Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެކުވެރި ދައުލަތް (އދ)

ޓްރަމްޕް ބޭނުންވަނީ އދ.ގެ ސެކްރެޓަރީ ޖެނަރަލަށް އިންފަންޓީނޯ ގެންނަވަން

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިންފަންޓީނޯ އައްޔަން ކުރުމަށްޓަކައި ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތާއީދު ބޭނުންވާނެ. މީގެ ތެރޭގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ފަސް ގައުމު ހިމެނޭއިރު، އެއަށް ފަހު އާންމު މަޖިލީހުން އެ ނިންމުން ފާސް ކުރަން ޖެހޭނެ. މި މަގާމަށް މިހާރު ކުރިމަތިލާފައިވާ ހަތް ކެންޑިޑޭޓުންނަކީ އެހާ ވަރުގަދަ ބައެއް ނޫން ކަމަށް ޓްރަމްޕްގެ ސަރުކާރުން ދެކޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖުލައި 2026 | ބުދަ 04:27
އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ރޮއިޓާސް

އދ.ގެ ކުރިއަށް އޮތް ދައުރުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންނަވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވާކަން ހާމަވެއްޖެ އެވެ. 

އދ.ގެ މިހާރުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި ހުންނެވި އެންޓޯނިއޯ ގުޓަރޭސްގެ ދައުރު މިއަހަރުގެ ޑިސެމްބަރު މަހު ހަމަވާއިރު، އެމެރިކާގެ ނިއު ޔޯކް ޕޯސްޓް އިން ބުނެފައި ވަނީ ޓްރަމްޕް ބޭނުން ވަނީ އެ މަގާމަށް އިންފަންޓީނޯ ގެންނަވާށެވެ. 

އުމުރުން 56 އަހަރުގެ އިންފަންޓީނޯއާ ޓްރަމްޕްއާ ދެމެދު ގާތް ގުޅުމެއް އުފެދުނީ މިއަހަރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕް އިންތިޒާމު ކުރުމުގެ ތެރެއިންނެވެ. މި ގުޅުމުގެ ތެރެއިން ފީފާ އިން އަލަށް ތައާރަފުކުރި "ޕީސް ޕްރައިޒް" ނުވަތަ ސުލްހައިގެ އިނާމު ވެސް މިދިޔަ ޑިސެމްބަރު މަހު ވަނީ ޓްރަމްޕް އަށް އަރުވާފައި އެވެ. ޓްރަމްޕްގެ އަރިސް މަސްދަރަކުން ބުނި ގޮތުގައި، އިންފަންޓީނޯ އަކީ މުޅި ދުނިޔޭގެ އިހުތިރާމް ލިބިފައިވާ، މީހުން އެއްބައިވަންތަ ކުރުމުގެ ހާއްސަ ގާބިލުކަމެއް ހުރި ބޭފުޅެއް ކަމަށް ޓްރަމްޕް ގަބޫލުފުޅު ކުރައްވަ އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިންފަންޓީނޯ އައްޔަންކުރުމަށްޓަކައި ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތާއީދު ބޭނުންވާނެ އެވެ. މީގެ ތެރޭގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ފަސް ގައުމު ހިމެނޭއިރު، އެއަށް ފަހު އާންމު މަޖިލީހުން އެ ނިންމުން ފާސް ކުރަން ޖެހޭނެ އެވެ. މި މަގާމަށް މިހާރު ކުރިމަތިލާފައިވާ ހަތް ކެންޑިޑޭޓުންނަކީ އެހާ ވަރުގަދަ ބައެއް ނޫން ކަމަށް ޓްރަމްޕްގެ ސަރުކާރުން ދެކެ އެވެ.

އޭގެ ތެރޭގައި ހިމެނޭ ޗިލީގެ ކުރީގެ ރައީސް މިޝޭލް ބެޗެލެޓް އަށް އެމެރިކާގެ ދެކޮޅުވެރިކަން އޮތްއިރު، އާޖެންޓީނާގެ ރަފައެލް ގްރޮސީ އަށް ފޯކްލޭންޑް އައިލެންޑްސްގެ މައްސަލައިގައި އިނގިރޭސިވިލާތުގެ ދެކޮޅުވެރިކަން ކުރިމަތިވެދާނެ ކަމަށް ބެލެވެ އެވެ.

ޓްރަމްޕްގެ މި ވިސްނުންފުޅުގެ ސަބަބުން، ލެޓިން އެމެރިކާ ނުވަތަ ކެރީބިއަން ސަރަހައްދުގެ ބޭފުޅަކަށް މިފަހަރު ފުރުސަތު ދިނުމަށް އޮތް ނުރަސްމީ އުސޫލަށް ބަދަލު އަންނާނެ އެވެ. ނަމަވެސް ޓްރަމްޕްގެ ގްލޯބަލް ޕާޓްނާޝިޕް އެންވޯއީ ޕައޮލޯ ޒަމްޕޮލީ ވިދާޅުވީ، އިންފަންޓީނޯ އަކީ 193 ގައުމު ހިމެނޭ އދ. ހިންގޭނެ ފަދަ ތަޖުރިބާކާރެއް ކަމަށެވެ. ފީފާގެ 200 އަށްވުރެ ގިނަ މެންބަރު ގައުމު އިންފަންޓީނޯ މެނޭޖުކުރައްވާ ގޮތުން އެކަން ސާބިތުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އދ. އިން ދުނިޔޭގެ ބޮޑެތި ހަމަނުޖެހުންތައް ހައްލު ކުރުމުގައި އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ މީގެ ކުރިން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ. އަދި އެމެރިކާގެ ވެރިކަމާ އަލުން ހަވާލުވެ ވަޑައިގަތުމަށް ފަހު އދ. އަށް އެމެރިކާ އިން ދޭ އެހީތައް ކަނޑާލައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް އެމެރިކާ ވަނީ ވަކިވެފައި އެވެ. އެހެންކަމުން އިންފަންޓީނޯ ފަދަ ބޭފުޅަކު އެ މަގާމަށް ވަޑައިގެންނެވުމަކީ އދ. އާއި ޓްރަމްޕްގެ ސަރުކާރާ ދެމެދު އޮތް ގުޅުން ރަނގަޅު ވެދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.

މި މަގާމަށް އިންފަންޓީނޯ ވަޑައިގެންފި ނަމަ، އޭނާގެ އާމްދަނީ އަށް ބޮޑު ބަދަލެއް އަންނާނެ އެވެ. ފީފާގެ ރައީސްގެ ގޮތުގައި އޭނާ އަށް އަހަރަކު ހަ މިލިއަން އެމެރިކާ ޑޮލަރު ލިބޭއިރު، އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރަ އަކީ އަހަރަކު ގާތް ގަނޑަކަށް 418،000 ޑޮލަރެވެ.

އިންފަންޓީނޯ ވަނީ ފީފާގެ ކުރިއަށް އޮތް ދައުރުގައި ވެސް ވާދަ ކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވައިފަ އެވެ. އދ.ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމާ ގުޅޭ ގޮތުން މިހާތަނަށް އިންފަންޓީނޯ ވަކި އެއްޗެއް ވިދާޅުވެފައި ނުވެ އެވެ. 

މަސްދަރު: ނިއު ޔޯކް ޕޯސްޓް

އދޖިއާނީ އިންފަންޓީނޯޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

21 ޖުލައި 2026

ޓްރަމްޕް: ދެން އޮތް ޓާގެޓަކީ އީރާނުގެ ޕިކްއޭކްސް ފަރުބަދައިގެ ފުނުގައި ހުރި ނިއުކްލިއަރ މަރުކަޒު، އެތަނަށް ވަރުގަދަ ހަމަލާތަކެއް ދޭނަން

21 ޖުލައި 2026
ޓްރަމްޕް: ދެން އޮތް ޓާގެޓަކީ އީރާނުގެ ޕިކްއޭކްސް ފަރުބަދައިގެ ފުނުގައި ހުރި ނިއުކްލިއަރ މަރުކަޒު، އެތަނަށް ވަރުގަދަ ހަމަލާތަކެއް ދޭނަން
21 ޖުލައި 2026

އީރާނު ހަނގުރާމަ އަކީ އެމެރިކާ ރައްޔިތުން ތާއީދުނުކުރާ، ނުރުހުންވާ ހަނގުރާމަ އެއް

21 ޖުލައި 2026
އީރާނު ހަނގުރާމަ އަކީ އެމެރިކާ ރައްޔިތުން ތާއީދުނުކުރާ، ނުރުހުންވާ ހަނގުރާމަ އެއް
21 ޖުލައި 2026

މަމްދާނީ ވިދާޅުވިޔަސް ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވައިފި

21 ޖުލައި 2026
މަމްދާނީ ވިދާޅުވިޔަސް ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވައިފި
21 ޖުލައި 2026

އީރާން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 100 މީހުންނަށް އަނިޔާވެެއްޖެ

21 ޖުލައި 2026
އީރާން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 100 މީހުންނަށް އަނިޔާވެެއްޖެ
21 ޖުލައި 2026

އީރާނަށް ޖެހިޖެހިގެން 10 ވަނަ ރޭ އެމެރިކާއިން ހަމަލާދީފި

21 ޖުލައި 2026
އީރާނަށް ޖެހިޖެހިގެން 10 ވަނަ ރޭ އެމެރިކާއިން ހަމަލާދީފި
20 ޖުލައި 2026

އައިއާރުޖީސީން "ޖާހިލު" ޓްރަމްޕް އަށް - ހަނގުރާމަ ކިތަންމެ އަހަރަކަށް ދިގުލާ ދިޔަޔަސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެމެރިކާގެ މުޖުރިމުންގެ ބޯމަތިން ވެހޭ ވަރަށް މިސައިލު ހުންނާނެ!

އީރާނާއި އެމެރިކާގެ ހަމަލާތައް ވަރުގަދަވަނީ، ކަނޑުއޮޅީގައި ހަމަނުޖެހުން، އާދިއްތަ ދުވަހުގެ ރެޔާއި ހޯމަދުވަހު ހެދުނު ހިނގީ ކޮންކަމެއް؟

20 ޖުލައި 2026
އީރާނާއި އެމެރިކާގެ ހަމަލާތައް ވަރުގަދަވަނީ، ކަނޑުއޮޅީގައި ހަމަނުޖެހުން، އާދިއްތަ ދުވަހުގެ ރެޔާއި ހޯމަދުވަހު ހެދުނު ހިނގީ ކޮންކަމެއް؟
19 ޖުލައި 2026

ޖީ7 ގެ ފަރުދާގެ ފަހަތް: ޓްރަމްޕްގެ ނުފޫޒާއި އަމަލުފުޅުތައް ހުންނަނީ ބައިނަލްއަޤުވާމީ ޕްރޮޓޮކޯލް އަށް ވުރެ މަތީގައި

19 ޖުލައި 2026
ޖީ7 ގެ ފަރުދާގެ ފަހަތް: ޓްރަމްޕްގެ ނުފޫޒާއި އަމަލުފުޅުތައް ހުންނަނީ ބައިނަލްއަޤުވާމީ ޕްރޮޓޮކޯލް އަށް ވުރެ މަތީގައި
19 ޖުލައި 2026

އީރާން ހަނގުރާމައިން އެމެރިކާ އަށް ނުކުމެވޭނެ ގޮތެއް ނެތް، ކުރިމަތިލީ ކެތްތެރި ހިތްވަރުގަދަ ދުޝްމަނަކާ!

19 ޖުލައި 2026
އީރާން ހަނގުރާމައިން އެމެރިކާ އަށް ނުކުމެވޭނެ ގޮތެއް ނެތް، ކުރިމަތިލީ ކެތްތެރި ހިތްވަރުގަދަ ދުޝްމަނަކާ!
19 ޖުލައި 2026

ފައިނަލުގައި އާޖެންޓިނާ ކުޅޭއިރު ލެޓިން އެމެރިކާގެ ގައުމުތަކުން އިދިކޮޅު ޓީމަށް ސަޕޯޓު ކުރަނީ ކީއްވެ؟

19 ޖުލައި 2026
ފައިނަލުގައި އާޖެންޓިނާ ކުޅޭއިރު ލެޓިން އެމެރިކާގެ ގައުމުތަކުން އިދިކޮޅު ޓީމަށް ސަޕޯޓު ކުރަނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު