Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދީފި

23 ޖުލައި 2026 | ބުރާސްފަތި 08:16

މި ހަމަލާތަކުގައި އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުތަކާއި ޑްރޯންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، މިއީ އެމެރިކާގެ އުދުވާނުން ދިފާއުވުމަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް އީރާނުން ބުނޭ. އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދިނުމަކީ އެ ގައުމުތަކުގެ ސިޔާދަތަށް އަރައިގަތުން ނޫން ކަމަށާއި، އެ ތަންތަނަކީ އެމެރިކާއިން ހިފާފައިވާ ތަންތަން ކަމަށްވެސް އީރާނުން ފާހަގަކުރޭ.

ރާއްޖެ އެމްވީ | 23 ޖުލައި 2026 | ބުރާސްފަތި 08:16

އީރާނުގެ އަސްކަރިއްޔާއިން ހިންގާ "އޮޕަރޭޝަން ސާއިގާ" ގެ 23 ވަނަ ފިޔަވަހީގެ ދަށުން، ކުވެއިތުގައި ހުންނަ އެމެރިކާގެ ތިން އަސްކަރީ މަރުކަޒަކަށް ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދޭ މަންޒަރު ފެންނަ ވީޑިއޯ ފޫޓޭޖެއް | އައިއާރުޖީސީ

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބުރާސްފަތި ދުވަހު ހަމަލާދީފި އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި އީރާނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި ބޭނުންކުރާ މަރުކަޒުތަކަށް ހަމަލާދިނުމަކީ ގާނޫނީ ގޮތުންނާއި، ދީނީ ގޮތުން އަދި ބުއްދީގެ ހަމަޔަކުން ބެލިޔަސް އެ ގައުމަށް ލިބިގެންވާ ހައްގެކެވެ.

ކުވެއިތާއި އުރުދުންގެ ރައްޔިތުންނަށް އަމާޒުކޮށް ނެރުނު ވަކިވަކި ދެ ބަޔާނެއްގައި އައި.އާރް.ޖީ.ސީ އިން ބުނެފައިވަނީ، މި ހަމަލާތަކަކީ އެމެރިކާއިން ތަކުރާރުކޮށް އީރާނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގެ ބަދަލުހިފުމެއް ކަމަށެވެ.

އައި.އާރް.ޖީ.ސީ އިން ހާމަކުރި ގޮތުގައި، އެ ޖަމާއަތުގެ ފައުޖުތަކުން ވަނީ ކުވެއިތުގައި ހުންނަ އަލީ އަލް ސާލިމް އެއާ ބޭސްއަށް ހަމަލާދީ، އެ ތަނުގައި ހުރި ޕެޓްރިއަޓް އެއާ ޑިފެންސް ސިސްޓަމަކާއި، އަސްކަރީ ސާމާނު ރައްކާކުރާ ބޮޑު ގުދަނެއްގެ އިތުރުން އެމް.ކިއު-9 މަރުކާގެ ޑްރޯންތައް ބަހައްޓާ ހޭންގަރެއް ހަލާކުކޮށްލާފަ އެވެ. މީގެ އިތުރުން، ކޭމްޕް އުދައިރީގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒަށާއި ހެލިކޮޕްޓަރު ބަހައްޓާ ދެ ހޭންގަރަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށާއި، މި ހަމަލާތަކުގައި ބައެއް މީހުން މަރުވެ، ގިނަ އަދަދެއްގެ ހެލިކޮޕްޓަރުތަކާއި ޑްރޯންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒަކަށް ދިން ހަމަލާތަކުގައި ތާޑް (THAAD) މިސައިލް ޑިފެންސް ރާޑަރު ސިސްޓަމަކާއި، ޕެޓްރިއަޓް ސިސްޓަމެއްގެ އިތުރުން ސީ-ރޭމް (C-RAM) ރާޑަރެއް ހަލާކުކޮށްލާފައިވާ ކަމަށް އައި.އާރް.ޖީ.ސީ އިން ބުންޏެވެ. އަދި އަމާޒަށް ވާސިލްވި މި ހަމަލާތަކުގެ ސަބަބުން ތެޔޮ ރައްކާކުރާ ތަންތަނާއި، ހެލިކޮޕްޓަރުގެ ސާމާނު ރައްކާކުރާ ގުދަނެއްގެ އިތުރުން ހެލިކޮޕްޓަރު މަރާމާތުކުރާ ހޭންގަރެއްގައި ރޯވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އައި.އާރް.ޖީ.ސީގެ ބަޔާނުގައި، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކަކީ އެ ސަރަހައްދުގެ ގައުމުތަކުގެ މިނިވަންކަމާއި، އިސްތިގުލާލާއި، ސިޔާދަތަށް އަރައިގަތުން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ މުޅިން ދޮގު ވާހަކަތަކެއް ކަމަށް ބުނެ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"އަޅުގަނޑުމެންގެ ނަޒަރުގައި، ތިޔަ ގައުމުތަކުގެ ސަރުކާރުތަކުގެ މިނިވަންކަމާއި، އިސްތިގުލާލާއި، ސިޔާދަތަށް ފުރިހަމައަށް އިހުތިރާމް ކުރަން،" ބަޔާނުގައިވެ އެވެ.

އައި.އާރް.ޖީ.ސީ އިން އިތުރަށް ބުނި ގޮތުގައި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިންގަނީ އެ ގައުމުތަކުގެ ބާރުގެ ދަށަކުން ނޫނެވެ. އެ ތަންތަނަކީ ސަރަހައްދީ ގައުމުތަކުގެ އެއްވެސް ކޮންޓްރޯލެއް ނެތި، ހަމައެކަނި އެމެރިކާގެ ބާރުގެ ދަށުން ހިންގާ ތަންތަން ކަމަށް އެ ޖަމާއަތުން ފާހަގަކުރި އެވެ.

އެ ބަޔާނުގައިވާ ގޮތުން، އެފަދަ މަރުކަޒުތަކަށް ވަދެނިކުމެވުމާއި އެތަންތަނުގެ އޮޕަރޭޝަންތައް ކޮންޓްރޯލް ކުރަނީ އެމެރިކާގެ މިލިޓަރީ ޕޮލިހުންނެވެ. އަދި އެ ތަންތަނުގައި ހިނގާ ކަންކަމުގައި އަމަލުކުރަނީ މަރުކަޒު ހުރި ގައުމުގެ ގާނޫނުތަކަށް ނޫން ކަމަށާއި، އެތަންތަނުގައި ހިނގަނީ އެމެރިކާގެ ގާނޫނުތަކާއި، އަސްކަރީ ފުލުހުންގެ އުސޫލުތަކާއި، އެމެރިކާގެ އަދުލު އިންސާފުގެ ނިޒާމު ކަމަށްވެސް ބުނެފައިވެ އެވެ.

"އެހެންކަމުން، ތިޔަ ގައުމުތަކުގެ އިސްތިގުލާލާއި ސިޔާދަތަށް އަރައިގަނެފައިވަނީ އެމެރިކާއިން، އަޅުގަނޑުމެންނެއް ނޫން،" އައި.އާރް.ޖީ.ސީ އިން ބުންޏެވެ.

އެ ޖަމާއަތުން ބާރުއަޅައި ބުނެފައިވަނީ، "އީރާނުން ހަމަލާދެނީ އެމެރިކާގެ އަސްކަރިއްޔާއިން ހިފާފައިވާ ބިންތަކަށް ކަމަށާއި، އެއީ ކުށްކުރުން ފިޔަވައި އެހެން ކަމެއް ނުދަންނަ ލަޝްކަރެއް" ކަމަށެވެ.

މި ބަޔާނުގައި، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ފެށި އުދުވާނުގެ ފުރަތަމަ ދުވަހު، އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މިނާބްގެ ޕްރައިމަރީ ސްކޫލަކަށް އެމެރިކާއިން ދިން ވައިގެ ހަމަލާގައި ޝަހީދުވި ކުޑަކުދިންގެ ހަށިތައް ވަޅުލުމާ ގުޅޭގޮތުންވެސް ވާހަކަދައްކާފައިވެ އެވެ.

"އިއްޔެ، މިނާބްގެ ހިތާމަވެރި ރައްޔިތުން ވަނީ އިމާރާތްތަކުގެ ކުނިތަކުގެ ދަށުން ފެނުނު އެ ކުދިންގެ ހަށިތަކުގެ ބައިތަކާއެކު ޖަނާޒާ ބާއްވައި، އެ ކުދިން ވަޅުލާފައި،" ބަޔާނުގައިވެ އެވެ.

ހަނގުރާމައިގެ ފުރަތަމަ ދުވަހު އެމެރިކާގެ "ކުޑަކުދިން މަރާ ލަޝްކަރުން" ދިން ހަމަލާގައި 168 މީހުން ޝަހީދުވި ކަމަށާއި، އޭގެ ތެރޭގައި ގިނައީ ދަރިވަރުން ކަމަށް އެ ޖަމާއަތުން ފާހަގަކުރި އެވެ. އަދި މިފަދަ ޖަރީމާތައް ހިންގުމުގައި ކުވެއިތުގައި ހުރި އެމެރިކާގެ މަރުކަޒުތައް ބޭނުންކުރަމުންދާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"އަޅުގަނޑުމެންގެ ގައުމަށް އަރައިގަންނަ މީހުންނާއި، އަޅުގަނޑުމެންގެ ދަރިން މަރާ މީހުން، އެމީހުން ހަމަލާދޭ ކޮންމެ ތަނަކުން އެމީހުންނަށް އަމާޒުކޮށް ހަމަލާދިނުމަކީ އަޅުގަނޑުމެންނަށް ލިބިގެންވާ ގާނޫނީ، ދީނީ އަދި ބުއްދީގެ ހަމަޔަކުން ބެލިޔަސް ލިބިގެންވާ ހައްގެއް،" އީރާނުގެ އެންމެ ވަރުގަދަ އަސްކަރީ ފައުޖުން ބުނެފައިވެ އެވެ.

އީރާންކުވައިތުއުރުދުންއައިއާރުޖީސީއީރާން ހަނގުރާމަ

އިތުރަށް ކިޔާލަން

23 ޖުލައި 2026

އެމެރިކާއިން އީރާނާ ދެކޮޅަށް ބޭނުންކުރަނީ، "ތިންވަނަ ބޮޑު ހަނގުރާމައަށް ރައްކާކޮށްފައި ހުރި" ހަތިޔާރު

23 ޖުލައި 2026
އެމެރިކާއިން އީރާނާ ދެކޮޅަށް ބޭނުންކުރަނީ، "ތިންވަނަ ބޮޑު ހަނގުރާމައަށް ރައްކާކޮށްފައި ހުރި" ހަތިޔާރު
23 ޖުލައި 2026

އީރާނުގެ ދިފާއީ ސިޔާސަތަކީ "ލޮލަކަށް ލޮލެއް": އިސް ޑިޕްލޮމެޓް

23 ޖުލައި 2026
އީރާނުގެ ދިފާއީ ސިޔާސަތަކީ "ލޮލަކަށް ލޮލެއް": އިސް ޑިޕްލޮމެޓް
23 ޖުލައި 2026

މުޅި ސަރަހައްދުގައި އެމެރިކާއާ ވާގިވެރިވާ ފަރާތްތަކުގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި

23 ޖުލައި 2026
މުޅި ސަރަހައްދުގައި އެމެރިކާއާ ވާގިވެރިވާ ފަރާތްތަކުގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި
23 ޖުލައި 2026

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 ޖުލައި 2026
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
22 ޖުލައި 2026

އީރާނުގެ މިސައިލްތައް ހުއްޓުވުމުގައި އެމެރިކާގެ ދިފާއީ ނިޒާމުތައް ނުކެޅިފައިވާ ކަމަށް ތަޖުރިބާކާރުން ބުނެފި: ރިޕޯޓް

22 ޖުލައި 2026
އީރާނުގެ މިސައިލްތައް ހުއްޓުވުމުގައި އެމެރިކާގެ ދިފާއީ ނިޒާމުތައް ނުކެޅިފައިވާ ކަމަށް ތަޖުރިބާކާރުން ބުނެފި: ރިޕޯޓް
22 ޖުލައި 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ނާކާމިޔާބުވެފައިވާކަމަށް ސީއައިއޭގެ އެސެސްމަންޓަކުން ބުނުފި: ރިޕޯޓް

22 ޖުލައި 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ނާކާމިޔާބުވެފައިވާކަމަށް ސީއައިއޭގެ އެސެސްމަންޓަކުން ބުނުފި: ރިޕޯޓް
22 ޖުލައި 2026

އީރާނަށް 11 ވަނަ ރޭގެ ހަމަލާތައް އަމާޒުވި އިރު އީރާނުން ގަލްފުގެ ގައުމުތަކަށް ބަދަލު ހިފުމުގެ ހަމަލާތައް، ހުރްމުޒް އާއި ބާބުލް މަންދަބު ބަންދުވުމުގެ ނުރައްކާ - އެންމެ ފަހުން ހިނގީ ކޮން ކަންކަމެއް؟

22 ޖުލައި 2026
އީރާނަށް 11 ވަނަ ރޭގެ ހަމަލާތައް އަމާޒުވި އިރު އީރާނުން ގަލްފުގެ ގައުމުތަކަށް ބަދަލު ހިފުމުގެ ހަމަލާތައް، ހުރްމުޒް އާއި ބާބުލް މަންދަބު ބަންދުވުމުގެ ނުރައްކާ - އެންމެ ފަހުން ހިނގީ ކޮން ކަންކަމެއް؟
22 ޖުލައި 2026

އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު

22 ޖުލައި 2026
އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު
22 ޖުލައި 2026

އީރާން ހަނގުރާމަ ނިމޭނެ ގޮތުގެ އެއްވެސް ޖަވާބެއް ނެތް

22 ޖުލައި 2026
އީރާން ހަނގުރާމަ ނިމޭނެ ގޮތުގެ އެއްވެސް ޖަވާބެއް ނެތް
22 ޖުލައި 2026

އީރާނަށްދޭ ހަމަލާތަކަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އައު ބޮޑުވަޒީރު ބާންހަމް އެމެރިކާ އަށް ދީފި

22 ޖުލައި 2026
އީރާނަށްދޭ ހަމަލާތަކަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އައު ބޮޑުވަޒީރު ބާންހަމް އެމެރިކާ އަށް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް