Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ލެވަންޑޯސްކީގެ ފަހު މެޗުގައި ލަނޑު ޖެހި ނަމަވެސް، ބާސެލޯނާ ބަލިވެއްޖެ

24 މެއި 2026 | އާދީއްތަ 05:42

މި ސީޒަންގެ ސްްޕެނިޝް ލީގުގައި ބާސެލޯނާ އިން 38 މެޗު ކުޅެފައިވާއިރު، ހަ މެޗުން މި ވަނީ ބަލިވެފައި. އެއް މެޗު އެއްވަރުވެފައިވާއިރު، 31 މެޗުން ވަނީ މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 މެއި 2026 | އާދީއްތަ 05:42
ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ލެވަންޑޯސްކީ.

ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ލެވަންޑޯސްކީ. | ރޮއިޓާސް

ސްޕެނިޝް ލީގުގެ ފަހު މެޗުގައި ވެލެންސިއާއާ ދެކޮޅަށް ކުޅެ ބާސެލޯނާ ބަލިވިއިރު، ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ފަހު މެޗުގައި ލަނޑު ޖަހައިފި އެވެ.

ވެލެންސިއާގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗުގައި އެ ޓީމުން ވަނީ 3-1 އިން ބާސެލޯނާ ބަލިކޮށްފަ އެވެ. މެޗުގައި ބާސެލޯނާ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ވެލެންސިއާ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. އެ މެޗުގެ ކުރިން ބާސެލޯނާ އިން ވަނީ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގެ 61 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ. މިއީ މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ ލެވަންޑޯސްކީ އެ ޓީމަށް ކުޅެދިން އެންމެ ފަހު މެޗެވެ. ބާސެލޯނާގެ އެއްބަސްވުން ހަމަވުމުން، ލެވަންޑޯސްކީ އެ ކުލަބު ދޫކޮށްލާނެ އެވެ.

ބާސެލޯނާ އިން ލީޑު ނެގިތާ ފަސް މިނެޓު ފަހުން ވެލެންސިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހަވީ ގުއެރާ އެވެ. އޭގެ ފަހުން 71 ވަނަ މިނެޓުގައި ލުއިސް ރިއޯޖާ ވަނީ ވެލެންސިއާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އަދި މެޗުގައި ވެލެންސިއާގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ގުއިޑޯ ރޮޑްރިގޭޒް އެވެ.

މި ސީޒަންގެ ސްްޕެނިޝް ލީގުގައި ބާސެލޯނާ އިން 38 މެޗު ކުޅެފައިވާއިރު، ހަ މެޗުން މި ވަނީ ބަލިވެފަ އެވެ. އެއް މެޗު އެއްވަރުވެފައިވާއިރު، 31 މެޗުން ވަނީ މޮޅުވެފަ އެވެ. އެއް ވަނައިގައި ބާސެލޯނާ އޮތީ 94 ޕޮއިންޓާ އެކު އެވެ.

ސްޕެނިޝް ލީގުބާސެލޯނާރޮބަރޓް ލެވަންޑޯސްކީ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

19 މެއި 2026

ލެވަންޑޯސްކީ ނެތް ތަން ފޫބައްދަން އުނދަގޫ ވާނެ: ފްލިކް

19 މެއި 2026
ލެވަންޑޯސްކީ ނެތް ތަން ފޫބައްދަން އުނދަގޫ ވާނެ: ފްލިކް
18 މެއި 2026

ބެޓިސް އަތުން މޮޅުވެ، ޗެމްޕިއަން ބާސެލޯނާ އަށް ރެކޯޑެއް

18 މެއި 2026
ބެޓިސް އަތުން މޮޅުވެ، ޗެމްޕިއަން ބާސެލޯނާ އަށް ރެކޯޑެއް
17 މެއި 2026

އެއްބަސްވުން ހަމަވުމުން ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ނިންމައިފި

17 މެއި 2026
އެއްބަސްވުން ހަމަވުމުން ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ނިންމައިފި
14 މެއި 2026

ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ

14 މެއި 2026
ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ
13 މެއި 2026

މިހުރީ އުފަލުން، އެއްބަސްވުން އައު ކުރާނަން: ފްލިކް

13 މެއި 2026
މިހުރީ އުފަލުން، އެއްބަސްވުން އައު ކުރާނަން: ފްލިކް
12 މެއި 2026

މުސްތަޤުބަލަށް ވާނެ ގޮތެއް ނޭނގޭ، ލެވަންޑޯސްކީގެ ޝުކުރު ބާސެލޯނާގެ ސަޕޯޓަރުންނަށް

12 މެއި 2026
މުސްތަޤުބަލަށް ވާނެ ގޮތެއް ނޭނގޭ، ލެވަންޑޯސްކީގެ ޝުކުރު ބާސެލޯނާގެ ސަޕޯޓަރުންނަށް
12 މެއި 2026

ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އޯގާތެރިކަމުން ފްލިކް އަށް ކުރެވުނީ ތަފާތު އިޙުސާސެއް

12 މެއި 2026
ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އޯގާތެރިކަމުން ފްލިކް އަށް ކުރެވުނީ ތަފާތު އިޙުސާސެއް
11 މެއި 2026

ރަފީނިއާ އަށް އޭނާގެ މުސްތަޤުބަލު ފެންނަނީ ބާސެލޯނާގައި

11 މެއި 2026
ރަފީނިއާ އަށް އޭނާގެ މުސްތަޤުބަލު ފެންނަނީ ބާސެލޯނާގައި
11 މެއި 2026

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި

11 މެއި 2026
ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި
09 މެއި 2026

ބާސެލޯނާގެ އެއްބަސްވުން އައު ކުރާނެ ކަމަށް ފްލިކް އަންގައިފި

09 މެއި 2026
ބާސެލޯނާގެ އެއްބަސްވުން އައު ކުރާނެ ކަމަށް ފްލިކް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް