Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕްގެ ތެރޭގައި ފުރައްސާރައާ ގުޅުން ހުރި ހަތް މިލިއަން މެސެޖު، ކުރީ އަހަރާ އަޅާ ބަލާއިރު 14 އިންސައްތަ އިތުރުވުމެއް!

ފީފާ އިން ހާމަކުރި ގޮތުގައި، ސޯޝަލް މީޑިއާގައި މީހުންނަށް ކުރި ފުރައްސާރައާ ގުޅިގެން 15،000 އަށް ވުރެ ގިނަ ޕޯސްޓު އިތުރަށް ތަހުގީގު ކުރުމަށް ވަނީ ފޮނުވާފައި. އަދި މީހުންގެ ފުރާނަ އަށް ނުރައްކާވާ ފަދަ ބޮޑެތި ބިރު ދެއްކުންތަކާ ގުޅޭ 1،000 އަށް ވުރެ ގިނަ މައްސަލަ، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، ކަމާ ބެހޭ ފަރާތްތަކަށް ވަނީ ހުށަހަޅާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2026 | އާދީއްތަ 10:02
މުބާރާތުގެ ސެމީ ފައިނަލްގައި އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރި މެޗުގެ ދަނޑުގައި ފީފާ ވޯލްޑް ކަޕްގެ ލޯގޯ

މުބާރާތުގެ ސެމީ ފައިނަލްގައި އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރި މެޗުގެ ދަނޑުގައި ފީފާ ވޯލްޑް ކަޕްގެ ލޯގޯ | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާގައި މީހުންނަށް އަމާޒުކޮށް ފޮނުވާފައިވާ ނޭދެވޭ އަދި ގެއްލުންދެނިވި މެސެޖުތަކާއި ކޮމެންޓުތަކުގެ އަދަދު 14 އިންސައްތަ އިތުރުވެފައިވާ ކަމަށް، ފީފާގެ ސޯޝަލް މީޑިއާ ޕްރޮޓެކްޝަން ސާވިސް (އެސްއެމްޕީއެސް) އިން ހާމަކޮށްފި އެވެ. 

އެސްއެމްޕީއެސް އިން ހާމަކޮށްފައިވާ ގޮތުގައި މި އަދަދަކީ 2022 ވަނަ އަހަރު ޤަތަރުގައި ބޭއްވި ވޯލްޑް ކަޕަށް ވުރެ 14 އިންސައްތަ އިތުރު އަދަދެކެވެ. ފީފާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިފަހަރުގެ މުބާރާތުގެ ތެރޭގައި ހަތް މިލިއަނަށް ވުރެ ގިނަ ނޭދެވޭ މެސެޖުތައް ދެނެގަނެ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަނީ ފޮހެލައިފަ އެވެ. 

މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްއާ އަޅާ ބަލާއިރު ބޮޑު އިތުރު ވުމެކެވެ. އެފަހަރުގެ މުބާރާތުގައި ރިޕޯޓު ކޮށްފައި ވަނީ މިފަދަ 470،000 (ހަތަރު ލައްކަ ހަތްދިހަ ހާސް) މެސެޖާއި ކޮމެންޓެވެ. މީގެ އިތުރުން، މީހުންނަށް ފުރައްސާރަކޮށް އަދި ބިރު ދެއްކުމުގެ ގޮތުން ކޮށްފައިވާ ޕޯސްޓުތަކާއި، ކޮމެންޓުތަކުގެ އަދަދު 200،000 (ދެ ލައްކަ) އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ފީފާ އިން ބުނެ އެވެ. ޤަތަރުގައި ކުރިއަށް ދިޔަ ވޯލްޑް ކަޕްގައި މިފަދަ މެސެޖުތަކުގެ އަދަދު ހުރީ 19،600 ގައި އެވެ. 

ފީފާ އިން ހާމަކުރި ގޮތުގައި، ސޯޝަލް މީޑިއާގައި މީހުންނަށް ކުރި ފުރައްސާރައާ ގުޅިގެން 15،000 އަށް ވުރެ ގިނަ ޕޯސްޓު އިތުރަށް ތަހުގީގު ކުރުމަށް ވަނީ ފޮނުވާފައި އެވެ. އަދި މީހުންގެ ފުރާނަ އަށް ނުރައްކާވާ ފަދަ ބޮޑެތި ބިރު ދެއްކުންތަކާ ގުޅޭ 1،000 އަށް ވުރެ ގިނަ މައްސަލަ، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، ކަމާ ބެހޭ ފަރާތްތަކަށް ވަނީ ހުށަހަޅާފައި އެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވި މި މުބާރާތުގެ ތެރޭގައި އެސްއެމްޕީއެސް އިން ވަނީ ޖުމްލަ 53 މިލިއަނަށް ވުރެ ގިނަ ޕޯސްޓާއި ކޮމެންޓު މޮޑަރޭޓްކޮށް ބަލާފައި އެވެ. މީގެ ތެރެއިން ވަކި ވަކި ފަރުދުންނަށް އަމާޒުކޮށް ފޮނުވާފައިވާ 530،000 (ފަސް ލައްކަ ތިރީސް ހާސް) އަށް ވުރެ ގިނަ މެސެޖު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ދެނެގަނެ، އެސްއެމްޕީއެސްގެ ޓީމުން ވަނީ އެ ތަކެތި ވަކި ވަކިން ދިރާސާ ކޮށްފައި އެވެ.

ފީފާގެ ސޯޝަލް މީޑިއާ ޕްރޮޓެކްޝަން ސާވިސް އަކީ ފީފާގެ މުބާރާތްތަކުގައި ބައިވެރިވާ ހުރިހާ ޓީމުތަކާއި، ކޯޗުންނާއި، ކުޅުންތެރިންގެ އިތުރުން އޮފިޝަލުންނަށް ސޯޝަލް މީޑިއާގައި ކުރިމަތިވާ ފުރައްސާރަ އާއި ނޭދެވޭ އަމަލުތަކުން ރައްކާތެރި ކޮށްދިނުމަށް ގާއިމު ކޮށްފައިވާ ޑިޖިޓަލް ނިޒާމެކެވެ. މި ނިޒާމުގެ ބޭނުމަކީ ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތް ތަކަށް އަމާޒުވާ ނަފްރަތުގެ ބަސްމަގާއި، ބިރު ދެއްކުންތައް ހުއްޓުވުމެވެ.

ފީފާ ވަރލްޑް ކަޕް 2026ފީފާ

އިތުރަށް ކިޔާލަން

19 ޖުލައި 2026

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ހާފް ޓައިމް އެންމެ ދިގު ލައިގެންދާނެ ފަހަރު!

19 ޖުލައި 2026
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ހާފް ޓައިމް އެންމެ ދިގު ލައިގެންދާނެ ފަހަރު!
19 ޖުލައި 2026

ފައިނަލްގެ ކުރިން ސްޕެއިންގެ ފަރިތަކުރުން ކެންސަލް

19 ޖުލައި 2026
ފައިނަލްގެ ކުރިން ސްޕެއިންގެ ފަރިތަކުރުން ކެންސަލް
19 ޖުލައި 2026

މެސީގެ ނުރައްކާތެރިކަން ބުނެދިނުމާ އެކު، ފުއެންޓޭ ބުނީ މެސީ "މޭން މާކް" ނުކުރާނެ ކަމަށް

19 ޖުލައި 2026
މެސީގެ ނުރައްކާތެރިކަން ބުނެދިނުމާ އެކު، ފުއެންޓޭ ބުނީ މެސީ "މޭން މާކް" ނުކުރާނެ ކަމަށް
19 ޖުލައި 2026

ފައިނަލްގެ ކުރިން ސްކަލޯނީ: މެސީ އަކީ ފުޓުބޯޅައިގެ ތާރީޚު، އޭނާ އަކީ ލެޖެންޑެއް!

19 ޖުލައި 2026
ފައިނަލްގެ ކުރިން ސްކަލޯނީ: މެސީ އަކީ ފުޓުބޯޅައިގެ ތާރީޚު، އޭނާ އަކީ ލެޖެންޑެއް!
19 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް: ސްޕެއިން އާއި އާޖެންޓީނާ ތާރީހީ ކުރިމަތިލުމަކަށް - މެޗު ބަލަން ފެށުމުގެ ކުރިން ކޮންމެހެން އެނގެންޖެހޭ މައުލޫމާތު

19 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް: ސްޕެއިން އާއި އާޖެންޓީނާ ތާރީހީ ކުރިމަތިލުމަކަށް - މެޗު ބަލަން ފެށުމުގެ ކުރިން ކޮންމެހެން އެނގެންޖެހޭ މައުލޫމާތު
19 ޖުލައި 2026

ފްރާންސް ބަލިކޮށް، އިންގްލެންޑަށް ވޯލްޑް ކަޕްގެ ތިން ވަނަ

19 ޖުލައި 2026
ފްރާންސް ބަލިކޮށް، އިންގްލެންޑަށް ވޯލްޑް ކަޕްގެ ތިން ވަނަ
17 ޖުލައި 2026

ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ފީފާއިން "އަނގޮޓި" ދެނީ

17 ޖުލައި 2026
ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ފީފާއިން "އަނގޮޓި" ދެނީ
17 ޖުލައި 2026

ޓްރަމްޕް އަށް އިންތިހާ އަށް ފާޑު ވިދާޅުވާ ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒް، ވޯލްޑް ކަޕް ފައިނަލަށް އެމެރިކާ އަށް ވަޑައިގަންނަވަނީ

17 ޖުލައި 2026
ޓްރަމްޕް އަށް އިންތިހާ އަށް ފާޑު ވިދާޅުވާ ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒް، ވޯލްޑް ކަޕް ފައިނަލަށް އެމެރިކާ އަށް ވަޑައިގަންނަވަނީ
17 ޖުލައި 2026

ވޯލްޑް ކަޕް: ތިންވަނަ ހޮވާ މެޗު އޮންނަނީ ކީއްވެ؟ - މެޗާ ބެހޭ ގޮތުން އެނގެން ޖެހޭ މުހިންމު މައުލޫމާތު

17 ޖުލައި 2026
ވޯލްޑް ކަޕް: ތިންވަނަ ހޮވާ މެޗު އޮންނަނީ ކީއްވެ؟ - މެޗާ ބެހޭ ގޮތުން އެނގެން ޖެހޭ މުހިންމު މައުލޫމާތު
17 ޖުލައި 2026

އަމިއްލަ ޤައުމުގައި ހުންނަވައިގެން މެޗު ބައްލަވަން ބޭނުންފުޅު ނުވާތީ، އާޖެންޓީނާގެ ރައީސް ފައިނަލް މެޗު ބައްލަވަން އެމެރިކާ އަށް ވަޑައިނުގަންނަވާނެ

17 ޖުލައި 2026
އަމިއްލަ ޤައުމުގައި ހުންނަވައިގެން މެޗު ބައްލަވަން ބޭނުންފުޅު ނުވާތީ، އާޖެންޓީނާގެ ރައީސް ފައިނަލް މެޗު ބައްލަވަން އެމެރިކާ އަށް ވަޑައިނުގަންނަވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު