Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން ހަނގުރާމަ ނިމޭނެ ގޮތުގެ އެއްވެސް ޖަވާބެއް ނެތް

އީރާނާއެކު ކުރާ ހަނގުރާމައަށް ބޭނުންވާ ބަޖެޓާ ގުޅޭގޮތުން އެމެރިކާގެ ސެނެޓުގައި ބޭއްވި އަޑުއެހުމުގައި، ހަނގުރާމަ ނިމޭނެ ދުވަހެއް ނޭނގޭތީ އާއި ސަރުކާރުގެ މެސެޖުތައް ނުސާފުވުމުން މެންބަރުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފި. ހަނގުރާމައިގެ ޚަރަދުތައް ބޮޑުވެ ސިފައިން މަރުވަމުންދާއިރު، މިއީ އިގްތިސާދީ ގޮތުން ރައްޔިތުންނަށް އުފުލަންޖެހޭ ބޮޑު ތަކުލީފެއްކަން ޑިމޮކްރެޓުން ވަނީ ފާހަގަކޮށްފައި.

ރާއްޖެ އެމްވީ | 22 ޖުލައި 2026 | ބުދަ 07:24
އެމެރިކާއިން ދިން ހަމަލާއެއްގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ، އީރާނުގެ ބަންދަރު އައްބާސް އާއި ރޫދާން ސަރަހައްދު ގުޅުވައިދޭ ފާލަން، އެ ގައުމުގެ ހުރްމުޒްގާން ޕްރޮވިންސުން ފެންނަ މަންޒަރު

އެމެރިކާއިން ދިން ހަމަލާއެއްގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ، އީރާނުގެ ބަންދަރު އައްބާސް އާއި ރޫދާން ސަރަހައްދު ގުޅުވައިދޭ ފާލަން، އެ ގައުމުގެ ހުރްމުޒްގާން ޕްރޮވިންސުން ފެންނަ މަންޒަރު | ގެޓީ އިމޭޖަސް

"އަޅުގަނޑުމެން ބޭނުންވަނީ ސާފު ސީދާ ޖަވާބުތަކަކާއި ތެދުވެރި ވާހަކަތަކެއް."

ކެޕިޓަލް ހިލްގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި، ރިޕަބްލިކަން ސެނެޓަރ ޖޯން ކެނެޑީ އާންމުކޮށް ވާހަކަދައްކަވާ މަޑުމައިތިރި ގޮތް ދޫކޮށްލައްވައި، ސާފު ބަހުން ވާހަކަދައްކަވަމުން ވިދާޅުވި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ފެއްޓެވި މި ހަނގުރާމަ ދެމިގެންދާނީ ކިހާ ދުވަހަކަށް ކަމާއި، މީގެ ސަބަބުން ކުރަންޖެހޭނެ ޚަރަދަކީ ކޮބައިކަން ބަލަން ބޭނުންވެފައި ތިބި ސެނެޓަރ ކެނެޑީ އާއި އެމެރިކާގެ ރައްޔިތުން ތިބީ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތުގެ ފަރާތުން ޖަވާބުތަކަކަށް އިންތިޒާރުކޮށްގެންނެވެ.

ނަމަވެސް އެ ބޭފުޅުންނަށް އެދެވޭ ޖަވާބެއް ނުލިބުނެވެ.

އޭގެ ބަދަލުގައި، އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުކަން ކުޑަވެފައިވާ ހަނގުރާމައެއް ކުރަމުންދާ ސަރުކާރުގެ ދިފާއުގައި ގިނަ ރިޕަބްލިކަން މެންބަރުން ސާބިތުވެ ތިއްބެވިއިރު، ޑިމޮކްރެޓުން ވަނީ ހަނގުރާމަ ކާމިޔާބުވެއްޖެ ކަމަށް ބުނެ ސަރުކާރުން ކުރިން ދެއްކި ވާހަކަތަކާއި މިހާރު ހަނގުރާމަ ގޮސް އޮތް ހާލަތާ ދެމެދު ހުރި ބޮޑު ފަރަގު ފާހަގަކޮށްފައެވެ.

މި އަޑުއެހުމުގައި އެންމެ ބޮޑަށް ފާހަގަކުރެވުނު ވަގުތަކީ، ޑިމޮކްރެޓިކް ސެނެޓަރ ޖޯން އޯސޮފް، ހެގްސެތާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅެވެ. އޯސޮފް ވިދާޅުވީ، "ހަނގުރާމައިގެ 14 ވަނަ ދުވަހު އީރާނުގެ އަސްކަރިއްޔާ 'ސުންނާފަތިކޮށްލެވިއްޖެ' ކަމަށާއި އެ ގައުމުގެ ހަނގުރާމަ ކުރުމުގެ ގާބިލުކަން ގެއްލިއްޖެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައްޔިތުންނަށް ދެއްވީ ތެދު މައުލޫމާތެއްތޯ ކުރި ސުވާލަށް ތިޔަ އިންނެވީ ޖަވާބު ނުދެއްވައި" ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އިތުރު އެތައް ބިލިއަން ޑޮލަރަކަށް ސަރުކާރުން އެދެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

Your browser does not support the video tag.

ޑިމޮކްރެޓިކް ސެނެޓަރ ޖޯން އޯސޮފް، ހެގްސެތާ ސުވާލު ކުރައްވަނީ

ޖޯޖިއާގެ ސެނެޓަރު ވަރަށް ހަމަޖެހިގެން ހުންނަވާ، ނަމަވެސް ހުއްޓުމެއް ނެތި ކުރެއްވި ސުވާލުތަކުން މި އަޑުއެހުމުގެ އެންމެ މުހިންމު ނުކުތާ ހާމަވެގެންދިޔަ އެވެ. އެއީ، ސަރުކާރަށް ރަނގަޅަށް ވާނުވާއެއް ނޭނގޭ، ކޮންޓްރޯލެއް ނެތް، އަދި ކާމިޔާބީ މިނާނެ މިންގަނޑެއް ނުވަތަ ހަނގުރާމައިން އަރައިގަންނާނެ ގޮތެއް ނެތް ހަނގުރާމައަކަށް ސަރުކާރުން ބޮޑު ބަޖެޓަކަށް އެދެމުންދާ ކަމެވެ.

ހެގްސެތާއި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑެން ކޭން އަޑުއެހުމަށް ވަޑައިގަތީ ޓްރަމްޕް ސަރުކާރުގެ 87.6 ބިލިއަން ޑޮލަރުގެ ސަޕްލިމެންޓަރީ ބަޖެޓަކާ އެކުގަ އެވެ. މީގެ ތެރޭގައި ހަނގުރާމައަށާއި ޕެންޓަގަންގެ އެހެނިހެން ޚަރަދުތަކަށް ބޭނުންވާ 67 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ހިމެނެ އެވެ.

ކެޕިޓަލް ހިލްގެ ޑާކްސަން ސެނެޓް އޮފީސް ބިލްޑިންގްގައި އަންގާރަ ދުވަހު ބޭއްވި ސެނެޓް އެޕްރޮޕްރިއޭޝަންސް ކޮމިޓީގެ އަޑުއެހުމެއްގައި، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ބައިވެރިވަނީ.

ކެޕިޓަލް ހިލްގެ ޑާކްސަން ސެނެޓް އޮފީސް ބިލްޑިންގްގައި އަންގާރަ ދުވަހު ބޭއްވި ސެނެޓް އެޕްރޮޕްރިއޭޝަންސް ކޮމިޓީގެ އަޑުއެހުމެއްގައި، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ބައިވެރިވަނީ. | ގެޓީ އިމޭޖަސް

މި ހަނގުރާމައަށް މިހާތަނަށް 37.5 ބިލިއަން ޑޮލަރު ޚަރަދުވެފައިވާ ކަމަށް ހެގްސެތު އިއުލާން ކުރެއްވިއިރު، ހަނގުރާމަ ދަނީ އިތުރަށް ފުޅާވަމުންނެވެ. މީގެ ދެތިން ދުވަސް ކުރިން އެމެރިކާގެ އިތުރު ސިފައިން މަރުވުމާ އެކު، މަރުވި މީހުންގެ އަދަދު މިހާރު ވަނީ 18 އަށް އަރާފަ އެވެ. ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން އެމެރިކާގެ 100 ސިފައިން ވަނީ ޒަޚަމްވެފަ އެވެ. މީގެ އިތުރުން، އީރާނުން ވަނީ ހުރްމުޒް ކަނޑުގެ ދަތުރުފަތުރު ގާތްގަނޑަކަށް ބަންދުކޮށްފަ އެވެ. އަދި ޔަމަނުގައި ތިބި އީރާނަށް ތާއީދުކުރާ ހޫޘީން ދަނީ ރަތްކަނޑުގެ އެހެން މަގުތަކަށް ނުރައްކާ ކުރަމުންނެވެ. ހަމައެއާއެކު، އީރާނުގެ ނިއުކްލިއާ މަރުކަޒެއް ކަމަށް ތުހުމަތުކުރެވޭ ޕިކްއޭކްސް މައުންޓަންއަށް "ވަރަށް އަވަހަށް" ހަމަލާދީ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރައްވާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ އަންގާރަ ދުވަހު ދެއްވާފަ އެވެ.

ބިރުވެރި އާ ހަގީގަތެއް

ހަނގުރާމަ ފެއްޓެވީތީ ހެގްސެތު ޓްރަމްޕަށް ތައުރީފު ކުރައްވައި، ހުރިހާ ކަމެއްގެ އިލްޒާމް ބައިޑަން ސަރުކާރުގެ ބޮލުގައި އެޅުއްވިއިރު، އަދި ސިޔާސީ އޮއިވަރުން ސަލާމަތްވުމަށް ކޭން މަސައްކަތް ކުރެއްވިއިރު، މި އަޑުއެހުމުން ވަރަށް ގިނަ ކަންތައްތަކެއް ފަޅާއަރާ ހާމަވި އެވެ.

ހަނގުރާމަ މެދުކަނޑާލުމަށް އެކުލަވާލި އެއްބަސްވުން (އެމްއޯޔޫ) ނާކާމިޔާބުވުމާ ގުޅިގެން، ސަރުކާރުގެ ހަނގުރާމައިގެ މަގްސަދުތައް ހަނިވެފައިވާކަން މިހާރު ވަނީ ސާފުވެފަ އެވެ. އަދި އެމެރިކާގެ ގިނަ ރައްޔިތުން ގަބޫލުކުރަން ބޭނުންނުވާނެ ފަދައިން، މި ހަނގުރާމަ ނިމޭނެ ވަކި ތާރީޚެއް ނެތްކަން ވެސް ވަނީ ހާމަވެފަ އެވެ.

ކުރިން ޓްރަމްޕް ވާހަކަދެއްކެވީ އީރާނުގެ ވެރިކަން ބަދަލުކުރުމަށާއި، އެ ގައުމުގެ ރައްޔިތުންނަށް ގައުމު އަނބުރާ ހޯދައިދިނުމަށާއި، މުޅި މެދުއިރުމަތި ބަދަލުކޮށްލުމާ ބެހޭގޮތުންނެވެ. ނަމަވެސް، ހަނގުރާމައިގެ ކާމިޔާބީއަކީ ކޮބައިތޯ ތަކުރާރުކޮށް ސުވާލުކުރުމުން ހެގްސެތު ދެއްވީ ވަރަށް ނުސާފު ޖަވާބެކެވެ. "ތިޔަ ސުވާލު ކުރައްވާ މައިގަނޑު މަގްސަދަކީ ކޮބައިތޯ، އަޅުގަނޑު ބުނާނީ އެއީ އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެކަން ކަށަވަރުކުރުން ކަމަށް،" ހެގްސެތު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ދެވޭ ހަމަލާތަކުގެ ބޭނުމަކީ ހުރްމުޒް ސަރަހައްދު ބެލެހެއްޓުމަށް އީރާނަށް އޮތް ގާބިލުކަން ނައްތާލުމެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވާ އެމެރިކާގެ ރައްޔިތުންނަށް މިއީ ދެ ސަބަބަކާ ހުރެ ކަންބޮޑުވާންޖެހޭ ޚަބަރެކެވެ.

ފުރަތަމަ ކަމަކީ، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން "ފުނޑުފުނޑުކޮށްލާފައިވާ" ކަމަށް ސަރުކާރުން މިދިޔަ އަހަރު ބުނެފައިވުމެވެ.

Your browser does not support the video tag.

2025 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ޓްރަމްޕް ވިދާޅުވީ އީރާނުގެ ނިއުކްލިއަރ ފެސިލިޓީތައް މުޅިން ނައްތާލާފައިވާކަމަށް

އެއީ ތެދެއް ނަމަ، މި އަހަރު ޓްރަމްޕް ހަނގުރާމަ ފެއްޓެވީ ކީއްވެގެން ހެއްޔެވެ؟ އެއީ ދޮގެއް ނަމަ، އީރާނުގެ ނިއުކްލިއާ ހަރަކާތްތައް ހުއްޓުވުމަށް އެމެރިކާއިން އަބަދުވެސް އަސްކަރީ ބާރުގެ ބޭނުންކުރަން ތައްޔާރަށް އޮންނަންޖެހޭނެކަން އެއިން ދޭހަވެ އެވެ.

ދެވަނަ ކަމަކީ، ހެގްސެތުގެ ވާހަކަތަކުން އެމެރިކާގެ އަސްކަރީ ހަރަކާތްތައް ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް ބެލެވުމެވެ. ހަނގުރާމަ ފެށުނުއިރު ހުރްމުޒް އޮތީ ހުޅުވާފަ އެވެ. އަދި މިހާރު އެމެރިކާއިން ދޭ ހަމަލާތައް ކާމިޔާބުވި ނަމަވެސް، ތެޔޮ ޓޭންކަރުތަކަށް ދޭ މިސައިލް އަދި ޑްރޯން ހަމަލާތައް ހުއްޓުވުމަށްޓަކައި މެދުކެނޑުމެއް ނެތް ފާރަވެރިކަމަކާއި ހަމަލާތަކެއް ބޭނުންވާނެ އެވެ.

އަންގާރަ ދުވަހު ޓްރަމްޕް ދެއްކެވި ބައެއް ވާހަކަފުޅުތަކުން ވެސް މި ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމުގެ އިޝާރާތެއް ލިބެއެވެ. އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިޚާބުގެ ސަބަބުން އޭނާގެ ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމަށެވެ. "ކުރިއަށް އޮތް ތަނުގައި އިންތިޚާބެއް އޮތުމަކީ އަޅުގަނޑު މާ ބޮޑު ކަމަކަށް ހަދާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. މިއީ ހަނގުރާމައާ ދެކޮޅަށް އެމެރިކާގެ އަޣުލަބިއްޔަތު އޮތްކަން ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަމުންދާ ދަނޑިވަޅެއްގައި، ރިޕަބްލިކަން ކެންޑިޑޭޓުންނަށް ލިބޭނެ ދެރަ ޚަބަރެކެވެ.

އަދި އެ ދުވަހުގެ ފަހުގެ ވަގުތެއްގައި ޓްރަމްޕް ވަނީ، ތާރީޚީ ގޮތުން ބަލާއިރު އީރާނުގައި ކުރާ ދިގު ހަނގުރާމައަކީ މާ ބޮޑު ކަމެއް ނޫން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފަ އެވެ. އޭނާ ވަނީ އީރާނު ހަނގުރާމައިގައި މަރުވި އެމެރިކާގެ 18 ސިފައިންގެ އަދަދު، ވިއެޓްނާމް ހަނގުރާމައިގައި މަރުވި 58،000 މީހުންނާއި، އިރާގާއި އަފްޣާނިސްތާނުގައި މަރުވި އެތައް ހާސް ބަޔަކާ އަޅާކިޔުއްވާފަ އެވެ.

ޓްރަމްޕްގެ މި ވާހަކަތަކަކީ މަރުވި ސިފައިންނަށް ކުރި އިހުތިރާމް ކުޑަކުރުމެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

ރައީސް ޓްރަމްޕަކީ ކުއްލި ކުއްލިއަށް ނިންމުންތައް ބަދަލުކުރައްވާ ބޭފުޅަކަށް ވާތީ، އެއްވެސް ކަމަކީ ޔަގީން ކަމެއް ނޫނެވެ. ތެލުގެ އަގު އިންތިހާއަށް އުފުލި، ދުނިޔޭގެ ތެލުގެ ރިޒާވް މަދުވެ، އިގްތިސާދީ ގެއްލުންތަކުގެ ސަބަބުން ސިޔާސީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރަން ފަށައިފި ނަމަ، ކުއްލިއަކަށް ނިންމުން ބަދަލުކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ނަމަވެސް، ހަނގުރާމަ ފެށުނުއިރު ބުނި ގޮތާ ޚިލާފަށް، ހަނގުރާމަ ނިމި ސިފައިން އެނބުރި ގައުމަށް އަންނާނެ ވަކި މުއްދަތެއް މިހާރު އެމެރިކާ ސަރުކާރުން ހާމައެއް ނުކުރެ އެވެ.

2026 ގެ އިންތިޚާބަށް ޑިމޮކްރެޓުންގެ ތައްޔާރުވުން

މި އަޑުއެހުމަކީ ކުރިއަށް އޮތް މިޑްޓާމް އިންތިޚާބަށް ޑިމޮކްރެޓިކް ޕާޓީން ތައްޔާރުކުރަމުންދާ މެސެޖުތައް ތިލަކޮށްލުމަށް ލިބުނު ފުރުސަތެއް ވެސް މެއެވެ. އާންމުންގެ މެދުގައި މަގުބޫލުކަން ކުޑަ ހަނގުރާމައަކާއި، އެމެރިކާގެ އެތައް މިލިއަން ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކެތީގެ އަގުބޮޑުވުމުގެ މައްސަލައާ ހުރި ގުޅުން އެންމެ ރަނގަޅަށް ސިފަކޮށްދެއްވީ ނިއުޔޯކްގެ ސެނެޓަރ ކާސްޓަން ޖިލިބްރޭންޑެވެ.

"ސެކްރެޓަރީ ހެގްސެތު، ތިޔަ އެދިވަޑައިގަންނަވަނީ މަދު ހަފުތާތަކެއްގެ ތެރޭގައި ނިމޭނެ ކަމަށް ވިދާޅުވި، އަދި ނިންމާލާނެ އެއްވެސް ރޭވުމެއް ނުވަތަ ގާބިލުކަމެއް ރައީސްގެ ކިބައިގައި ނެތް ހަނގުރާމައަކަށް އެތައް ބިލިއަން ޑޮލަރެއްގެ އިތުރު ބަޖެޓަކަށް،" ޖިލިބްރޭންޑް ވިދާޅުވި އެވެ. "ވޯޓުލާ މީހުންނަށް ފެންނަނީ ކާބޯތަކެއްޗާއި ތެލުގެ ބިލްތައް ބޮޑުވަމުންދާ ތަން. އަދި މި ސަރުކާރަށް، އާއިލާތަކަށް ކާންބޯން ދިނުމާއި ބަލިމީހުންނަށް ބޭސްފަރުވާ ކޮށްދިނުމަށް ވުރެ، ހުއްދައެއް ނެތް މި ހަނގުރާމަ މާ މުހިންމުވެއްޖެ."

ހެގްސެތު ވިދާޅުވީ ސިޔާސީ ކަންކަމަކީ އެއް ކަމެއް ހާސިލުކުރުމަށް އަނެއް ކަމެއް ގުރުބާންކުރުން ކަމަށާއި، އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުން ހުއްޓުވުމަކީ ދިގު މުއްދަތުގައި ޚަރަދު ކުޑަވާނެ ކަމެއް ކަމަށެވެ. ޖިއޯޕޮލިޓިކަލް އަދި މާލީ ގޮތުން ބަލާއިރު އޭނާގެ ވާހަކައިގައި ބުރަދަނެއް ހުރި ނަމަވެސް، ދުރުގައި އޮތް ނުރައްކަލެއް ދައްކައިގެން މިހާރު ރައްޔިތުން އުފުލަމުންދާ އިގްތިސާދީ ތަކުލީފުތައް ދިފާއުކުރުމަކީ ރިޕަބްލިކަން ކެންޑިޑޭޓުންނަށް ފައިދާވާނެ ކަމެއް ނޫނެވެ.

Your browser does not support the video tag.

ނިއުޔޯކްގެ ސެނެޓަރ ކާސްޓަން ޖިލިބްރޭން ޑިފެންސް ސެކްރެޓަރީ އާ ސުވާލު ކުރައްވަނީ

ސަރުކާރުގެ މެސެޖުތައް ނުސާފުވެފައި ކަންބޮޑުވާންޖެހޭ ފަދަ ގޮތަކަށް ހުރި ނަމަވެސް، އަޑުއެހުމުގައި ތިއްބެވި ގިނަ ރިޕަބްލިކަން މެންބަރުން ތިއްބެވީ ހެގްސެތުގެ ފަހަތްޕުޅުގަ އެވެ. އަދި އެ ބޭފުޅުން ވަނީ ސަޕްލިމެންޓަރީ ބަޖެޓަށް ތާއީދުކުރައްވާފަ އެވެ.

އަޑުއެހުމުގެ އެންމެ ފަހު ސުވާލުތަކާ ހަމައިން، މިޗިގަންގެ ސެނެޓަރ ގޭރީ ޕީޓާސް ވަނީ ހެގްސެތަކީ "ނާކާމިޔާބު" ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި ޑިފެންސް ސެކްރެޓަރީ ވަނީ ޑިމޮކްރެޓުންނަކީ "ފިނޑި" ބައެއް ކަމަށް ބުނެ ރައްދު ދެއްވާފަ އެވެ.

އެމެރިކާ-އީރާންއީރާން

އިތުރަށް ކިޔާލަން

22 ޖުލައި 2026

ޖެހިޖެހިގެން 11 ވަނަ ރޭ އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތައް ދީފި

22 ޖުލައި 2026
ޖެހިޖެހިގެން 11 ވަނަ ރޭ އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތައް ދީފި
21 ޖުލައި 2026

ސައުދީ އަރަބިއްޔާގެ ބަނދަރުތަކަށް މުދާ އުފުލާ އުޅަނދުފަހަރަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫޘީން ޝިޕިން ކުންފުނިތަކަށް ދީފި

21 ޖުލައި 2026
ސައުދީ އަރަބިއްޔާގެ ބަނދަރުތަކަށް މުދާ އުފުލާ އުޅަނދުފަހަރަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫޘީން ޝިޕިން ކުންފުނިތަކަށް ދީފި
21 ޖުލައި 2026

ހުރްމުޒް ގައި ޓޭންކަރުތަލުގައި ރޯވެފައި، އެމެރިކާ އާއި އީރާނުން ހަމަލާތައް ބަދަލު ކުރަނީ، އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟

21 ޖުލައި 2026
ހުރްމުޒް ގައި ޓޭންކަރުތަލުގައި ރޯވެފައި، އެމެރިކާ އާއި އީރާނުން ހަމަލާތައް ބަދަލު ކުރަނީ، އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟
21 ޖުލައި 2026

އީރާނު ހަނގުރާމަ އަކީ އެމެރިކާ ރައްޔިތުން ތާއީދުނުކުރާ، ނުރުހުންވާ ހަނގުރާމަ އެއް

21 ޖުލައި 2026
އީރާނު ހަނގުރާމަ އަކީ އެމެރިކާ ރައްޔިތުން ތާއީދުނުކުރާ، ނުރުހުންވާ ހަނގުރާމަ އެއް
21 ޖުލައި 2026

އީރާން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 100 މީހުންނަށް އަނިޔާވެެއްޖެ

21 ޖުލައި 2026
އީރާން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 100 މީހުންނަށް އަނިޔާވެެއްޖެ
21 ޖުލައި 2026

ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން

21 ޖުލައި 2026
ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން
21 ޖުލައި 2026

ޔަމަނުގެ ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި

21 ޖުލައި 2026
ޔަމަނުގެ ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި
20 ޖުލައި 2026

އީރާން ހަނގުރާމަ ނުރައްކާވަމުންދާއިރު ތެލުގެ އަގު 90 ޑޮލަރަށްވުރެ މައްޗަށް ހިނގައްޖެ

20 ޖުލައި 2026
އީރާން ހަނގުރާމަ ނުރައްކާވަމުންދާއިރު ތެލުގެ އަގު 90 ޑޮލަރަށްވުރެ މައްޗަށް ހިނގައްޖެ
20 ޖުލައި 2026

އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި

20 ޖުލައި 2026
އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި
20 ޖުލައި 2026

އީރާނުގެ ހަމަލާއެއްގައި އެމެރިކާގެ އިތުރު ސިފައިންގެ މީހަކު މަރުވެއްޖެ

20 ޖުލައި 2026
އީރާނުގެ ހަމަލާއެއްގައި އެމެރިކާގެ އިތުރު ސިފައިންގެ މީހަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު