Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުގެ ދިފާއީ ސިޔާސަތަކީ "ލޮލަކަށް ލޮލެއް": އިސް ޑިޕްލޮމެޓް

23 ޖުލައި 2026 | ބުރާސްފަތި 06:29

އީރާނުގެ އުމްރާނީ ވަސީލަތްތަކަށް އެމެރިކާއިން ހަމަލާދީފިނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އިސްވެރިން ދެއްވައިފި. މި އިންޒާރުގައި ހުރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ އުޅަނދުތައް ދަތުރުކުރުން މުޅިން ހުއްޓުވާނެ ކަމަށާއި، އެފަދަ އުދުވާނަކަށް އެހީތެރިވާ ކޮންމެ ފަރާތަކަށް ހަމަލާދޭނެ ކަމަށް ވަނީ ބުނެފައި. އީރާނުން މިފަދަ ހަރުކަށި ރައްދެއް ދޭން ނިންމީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުތަކާ ގުޅިގެން.

ރާއްޖެ އެމްވީ | 23 ޖުލައި 2026 | ބުރާސްފަތި 06:29
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ | ގެޓީ އިމޭޖަސް

އީރާނުގެ ދިފާއީ ސިޔާސަތަކީ ވަރަށް ސާފު ސިޔާސަތެއް ކަމަށާއި، އެއީ "ލޮލަކަށް ލޮލެއް" ބަދަލުހިފުމުގެ އުސޫލު ކަމަށް އީރާނުގެ އެންމެ އިސް ޑިޕްލޮމޭޓް، ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެއްޖެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އީރާނުގެ އުމްރާނީ ވަސީލަތްތައް ހިމެނޭހެން އެ ގައުމަށް ދޭ ކޮންމެ އުދުވާނީ ހަމަލާއަކަށް، ވަރުގަދަ އަދި ހަރުކަށި ރައްދެއް ދިނުމަށް މަޖުބޫރުވާނެ ކަމަށެވެ.

މީގެ އިތުރުން، އެފަދަ އުދުވާނެއްގައި އެއްވެސް ސިފައެއްގައި އެހީތެރިކަން ފޯރުކޮށްދޭ ކޮންމެ ފަރާތަކީވެސް، ހަމަލާދިނުން ހުއްދަ އަމާޒުތަކެއްގެ ގޮތުގައި ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުން މި އިންޒާރު ދީފައިވަނީ، ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް އުޅަނދުފަހަރު ދަތުރުކުރުން ހުއްޓުވުމަށް އިސްލާމީ ޖުމްހޫރިއްޔާ (އީރާނުން) ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ފާލަންތަކަށާއި އިންޖީނުގެތަކަށް އެމެރިކާ ސިފައިން ހަމަލާދޭނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

ޚާރިޖީ ވަޒީރުގެ މި ވާހަކަތަކަކީ، އެމެރިކާގެ އިންޒާރުތަކާ ގުޅިގެން އީރާނުގެ އަސްކަރީ މަތީ ކޮމާންޑާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އެއިރޯސްޕޭސް ފޯސްއިން މީގެ ކުރިން ދީފައިވާ އިންޒާރުތަކާ އެއްގޮތް ވާހަކަތަކެކެވެ.

ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްއިން ވަނީ، އެމެރިކާއިން ދީފައިވާ އިންޒާރުތަކާ އެއްގޮތަށް އަމަލުކޮށްފިނަމަ، ހުރްމުޒް ކަނޑުއޮޅިން ދުނިޔޭގެ ތެޔޮ އުފުލާ އުޅަނދުފަހަރު ދަތުރުކުރުން މުޅިން ހުއްޓުވާނެ ކަމަށް ބުނެފަ އެވެ. އެ އިދާރާއިން ބުނި ގޮތުގައި، ހުރްމުޒް ކަނޑުއޮޅި މިހާރު އޮތީ ބަންދުކޮށްފަ އެވެ. އަދި އެއްވެސް އުޅަނދަކަށް އެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ ދެވޭނީ، ހަމައެކަނި ކަނޑައެޅިފައިވާ ވަކި މަގަކުން، ކުރިން އިއުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެ އެވެ.

އައި.އާރް.ޖީ.ސީ އެއިރޯސްޕޭސް ފޯސްގެ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް ސައްޔިދު މަޖީދު މޫސާވީ ވެސް ވަނީ، އީރާނުގެ ފާލަންތަކަށް ނުވަތަ އިންޖީނުގެތަކަށް އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކަށް ވަގުތުން ރައްދު ދޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

އޭނާ އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި، އީރާނުގެ ފާލަންތަކަށާއި އިންޖީނުގެތަކަށް ހަމަލާދީފިނަމަ، "ކުޑަކުދިން މަރާ މީހުންނަށް" ވާގިވެރިވާ ފަރާތްތަކާއި އެމީހުންނަށް ފުރުސަތު ދޭ ގައުމުތަކުން ކަރަންޓު ކެނޑި، އަނދިރިކަމުގެ ތެރެއަށް ދާނެކަން ކަށަވަރެވެ.

އީރާންއެމެރިކާ-އީރާންއިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އިތުރަށް ކިޔާލަން

23 ޖުލައި 2026

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 ޖުލައި 2026
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
22 ޖުލައި 2026

އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު

22 ޖުލައި 2026
އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު
22 ޖުލައި 2026

އީރާން ހަނގުރާމަ ނިމޭނެ ގޮތުގެ އެއްވެސް ޖަވާބެއް ނެތް

22 ޖުލައި 2026
އީރާން ހަނގުރާމަ ނިމޭނެ ގޮތުގެ އެއްވެސް ޖަވާބެއް ނެތް
22 ޖުލައި 2026

ޖެހިޖެހިގެން 11 ވަނަ ރޭ އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތައް ދީފި

22 ޖުލައި 2026
ޖެހިޖެހިގެން 11 ވަނަ ރޭ އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތައް ދީފި
21 ޖުލައި 2026

ސައުދީ އަރަބިއްޔާގެ ބަނދަރުތަކަށް މުދާ އުފުލާ އުޅަނދުފަހަރަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫޘީން ޝިޕިން ކުންފުނިތަކަށް ދީފި

21 ޖުލައި 2026
ސައުދީ އަރަބިއްޔާގެ ބަނދަރުތަކަށް މުދާ އުފުލާ އުޅަނދުފަހަރަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫޘީން ޝިޕިން ކުންފުނިތަކަށް ދީފި
21 ޖުލައި 2026

ހުރްމުޒް ގައި ޓޭންކަރުތަލުގައި ރޯވެފައި، އެމެރިކާ އާއި އީރާނުން ހަމަލާތައް ބަދަލު ކުރަނީ، އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟

21 ޖުލައި 2026
ހުރްމުޒް ގައި ޓޭންކަރުތަލުގައި ރޯވެފައި، އެމެރިކާ އާއި އީރާނުން ހަމަލާތައް ބަދަލު ކުރަނީ، އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟
21 ޖުލައި 2026

އީރާނު ހަނގުރާމަ އަކީ އެމެރިކާ ރައްޔިތުން ތާއީދުނުކުރާ، ނުރުހުންވާ ހަނގުރާމަ އެއް

21 ޖުލައި 2026
އީރާނު ހަނގުރާމަ އަކީ އެމެރިކާ ރައްޔިތުން ތާއީދުނުކުރާ، ނުރުހުންވާ ހަނގުރާމަ އެއް
21 ޖުލައި 2026

އީރާން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 100 މީހުންނަށް އަނިޔާވެެއްޖެ

21 ޖުލައި 2026
އީރާން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 100 މީހުންނަށް އަނިޔާވެެއްޖެ
21 ޖުލައި 2026

ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން

21 ޖުލައި 2026
ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން
21 ޖުލައި 2026

ޔަމަނުގެ ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި

21 ޖުލައި 2026
ޔަމަނުގެ ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް