Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން-ސައުދީ އަރަބިއްޔާ

ސައުދީ އަރަބިއްޔާގެ ބަނދަރުތަކަށް މުދާ އުފުލާ އުޅަނދުފަހަރަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫޘީން ޝިޕިން ކުންފުނިތަކަށް ދީފި

ޝިޕިންގ ކުންފުނިތަކަށް ފޮނުވި އީމެއިލްއެއްގައި ހޫޘީން ވަނީ، ސައުދީ އަރަބިއްޔާގެ ބަނދަރުތަކުން މުދާ ބަރުކުރުމާއި ބޭލުން ހުއްޓާލުމަށް އިންޒާރުދީފައި. އަދި އެފަދަ އަމަލެއް ހިންގާ ކޮންމެ އުޅަނދަކަށް "ކޮންމެ ތަނެއްގައި އޮތް ނަމަވެސް" ހަމަލާދީފާނެ ކަމަށް އެ ޖަމާއަތުން ބުނެފައިވޭ

ރާއްޖެ އެމްވީ | 21 ޖުލައި 2026 | އަންގާރަ 15:20
ޔަމަނުގެ ސަންޢާގައި ހުންނަ ސަބީން މައިދާނަށް ހޫޘީން އެއްވެ، އެ ޖަމާއަތުގެ ލީޑަރު އަބްދުލް މާލިކް އަލް ހޫޘީ އަށް ތާއީދުކޮށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ.

ޔަމަނުގެ ސަންޢާގައި ހުންނަ ސަބީން މައިދާނަށް ހޫޘީން އެއްވެ، އެ ޖަމާއަތުގެ ލީޑަރު އަބްދުލް މާލިކް އަލް ހޫޘީ އަށް ތާއީދުކޮށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ. | ގެޓީ އިމޭޖަސް

ސައުދީ އަރަބިއްޔާގެ ބަނދަރުތަކަށް މުދާ އުފުލާ އުޅަނދުފަހަރަށް އަމާޒުކޮށް ހަމަލާދީފާނެ ކަމުގެ އިންޒާރު، ބައިނަލްއަގުވާމީ ޝިޕިން ކުންފުނިތަކަށް އީމެއިލް މެދުވެރިކޮށް ޔަމަނުގެ ހޫތީން ދީފި އެވެ. ހޫތީން ފޮނުވި މި އީމެއިލްގައި ބުނެފައިވަނީ، ސައުދީގެ ބަނދަރުތަކުން މުދާ ބޭލުމާއި މުދާ އެރުވުމުގެ މަސައްކަތް ކުރާ އުޅަނދުތަކަށް "ކޮންމެ ތަނެއްގައި" ހުއްޓަސް ހަމަލާދީފާނެ ކަމަށެވެ.

ޖުލައި މަހުގެ 20 ވަނަ ދުވަހު ގިނަ އަދަދެއްގެ ޝިޕިން ކުންފުނިތަކަށް ފޮނުވި މި އީމެއިލްގައި ބުނެފައިވަނީ، ސައުދީ އަރަބިއްޔާގެ އެއްވެސް ބަނދަރަކުން މުދާ ބޭލުމާއި، އެ ބަނދަރުތަކަށް މުދާ ބަރުކުރުމަކީ އެ ކުންފުނިތަކަށް މަނާކަމެއް ކަމަށެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް ފެނިފައިވާ މި އީމެއިލްގައި، ޝިޕިން ދާއިރާގެ ކުންފުނިތަކުން މުދާ އުފުލުމުގެ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހޫތީން ވަނީ ވަރުގަދަ އިލްތިމާސެއް ކޮށްފަ އެވެ.

 ސަންއާގައި ހުންނަ ހޫތީންގެ "ހިއުމަނިޓޭރިއަން އޮޕަރޭޝަންސް ކޯޑިނޭޝަން ސެންޓަރު" އިން ފޮނުވި މި އީމެއިލްގައި ބުނެފައިވަނީ، މި އެންގުމާ ޚިލާފުވާ އުޅަނދުތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. މީގެ އިތުރުން، ޔަމަނުގެ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ބާރު ފޯރާ ކޮންމެ ސަރަހައްދެއްގައި ހުއްޓަސް، އެފަދަ އުޅަނދުތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ.

އީރާނުގެ އެހީތެރިކަން ލިބޭ ހޫޘީން މިދިޔަ އާދީއްތަ ދުވަހު ވަނީ، ސައުދީ އަރަބިއްޔާއާ ދެކޮޅަށް "ކަނޑުގެ މަގުން ބްލޮކޭޑެއް" ނުވަތަ ދަތުރުފަތުރު ހުއްޓުވުމުގެ ހަރަކާތެއް ފަށާފައިވާކަން އިއުލާނުކޮށްފަ އެވެ.

ސައުދީ ސަރުކާރުން ވަނީ ހޫޘީންގެ މި ނިންމުން ކުށްވެރިކޮށްފަ އެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން، ސައުދީގެ އުޅަނދުފަހަރު ރައްކާތެރިކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.

2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޔަމަނުގެ ވެރިރަށް ސަންއާގެ އިތުރުން އެ ގައުމުގެ ބައެއް އެހެން ސަރަހައްދުތައް އޮންނަނީ ހޫޘީންގެ ކޮންޓްރޯލްގެ ދަށުގަ އެވެ.

މިކަން މިހެން ހިނގާފައިވަނިކޮށް ޗައިނާއާއި އިންޑިއާއަށް ގެންދިއުމަށް ސައުދީ އަރަބިއްޔާގެ ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ދަތުރުކުރި ދެ ޓޭންކަރެއް، ހޫޘީ ހަނގުރާމަވެރިން ދިން އިންޒާރާ ގުޅިގެން ރަތްކަނޑުގެ ތެރެއިން އަނބުރާލުމަށްފަހު ސުއޭޒް ކެނަލާ ދިމާލަށް މިސްރާބު ޖަހައިފި ކަމަށް އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވެ އެވެ.

ހޫޘީން ހޯމަ ދުވަހު ވަނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް ނުވަތަ ދަތުރުފަތުރު ހުރަސްއެޅުމުގެ އަމަލުތަކެއް ހިންގާނެކަން އިއުލާނުކޮށްފަ އެވެ. މިއީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި ހުޅުވިގެންދިޔަ އާ މައިދާނަކަށް ވުމުގެ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި ބެލެވޭއިރު، މީގެ ސަބަބުން ގަލްފް ސަރަހައްދުން ބޭރުގައި ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށާއި ވިޔަފާރިއަށް އޮތް ނުރައްކާ ވަނީ އިތުރުވެފަ އެވެ.

ޔަމަނުގެ އުތުރު ސަރަހައްދުގެ އިތުރުން، ރަތްކަނޑުގެ ދޮރުމަތީގައި އޮންނަ ބާބުލް މަންދަބު ކަނޑުއޮޅީގެ އައްސޭރިފަށުގެ ކޮންޓްރޯލް އޮންނަނީ ހޫޘީންގެ އަތްދަށުގަ އެވެ. ރަތްކަނޑުގައި އޮންނަ ސައުދީ އަރަބިއްޔާގެ ޔަންބޫ ބަނދަރަކީ، ގަލްފުގެ ދޮރުމަތީގައި އޮންނަ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފި ހާލަތެއްގައި، މެދުއިރުމަތީގެ ދުވާލަކު އެތައް މިލިއަން ފީފާ ތެލެއް ބޭރުކުރުމަށް ބޭނުންކުރާ މައިގަނޑު ބަދަލު މަގެވެ.

ޔަމަންހޫޡީރަތް ކަނޑުއީރާންސައުދީ އަރަބިއްޔާ-ޔަމަން

އިތުރަށް ކިޔާލަން

21 ޖުލައި 2026

ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން

21 ޖުލައި 2026
ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން
21 ޖުލައި 2026

ޔަމަނުގެ ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި

21 ޖުލައި 2026
ޔަމަނުގެ ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި
20 ޖުލައި 2026

ޔަމަނުގެ ހޫޘީން ސައުދީއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް އިއުލާނުކޮށްފި

20 ޖުލައި 2026
ޔަމަނުގެ ހޫޘީން ސައުދީއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް އިއުލާނުކޮށްފި
20 ޖުލައި 2026

އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި

20 ޖުލައި 2026
އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި
19 ޖުލައި 2026

އާދިއްތަ ދުވަހު އީރާނުން ފޮނުވާލި ވައިގެ ހަމަލާތަކަކަށް ރައްދުދެމުންދާ ކަމަށް ކުވައިތުގެ އަސްކަރިއްޔާއިން ބުނެފި، ބަހްރައިންގައި އިންޒާރުގެ ސައިރަން އަޅައިފި

19 ޖުލައި 2026
އާދިއްތަ ދުވަހު އީރާނުން ފޮނުވާލި ވައިގެ ހަމަލާތަކަކަށް ރައްދުދެމުންދާ ކަމަށް ކުވައިތުގެ އަސްކަރިއްޔާއިން ބުނެފި، ބަހްރައިންގައި އިންޒާރުގެ ސައިރަން އަޅައިފި
19 ޖުލައި 2026

އެމެރިކާގެ ރައީސްގެ ސޮޔަކީ އަގެއް ނެތް އެއްޗެއް، މިއަދު މިވަނީ 'ބޮޑު ޝައިތާނާ' ގެ ހަގީގީ ސޫރަ އަނެއްކާވެސް ދުނިޔެއަށް ހާމަވެފައި: އީރާނުގެ ލީޑަރު

19 ޖުލައި 2026
އެމެރިކާގެ ރައީސްގެ ސޮޔަކީ އަގެއް ނެތް އެއްޗެއް، މިއަދު މިވަނީ 'ބޮޑު ޝައިތާނާ' ގެ ހަގީގީ ސޫރަ އަނެއްކާވެސް ދުނިޔެއަށް ހާމަވެފައި: އީރާނުގެ ލީޑަރު
18 ޖުލައި 2026

އުރުދުން އަށް އީރާނުން ދިން ހަމަލާ އެއްގައި އެމެރިކާގެ ދެ ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި

18 ޖުލައި 2026
އުރުދުން އަށް އީރާނުން ދިން ހަމަލާ އެއްގައި އެމެރިކާގެ ދެ ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި
18 ޖުލައި 2026

ކުވެއިތު އެއާޕޯޓު އީރާނުގެ ހަމަލާތަކާ ގުޅިގެން ބަންދުކޮށްފި

18 ޖުލައި 2026
ކުވެއިތު އެއާޕޯޓު އީރާނުގެ ހަމަލާތަކާ ގުޅިގެން ބަންދުކޮށްފި
18 ޖުލައި 2026

ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި

18 ޖުލައި 2026
ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި
18 ޖުލައި 2026

ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް

18 ޖުލައި 2026
ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް