޯނާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި، ބާސެލޯނާގައި ތިބި ކުޅުންތެރިންނަކީ މޮޅު ބައެއް ކަމަށް ގޯޑަން ބުންޏެވެ. އޭނާ ބުނީ ބާސެލޯނާގައި ޖާޒީގައި މެޗެއް ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާގެ ކެރިއަރުގައި ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށެވެ. އެހެންވެ ބާސެލޯނާ އާއެކު ފަށާ ދަތުރަށް ތައްޔާރަށް ހުރި ކަމަށް ގޯޑަން ވަނީ ބުނެފަ އެވެ.

ގޯޑަން ހޯދުމަށްޓަކައި ބާސެލޯނާ އިން އެންމެ ފުރަތަމަ ދެއްކީ 70 މިލިއަން ޔޫރޯ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ބާސެލޯނާގައި ގޯޑަން ދައްކާ ކުޅުމާއި، އެ ކުލަބުގައި އޭނާ ހޯދާ ކާމިޔާބީ ތަކަށް ބެލުމަށް ފަހު އިތުރު 10 މިލިއަން ޔޫރޯ ދައްކާނެ ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން ބާސެލޯނާ އިން ގޯޑަން ހޯދުމަށް ޖުމުލަ 80 މިލިއަން ޔޫރޯ ޚަރަދު ކުރާނެ އެވެ. ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މިއީ މި ފަހުން ކުޅުންތެރިޔަކު ހޯދުމަށް ބާސެލޯނާ އިން ކުރާ އެންމެ ބޮޑު ހޭދަ އެވެ.

ނިއުކާސަލް އާއެކު ހޭދަ ކުރި ހަތަރު ސީޒަންގެ ތެރޭގައި ގޯޑަން ވަނީ އެ ކުލަބަށް ކުޅެދިން 152 މެޗުގައި 39 ލަނޑު ޖަހައިފަ އެވެ. ނިއުކާސަލް އާއެކު އޭނާ ވަނީ ކަރަބޯ ކަޕެއް ވެސް ކާމިޔާބު ކޮށްފަ އެވެ. ބާސެލޯނާ އިން ގޯޑަން ގެނެސްފައިވާއިރު، އޭނާ ހޯދުމަށް ޔޫރަޕުގެ ބައެއް އެހެން ކުލަބު ތަކުން ވެސް ޝަޤުވެރިކަން ގެންގުޅުނު ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފަ އެވެ. 

ބާސެލޯނާއެންތަނީ ގޯޑަން

ކޮމެންޓް

އިތުރަށް ކިޔާލަން

ބާސެލޯނާ އިން ގޯޑަން ހޯދުމުގެ ޑީލް ކާމިޔާބު ކޮށްފި

ބާސެލޯނާ އިން ގޯޑަން ހޯދުމުގެ ޑީލް ކާމިޔާބު ކޮށްފި

28 މެއި 2026
ލެވަންޑޯސްކީގެ ފަހު މެޗުގައި ލަނޑު ޖެހި ނަމަވެސް، ބާސެލޯނާ ބަލިވެއްޖެ

ލެވަންޑޯސްކީގެ ފަހު މެޗުގައި ލަނޑު ޖެހި ނަމަވެސް، ބާސެލޯނާ ބަލިވެއްޖެ

24 މެއި 2026
ލެވަންޑޯސްކީ ނެތް ތަން ފޫބައްދަން އުނދަގޫ ވާނެ: ފްލިކް

ލެވަންޑޯސްކީ ނެތް ތަން ފޫބައްދަން އުނދަގޫ ވާނެ: ފްލިކް

19 މެއި 2026
ބެޓިސް އަތުން މޮޅުވެ، ޗެމްޕިއަން ބާސެލޯނާ އަށް ރެކޯޑެއް

ބެޓިސް އަތުން މޮޅުވެ، ޗެމްޕިއަން ބާސެލޯނާ އަށް ރެކޯޑެއް

18 މެއި 2026
އެއްބަސްވުން ހަމަވުމުން ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ނިންމައިފި

އެއްބަސްވުން ހަމަވުމުން ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ނިންމައިފި

17 މެއި 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު