Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާ އިން ފުރުސަތު އެބަ އޮތް، ގޮތް ނިންމާނީ އެންމެ ރަނގަޅު ކުލަބެއް ބެލުމަށް ފަހު: ސިލްވާ

މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސިލްވާ ބުނީ، ބާސެލޯނާ އަކީ އޭނާ އަށް އޮތް ފުރުސަތެއް ކަމަށް. ނަމަވެސް، އަންނަ ސީޒަންގައި ފެންނާނެ ކުލަބަކާ މެދު މިހާތަނަށް ވަކި ނިންމުމެއް ނިންމާފައި ނުވާނެ ކަމަށް ސިލްވާ ބުނި. ސިލްވާ ބުނީ އޭނާ ހޯދުމަށް ގިނަ ކުލަބު ތަކަކުން މަސައްކަތް ކުރަމުން އަންނައިރު، ކޮންމެ ކުލަބަކަށް ވެސް އޭނާ އިޙުތިރާމް ކުރާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖޫން 2026 | އާދީއްތަ 03:31
ސިޓީ ދޫކޮށްލަން ނިންމާފައިވާ ޕޯޗުގަލްގެ ބެނާޑޯ ސިލްވާ.

ސިޓީ ދޫކޮށްލަން ނިންމާފައިވާ ޕޯޗުގަލްގެ ބެނާޑޯ ސިލްވާ. | ރޮއިޓާސް

ސްޕެއިންގެ ބާސެލޯނާ އިން ފުރުސަތު އެބަ އޮތް ކަމަށާއި، ނަމަވެސް އޭނާ ދެން ބަދަލު ވާނެ ކުލަބެއް ނިންމާނީ އެންމެ ރަނގަޅު ކުލަބެއް ބެލުމަށް ފަހު ކަމަށް ޕޯޗުގަލްގެ ބެނާޑޯ ސިލްވާ ބުނެފި އެވެ. 

އުމުރުން 31 އަހަރުގެ ސިލްވާ ވަނީ ސިޓީ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުން ހަމަވުމާ އެކު، އެ ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ސީޒަންގައި އޭނާ ފެނިގެން ދާނީ އެހެން ކުލަބަކުންނެވެ. ސިލްވާ ހޯދުމަށް ގިނަ ކުލަބު ތަކަކުން މަސައްކަތް ކުރަމުން އަންނައިރު، އޭގެ ތެރޭގައި ބާސެލޯނާ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސިލްވާ ބުނީ، ބާސެލޯނާ އަކީ އޭނާ އަށް އޮތް ފުރުސަތެއް ކަމަށެވެ. ނަމަވެސް، އަންނަ ސީޒަންގައި ފެންނާނެ ކުލަބަކާ މެދު މިހާތަނަށް ވަކި ނިންމުމެއް ނިންމާފައި ނުވާނެ ކަމަށް ސިލްވާ ބުންޏެވެ. ސިލްވާ ބުނީ އޭނާ ހޯދުމަށް ގިނަ ކުލަބު ތަކަކުން މަސައްކަތް ކުރަމުން އަންނައިރު، ކޮންމެ ކުލަބަކަށް ވެސް އޭނާ އިޙުތިރާމް ކުރާ ކަމަށެވެ. 

މީގެ އިތުރުން ސިލްވާ ބުނީ ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި އޭނާ ބަދަލު ވާނެ ކުލަބެއް ނިންމާނެ ކަމަށެވެ. އެގޮތުން އޭނާ އެންމެ ބޮޑަށް ބަލާނީ، އެ ކުލަބަކުން އެންމެ ބޮޑަށް އޭނާ ބޭނުންވާ ކުލަބު ކަމަށާއި، އެ ކުލަބަކުން އޭނާ އަށް އެންމެ ބޮޑު ލޯތްބެއް ލިބޭނީ ކޮން ކުލަބެއްތޯ ކަމަށް ސިލްވާ ވަނީ ބުނެފައި އެވެ. އެކަން ފާހަގަކޮށް ސިލްވާ ބުނީ، ކޮންމެ ކުޅުންތެރިޔަކަށް ވެސް އެ ކުލަބަކުން ލިބޭ ލޯތްބާއި، ޤަދަރު އަދި އިޙުތިރާމް އަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. 

މީގެ ކުރިން ވެސް ބާސެލޯނާ އިން ސިލްވާ ހޯދުމަށް މަސައްކަތް ކުރިއިރު، އޭނާ އެ ކުލަބަށް ބަދަލުވާން އުޅޭ ކަމުގެ އަޑު ތަކެއް ވެސް އޮތީ ފެތުރިފައި އެވެ. ނަމަވެސް ސިލްވާ ވަނީ އެ ފަހަރު ސިޓީގައި މަޑު ކުރަން ނިންމައިފަ އެވެ. މިފަހަރު ސިލްވާ ހޯދުމަށް ބާސެލޯނާ އިން މަސައްކަތް ކުރަމުން އަންނައިރު، ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބު ތަކުން ވެސް އޭނާ އަށް ޝައުޤުވެރިކަން ފާޅު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

މިވަގުތު ސިލްވާ އަންނަނީ ޕޯޗުގަލްގެ ޤައުމީ ޓީމާ އެކު، އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ފަށާ ފީފާ ވޯލްޑް ކަޕަށް ތައްޔާރު ވަމުންނެވެ. އެހެންކަމުން، ސިލްވާގެ މުސްތަޤުބަލާ މެދު އޭނާ ނިންމާ ނިންމުމެއް ހާމަ ކުރާނީ ވޯލްޑް ކަޕަށް ފަހު ކަމަށް ބެލެވެ އެވެ.

މެންޗެސްޓަރ ސިޓީބާސެލޯނާބެނާޑޯ ސިލްވާ

އިތުރަށް ކިޔާލަން

02 ޖޫން 2026

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި

02 ޖޫން 2026
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި
30 މެއި 2026

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ގޯޑަން ބާސެލޯނާ އަށް ބަދަލުވެއްޖެ

30 މެއި 2026
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ގޯޑަން ބާސެލޯނާ އަށް ބަދަލުވެއްޖެ
28 މެއި 2026

ބާސެލޯނާ އިން ގޯޑަން ހޯދުމުގެ ޑީލް ކާމިޔާބު ކޮށްފި

28 މެއި 2026
ބާސެލޯނާ އިން ގޯޑަން ހޯދުމުގެ ޑީލް ކާމިޔާބު ކޮށްފި
26 މެއި 2026

10 އަހަރަށް ފަހު ގާޑިއޯލާ ސިޓީއާ ދުރަށް، އޭނާ ބުނީ މިއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް!

26 މެއި 2026
10 އަހަރަށް ފަހު ގާޑިއޯލާ ސިޓީއާ ދުރަށް، އޭނާ ބުނީ މިއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް!
24 މެއި 2026

ލެވަންޑޯސްކީގެ ފަހު މެޗުގައި ލަނޑު ޖެހި ނަމަވެސް، ބާސެލޯނާ ބަލިވެއްޖެ

24 މެއި 2026
ލެވަންޑޯސްކީގެ ފަހު މެޗުގައި ލަނޑު ޖެހި ނަމަވެސް، ބާސެލޯނާ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު