Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯގެ މައްސަލަ އޯއައިސީ އަށް ހުށަހަޅަނީ

11 ޖުލައި 2026 | ހޮނިހިރު 06:33

ފެއާސްކުއާ ނަމަކަށް ކިޔާ މި ޖަމިއްޔާ އިން އިންފަންޓީނޯގެ މައްސަލަ ހުށަހަޅަން ނިންމާފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން ވަކި ފަރާތަކަށް ނުޖެހުމުގެ ޤަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނެ. އެ ޖަމިއްޔާ އިން ބުނެފައި ވަނީ ތަކުރާރުކޮށް އިންފަންޓީނޯ އެކަމާ ޚިލާފުވެފައިވާ ކަމަށާއި، އެހެންވެ އެ މައްސަލަ ހުށަހަޅަން ނިންމީ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖުލައި 2026 | ހޮނިހިރު 06:33
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ. | ރޮއިޓާސް

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މައްސަލަ، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އޯއައިސީ) އަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އިންސާނީ ހައްގު ތަކަށް މަސައްކަތް ކުރާ ޖަމިއްޔާ އަކުން ހާމަކޮށްފި އެވެ. 

ފެއާސްކުއާ ނަމަކަށް ކިޔާ މި ޖަމިއްޔާ އިން އިންފަންޓީނޯގެ މައްސަލަ ހުށަހަޅަން ނިންމާފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން ވަކި ފަރާތަކަށް ނުޖެހުމުގެ ޤަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ ޖަމިއްޔާ އިން ބުނެފައި ވަނީ ތަކުރާރުކޮށް އިންފަންޓީނޯ އެކަމާ ޚިލާފުވެފައިވާ ކަމަށާއި، އެހެންވެ އެ މައްސަލަ ހުށަހަޅަން ނިންމީ ކަމަށެވެ. 

އިންފަންޓީނޯ އަކީ 2020 ވަނަ އަހަރުން ފެށިގެން އޯއައިސީގެ މެމްބަރެކެވެ. 

ފެއާސްކުއާ އިން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފީފާގެ އެތިކްސް ކޮމެޓީ އަށް ހުށަހެޅި ޝަކުވާއެއްގައި ބުނެފައި ވަނީ، ޓްރަމްޕްގެ އަމަލުތަކާއި، ސިޔާސަތު ތަކަށް އެކި ފަހަރު މަތިން އިންފަންޓީނޯ ތާއީދު ކުރައްވާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ މިސާލުތައް ވެސް އެ ޖަމިއްޔާ އިން ވަނީ ޝަކުވާގައި ހިމަނައިފަ އެވެ. 

ހަމަ އެހެންމެ، ފީފާ އިން މުޅިން އަލަށް ސުލްޙައިގެ އިނާމެއް ތައާރަފުކޮށް، އެ އިނާމު ޓްރަމްޕް އަށް ދެއްވާފައިވާއިރު، އެކަމުގައި އިންފަންޓީނޯގެ ދައުރު ތަހުގީގު ކޮށްދިނުމަށް ވެސް ވަނީ އެދިފައި އެވެ. ފީފާ އިން ޓްރަމްޕް އަަށް އެރުވި ސުލްޙައިގެ އެވޯޑުގެ ސަބަބުން، އިންފަންޓީނޯ އަދި ފީފާ އަށް ގިނަ ފާޑު ކިޔުން ތަކެއް އަމާޒުވެގެން ދިޔަ އެވެ. 

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވި ރަސްމިއްޔާތުގެ ތެރެއިން.

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވި ރަސްމިއްޔާތުގެ ތެރެއިން. | ރޮއިޓާސް

ފެއާސްކުއާގެ ޝަކުވާފައި ބުނެފައި ވަނީ، ފީފާގެ އެތިކްސް ކޯޑުގެ 15 ވަނަ މާއްދާއާ އިންފަންޓީނޯ ޚިލާފުވެފައިވާ ކަމަށެވެ. އެ މާއްދާގައި ބުނެފައި ވަނީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހިގެން ނުވާނެ ކަމަށެވެ. މި ކޯޑުގެ ދަށުން، އެކަމާ ގުޅުންހުރި މީހުން ވަކި ފަރާތަކަށް ނުޖެހި ތިބުމަކީ މަޖުބޫރު ކޮށްފައިވާ ކަމެކެވެ. އެ ޤަވާއިދާ ޚިލާފު ވެއްޖެ ނަމަ، އެ ފަރާތެއް އެންމެ މަދުވެގެން 10،000 ސްވިސް ފްރޭންކް، ނުވަތަ 12،000 އެމެރިކާ ޑޮލަަރުން ޖޫރިމަނާ ކުރުމާާ އެކު، ފުޓުބޯޅައާ ގުޅުން ހުރި ހުރިހާ ހަރަކާތަކުން ދެ އަހަރު ވަންދެން މަނާ ކުރެވޭނެ އެވެ. 

އައިއޯސީގެ ރައީސް ކާސްޓީ ކޮވެންޓްރީ އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ، އެތިކްސް ކޮމެޓީ އަށް އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، އެ ކޮމެޓީ އަށް އެއްވެސް ކަހަލަ ޝަކުވާއެއް ލިބިއްޖެ ނަމަ، އެކަން ބަލާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

ފީފާގެ އިންވެސްޓިގޭޓަރީ ޗެމްބަރުގެ އިދާރާ އިން ޑިސެމްބަރު މަހު ޝަކުވާ ލިބިފައިވާ ކަަމަށް އެއްބަސްވެފައިވާއިރު، ތަހުގީގު ފަށާފައިވާ ކަމުގެ އެއްވެސް އިޝާރާތެއް ދީފައި ނުވާ ކަމަށް ފެއާސްކުއާ އިން ބުނެފައިވެ އެވެ. 

ފެއާސްކުއާ އިން ވަނީ ވޯލްޑް ކަޕްގެ ފެށުމުގެ ހަފުތާއެއް ކުރިން ފީފާ އަށް ސީރިއަސް އިސްލާޙު ތަކެއް ގެންނަން ޖެހޭ ކަމަށް ގޮވާލައި، ޚާއްސަ ކެމްޕެއިނެއް ވެސް ފަށައިފަ އެވެ. 

ފީފާފީފާ ވަރލްޑް ކަޕް 2026ޖިއާނީ އިންފަންޓީނޯއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްފެއާސްކުއާ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

11 ޖުލައި 2026

ފަހު ވަގުތު ބެލްޖިއަމް ބަލިކޮށް، ސްޕެއިން ސެމީ ފައިނަލް އަށް

11 ޖުލައި 2026
ފަހު ވަގުތު ބެލްޖިއަމް ބަލިކޮށް، ސްޕެއިން ސެމީ ފައިނަލް އަށް
09 ޖުލައި 2026

ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް

09 ޖުލައި 2026
ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް
09 ޖުލައި 2026

އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް

09 ޖުލައި 2026
އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް
09 ޖުލައި 2026

ވަގުތު ބޭކާރު ކުރެވޭކަށް ނެތް، މޮރޮކޯ އިން ބޭނުން ވަނީ ވޯލްޑް ކަޕްގެ ތަށި: އުއާބީ

09 ޖުލައި 2026
ވަގުތު ބޭކާރު ކުރެވޭކަށް ނެތް، މޮރޮކޯ އިން ބޭނުން ވަނީ ވޯލްޑް ކަޕްގެ ތަށި: އުއާބީ
08 ޖުލައި 2026

ފީފާ އިން އާޖެންޓީނާއަށް ބުރަވީތަ؟

08 ޖުލައި 2026
ފީފާ އިން އާޖެންޓީނާއަށް ބުރަވީތަ؟
08 ޖުލައި 2026

އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީގެ ޝަކުވާާ މިޞްރުން ހުށަހަޅައިފި

08 ޖުލައި 2026
އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީގެ ޝަކުވާާ މިޞްރުން ހުށަހަޅައިފި
08 ޖުލައި 2026

އުމުރުން 39 އަހަރުގައި މެސީ ދައްކާ ކުޅުމާއި ހިތްވަރަށް ސްކަލޯނީގެ ތައުރީފު!

08 ޖުލައި 2026
އުމުރުން 39 އަހަރުގައި މެސީ ދައްކާ ކުޅުމާއި ހިތްވަރަށް ސްކަލޯނީގެ ތައުރީފު!
08 ޖުލައި 2026

ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯ އިސްތިއުފާ ދިނުމަށް ގޮވާލާ އަޑު ގަދަވަނީ!

08 ޖުލައި 2026
ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯ އިސްތިއުފާ ދިނުމަށް ގޮވާލާ އަޑު ގަދަވަނީ!
08 ޖުލައި 2026

މިޞްރު ބޭރުކޮށްލީ ބޭއިންސާފުން، ފީފާ އިން ބޭނުން ވަނީ މެސީ ހުންނަން: މިޞްރުގެ ކޯޗު

08 ޖުލައި 2026
މިޞްރު ބޭރުކޮށްލީ ބޭއިންސާފުން، ފީފާ އިން ބޭނުން ވަނީ މެސީ ހުންނަން: މިޞްރުގެ ކޯޗު
08 ޖުލައި 2026

މިޞްރު އަތުން ލިބުނު މޮޅާ އެކު، ސްކަލޯނީގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ!

08 ޖުލައި 2026
މިޞްރު އަތުން ލިބުނު މޮޅާ އެކު، ސްކަލޯނީގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް