Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާ އިން ގޯޑަން ހޯދުމުގެ ޑީލް ކާމިޔާބު ކޮށްފި

28 މެއި 2026 | ބުރާސްފަތި 07:59

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ބާސެލޯނާ އާއެކު ގޯޑަން ސޮއި ކުރާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި. އެހެންކަމުން 2031 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ބާސެލޯނާގައި ހުންނާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މެއި 2026 | ބުރާސްފަތި 07:59
ނިއުކާސަލް އަށް ކުޅެމުން އައި އެންތަނީ ގޯޑަން.

ނިއުކާސަލް އަށް ކުޅެމުން އައި އެންތަނީ ގޯޑަން. | ރޮއިޓާސް

ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވަރޑް އެންތަނީ ގޯޑަން ހޯދުމުގެ ޑީލް ސްޕެއިންގެ ބާސެލޯނާ އިން ކާމިޔާބު ކޮށްފި އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ހޯދުމަށް ބާސެލޯނާ އިން ހުށަހެޅި ރަސްމީ ބިޑު، ނިއުކާސަލްގެ ބޯޑުން ވަނީ ޤަބޫލު ކޮށްފަ އެވެ. މީގެ އިތުރުން ނިއުކާސަލްގެ އޯނަރުން ވެސް މި ހުށަހެޅުން ޤަބޫލު ކޮށްފައިވާ ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފަ އެވެ. 

ގޯޑަން ހޯދުމަށްޓަކައި ބާސެލޯނާ އިން އެންމެ ފުރަތަމަ ދައްކާނީ 70 މިލިއަން ޔޫރޯ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ބާސެލޯނާގައި ގޯޑަން ދައްކާ ކުޅުމާއި، އެ ކުލަބުގައި އޭނާ ހޯދާ ކާމިޔާބީ ތަކަށް ބެލުމަށް ފަހު އިތުރު 10 މިލިއަން ޔޫރޯ ދައްކާނެ ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން ބާސެލޯނާ އިން ގޯޑަން ހޯދުމަށް ޖުމުލަ 80 މިލިއަން ޔޫރޯ ޚަރަދު ކުރާނެ ކަމަށް ބުނެފައިވެ އެވެ. 

ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މިއީ މި ފަހުން ކުޅުންތެރިޔަކު ހޯދުމަށް ބާސެލޯނާ އިން ކުރާ އެންމެ ބޮޑު ހޭދަ އެވެ. ބާސެލޯނާގެ ޑީލް ފުރިހަމަ ކުރުމަށްޓަކައި ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ގޯޑަން ބާސެލޯނާ އަށް ދަތުރު ކުރާނެ އެވެ. އަދި ބާސެލޯނާގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން މެޑިކަލް ޓެސްޓުތައް ފުރިހަމަ ކުރުމަށް ފަހު، ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް ރިޕޯޓު ތަކުގައި ބުނެފަ އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ބާސެލޯނާ އާއެކު ގޯޑަން ސޮއި ކުރާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން 2031 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ބާސެލޯނާގައި ހުންނާނެ އެވެ. ގޯޑަން ވަނީ އެންމެ ފަހުން 2024 ވަނަ އަހަރު ނިއުކާސަލްގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ ވެސް 2030 ވަނަ އަހަރު އެވެ. ނަމަވެސް، ބާސެލޯނާގެ ހުށަހެޅުމާ އެކު ގޯޑަން ވަނީ އެ ކުލަބަށް ބަދަލުވާން ނިންމައިފަ އެވެ. 

ނިއުކާސަލް އާއެކު ހޭދަ ކުރި ހަތަރު ސީޒަންގެ ތެރޭގައި ގޯޑަން ވަނީ އެ ކުލަބަށް ކުޅެދިން 152 މެޗުގައި 39 ލަނޑު ޖަހައިފަ އެވެ. ނިއުކާސަލް އާއެކު އޭނާ ވަނީ ކަރަބޯ ކަޕެއް ވެސް ކާމިޔާބު ކޮށްފަ އެވެ. ބާސެލޯނާ އިން ގޯޑަން ހޯދުމުގެ ޑީލް ކާމިޔާބު ކޮށްފައިވާއިރު، އޭނާ ހޯދުމަށް ޔޫރަޕުގެ ބައެއް އެހެން ކުލަބު ތަކުން ވެސް ޝަޤުވެރިކަން ގެންގުޅުނު ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފަ އެވެ. 

ބާސެލޯނާނިއުކާސަލް ޔުނައިޓެޑްއެންތަނީ ގޯޑަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

24 މެއި 2026

ލެވަންޑޯސްކީގެ ފަހު މެޗުގައި ލަނޑު ޖެހި ނަމަވެސް، ބާސެލޯނާ ބަލިވެއްޖެ

24 މެއި 2026
ލެވަންޑޯސްކީގެ ފަހު މެޗުގައި ލަނޑު ޖެހި ނަމަވެސް، ބާސެލޯނާ ބަލިވެއްޖެ
19 މެއި 2026

ލެވަންޑޯސްކީ ނެތް ތަން ފޫބައްދަން އުނދަގޫ ވާނެ: ފްލިކް

19 މެއި 2026
ލެވަންޑޯސްކީ ނެތް ތަން ފޫބައްދަން އުނދަގޫ ވާނެ: ފްލިކް
18 މެއި 2026

ބެޓިސް އަތުން މޮޅުވެ، ޗެމްޕިއަން ބާސެލޯނާ އަށް ރެކޯޑެއް

18 މެއި 2026
ބެޓިސް އަތުން މޮޅުވެ، ޗެމްޕިއަން ބާސެލޯނާ އަށް ރެކޯޑެއް
17 މެއި 2026

އެއްބަސްވުން ހަމަވުމުން ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ނިންމައިފި

17 މެއި 2026
އެއްބަސްވުން ހަމަވުމުން ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ނިންމައިފި
14 މެއި 2026

ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ

14 މެއި 2026
ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ
13 މެއި 2026

މިހުރީ އުފަލުން، އެއްބަސްވުން އައު ކުރާނަން: ފްލިކް

13 މެއި 2026
މިހުރީ އުފަލުން، އެއްބަސްވުން އައު ކުރާނަން: ފްލިކް
12 މެއި 2026

މުސްތަޤުބަލަށް ވާނެ ގޮތެއް ނޭނގޭ، ލެވަންޑޯސްކީގެ ޝުކުރު ބާސެލޯނާގެ ސަޕޯޓަރުންނަށް

12 މެއި 2026
މުސްތަޤުބަލަށް ވާނެ ގޮތެއް ނޭނގޭ، ލެވަންޑޯސްކީގެ ޝުކުރު ބާސެލޯނާގެ ސަޕޯޓަރުންނަށް
12 މެއި 2026

ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އޯގާތެރިކަމުން ފްލިކް އަށް ކުރެވުނީ ތަފާތު އިޙުސާސެއް

12 މެއި 2026
ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އޯގާތެރިކަމުން ފްލިކް އަށް ކުރެވުނީ ތަފާތު އިޙުސާސެއް
11 މެއި 2026

ރަފީނިއާ އަށް އޭނާގެ މުސްތަޤުބަލު ފެންނަނީ ބާސެލޯނާގައި

11 މެއި 2026
ރަފީނިއާ އަށް އޭނާގެ މުސްތަޤުބަލު ފެންނަނީ ބާސެލޯނާގައި
11 މެއި 2026

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި

11 މެއި 2026
ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް