Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

އެއްބަސްވުން ހަމަވުމުން ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ނިންމައިފި

ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާކަން އިއުލާާން ކުރަމުން ލެވަންޑޯސްކީ ބުނީ، ހަތަރު އަހަރު ދުވަހުގެ ބުރަ މަސައްކަތާއި، އެތައް ގޮން ޖެހުން ތަކަށް ފަހު ބަދަލުވުމުގެ ވަގުތު ޖެހިފައިވާ ކަމަށް. ބާސެލޯނާ ދޫކޮށްލާއިރު، އޭނާ އަށް ކުރެވޭ އިޙުސާސް އަކީ "މިޝަން" ކާމިިޔާބުވެފައިވާ ކަމުގެ އިޙުސާސް ކަަމަށް ވެސް ލެވަންޑޯސްކީ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 މެއި 2026 | އާދީއްތަ 01:39
ބާސެލޯނާ އަށް ކުޅެމުން އަންނަ ލެވަންޑޯސްކީ. މިހާރު އޭނާ ނިންމާފައި ވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ބާސެލޯނާ ދޫކޮށްލަން.

ބާސެލޯނާ އަށް ކުޅެމުން އަންނަ ލެވަންޑޯސްކީ. މިހާރު އޭނާ ނިންމާފައި ވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ބާސެލޯނާ ދޫކޮށްލަން. | ރޮއިޓާސް

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ.

އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށްލުމަށް ފަހު އޭނާ ބާސެލޯނާ އަށް ބަަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގެ މުއްދަތު ހަަމަވުމުން، ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާކަން ލެވަންޑޯސްކީ ވަނީ އިއުލާން ކޮށްފަ އެވެ.

ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާކަން އިއުލާާން ކުރަމުން ލެވަންޑޯސްކީ ބުނީ، ހަތަރު އަހަރު ދުވަހުގެ ބުރަ މަސައްކަތާއި، އެތައް ގޮން ޖެހުން ތަކަށް ފަހު ބަދަލުވުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ. ބާސެލޯނާ ދޫކޮށްލާއިރު، އޭނާ އަށް ކުރެވޭ އިޙުސާސް އަކީ "މިޝަން" ކާމިިޔާބުވެފައިވާ ކަމުގެ އިޙުސާސް ކަަމަށް ވެސް ލެވަންޑޯސްކީ ބުންޏެވެ.

ބާސެލޯނާގައި ހޭދަކުރި ހަތަރު ސީޒަންގެ ތެރޭގައި ތިން ފަހަރު ސްޕެނިޝް ލީގު ކާމިޔާބު ކުރެވިފައިވާ ކަމަށާއި، ބާސެލޯނާގެ ސަޕޯޓަރުންގެ ފަރާތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ލިބުނު ލޯތްބާއި ސަޕޯޓު ހަނދާން ނުނެތޭނެ ކަމަށް ލެވަންޑޯސްކީ ބުންޏެވެ. ލެވަންޑޯސްކީ ވަނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އޭނާ އަށް އެހީތެރިވި އެންމެހާ ފަރާތް ތަކަށް ޝުކުރު އަދާ ކޮށްފަ އެވެ. ބާސެލޯނާ އަކީ އޭނާގެ ކެރިއަރުގެ "މުޅިން ތަފާތު" ޗެޕްޓަރެއްކަން ފާހަގަކޮށް ލެވަންޑޯސްކީ ވަނީ، ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އަށް ޝުކުރު އަދާ ކޮށްފަ އެވެ.

ބާސެލޯނާގައި ހޭދަ ކުރި ހަތަރު އަހަރުގެ ތެރޭގައި ލެވަންޑޯސްކީ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 191 މެޗުގައި 119 ލަނޑު ޖަހައިފަ އެވެ. ބާސެލޯނާ އާއެކު އޭނާ ވަނީ ހަތް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ތިން ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، ސްޕެނިޝް ސުޕަ ކަޕް ތިން ފަހަރު އަދި ކޮޕާ ޑެލް ރޭ އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ. 

ބާސެލޯނާ ދޫކޮށްލަން ނިންމި ނަމަވެސް، ދެން އޭނާ ބަދަލުވާނެ ކުލަބެއް ލެވަންޑޯސްކީ ހާމަ ކޮށްފައި ނުވެ އެވެ. މީޑިއާ ތަކުގައި ބުނާ ގޮތުން ޔޫރަޕުގެ ކުލަބު ތަކުގެ އިތުރުން، ސައުދީ ޕްރޯ ލީގުގެ ކުލަބު ތަކުން ވެސް އަންނަނީ ލެވަންޑޯސްކީ އަށް ފާރަލަމުންނެވެ.

ބާސެލޯނާރޮބަރޓް ލެވަންޑޯސްކީ

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ

ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ

14 މެއި 2026
މިހުރީ އުފަލުން، އެއްބަސްވުން އައު ކުރާނަން: ފްލިކް

މިހުރީ އުފަލުން، އެއްބަސްވުން އައު ކުރާނަން: ފްލިކް

13 މެއި 2026
މުސްތަޤުބަލަށް ވާނެ ގޮތެއް ނޭނގޭ، ލެވަންޑޯސްކީގެ ޝުކުރު ބާސެލޯނާގެ ސަޕޯޓަރުންނަށް

މުސްތަޤުބަލަށް ވާނެ ގޮތެއް ނޭނގޭ، ލެވަންޑޯސްކީގެ ޝުކުރު ބާސެލޯނާގެ ސަޕޯޓަރުންނަށް

12 މެއި 2026
ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އޯގާތެރިކަމުން ފްލިކް އަށް ކުރެވުނީ ތަފާތު އިޙުސާސެއް

ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އޯގާތެރިކަމުން ފްލިކް އަށް ކުރެވުނީ ތަފާތު އިޙުސާސެއް

12 މެއި 2026
ރަފީނިއާ އަށް އޭނާގެ މުސްތަޤުބަލު ފެންނަނީ ބާސެލޯނާގައި

ރަފީނިއާ އަށް އޭނާގެ މުސްތަޤުބަލު ފެންނަނީ ބާސެލޯނާގައި

11 މެއި 2026

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު