Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީޔޫ

ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ

24 ޖުލައި 2026 | ހުކުރު 16:58

ގަލްފް ސަރަހައްދުގައި އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން، އެ ސަރަހައްދުގެ ސެޓެލައިޓް ފޮޓޯތައް އާންމުކުރުން 24 ގަޑިއިރަށް ލަސްކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ނިންމާފަ އެވެ. އީޔޫގެ މަސްލަހަތާއި ބައިވެރިންގެ ސަލާމަތަށްޓަކައި ނިންމި މި ނިންމުމަކީ، އެމެރިކާއިން އީރާނަށް ހަމަލާދޭން ފަށާފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ އެދުމުގެ މަތިން ނިންމި ނިންމުމެކެވެ.

ރާއްޖެ އެމްވީ | 24 ޖުލައި 2026 | ހުކުރު 16:58
2025 ޖުލައި 20 ވަނަ ދުވަހު ނަގާފައިވާ މި ސެޓެލައިޓް ފޮޓޯއިން ފެންނަނީ ސީރިއާގައި އޮންނަ އަލް-ތަންފް ބޭސް

2025 ޖުލައި 20 ވަނަ ދުވަހު ނަގާފައިވާ މި ސެޓެލައިޓް ފޮޓޯއިން ފެންނަނީ ސީރިއާގައި އޮންނަ އަލް-ތަންފް ބޭސް | ޕްލެނެޓް ލެބްސް

ސެޓެލައިޓް މެދުވެރިކޮށް ނަގާ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެއްބަސްވެއްޖެ އެވެ. އީޔޫގެ ރަސްމީ ޖާނަލް ގައި ޝާއިއުކޮށްފައިވާ ނިންމުމެއްގައިވާ ގޮތުން، ކޮޕަރނިކަސް ސެޓެލައިޓުން ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް ފޮނުވުން 24 ގަޑިއިރަށް ލަސްކުރުމަށް ވަނީ ނިންމާފަ އެވެ.

މި އެއްބަސްވުމަށް އީޔޫއިން އައިސްފައި މިވަނީ، ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ތެހެރާނާއި ވޮޝިންޓަނުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، އެ ސަރަހައްދު މިހާރު ވަނީ އަލުން ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފަ އެވެ.

ސެޓެލައިޓް ފޮޓޯތައް އާންމުކުރުން ލަސްކޮށްދިނުމަށް އެމެރިކާގެ އޮފިޝަލުން އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ކާޖާ ކާލަސްގެ އަރިހުން އެދިފައިވަނީ މެއި މަހުގެ 26 ވަނަ ދުވަހު އެވެ. މި އެދުމުގައި ހިމެނެނީ ގަލްފް ސަރަހައްދުގެ މަތިން ސެންޓިނަލް-1 އަދި ސެންޓިނަލް-2 ސެޓެލައިޓްތަކުން ނަގާ މައުލޫމާތުތަކެވެ.

ޖުލައި 13 ވަނަ ދުވަހު އީޔޫ ކައުންސިލުން ނިންމި ނިންމުމެއްގައި ބުނެފައިވަނީ، މިގޮތަށް އަމަލުކުރުމަކީ "ކޮންމެހެން ބޭނުންތެރި" ކަމެއް ކަމަށެވެ. އެއީ އެ ފޮޓޯތައް އެހެން ގައުމަކުން ނުވަތަ ޖަމާއަތަކުން ބޭނުންކޮށްގެން، އެ ސަރަހައްދުގައި އޮތް އީޔޫގެ މަސްލަހަތަށާއި، މެންބަރު ގައުމުތަކަށް ނުވަތަ އެ ގައުމުތަކުގެ ބައިވެރިންގެ މަސްލަހަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެކަން ހުއްޓުވުމަށްޓަކައި ކަމަށްވެސް އެ ނިންމުމުގައިވެ އެވެ.

މި ނިންމުން ތަންފީޒުކުރާ ސަރަހައްދަކީ މިހާރު ހަމަލާތައް ބަދަލުކުރަމުންދާ އަދި އެމެރިކާއިން އީރާނާ ދެކޮޅަށް ކަނޑުގެ މަގުން ބްލޮކޭޑެއް ނުވަތަ ބަންދެއް ކުރިމަތިކޮށްފައިވާ ގަލްފް ސަރަހައްދެވެ.

މަސްދަރު: އޭއެފްޕީ

ޔޫރަޕިއަން ޔޫނިއަންއެމެރިކާއީރާންކޮޕަރނިކަސްހުރްމުޒް ކަނޑުއޮޅިއެމެރިކާ-އީރާން

އިތުރަށް ކިޔާލަން

23 ޖުލައި 2026

އީރާނުން އެމެރިކާގެ ހަމަލާތަކަށް ރައްދުދޭން އާ ގޮތްތަކެއް ރާވައިފި ކަމުގައި އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެ

23 ޖުލައި 2026
އީރާނުން އެމެރިކާގެ ހަމަލާތަކަށް ރައްދުދޭން އާ ގޮތްތަކެއް ރާވައިފި ކަމުގައި އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެ
23 ޖުލައި 2026

އީރާނާއި ހޫޘީން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި، އެމެރިކާގެ ބޮން އެޅުން އަދިވެސް ކުރިއަށް: އެންމެ ފަހުން ހިނގީ ކޮންކަމެއް؟

23 ޖުލައި 2026
އީރާނާއި ހޫޘީން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި، އެމެރިކާގެ ބޮން އެޅުން އަދިވެސް ކުރިއަށް: އެންމެ ފަހުން ހިނގީ ކޮންކަމެއް؟
23 ޖުލައި 2026

ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"

23 ޖުލައި 2026
ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"
23 ޖުލައި 2026

ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދީފި

23 ޖުލައި 2026
ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދީފި
23 ޖުލައި 2026

އީރާނުގެ ދިފާއީ ސިޔާސަތަކީ "ލޮލަކަށް ލޮލެއް": އިސް ޑިޕްލޮމެޓް

23 ޖުލައި 2026
އީރާނުގެ ދިފާއީ ސިޔާސަތަކީ "ލޮލަކަށް ލޮލެއް": އިސް ޑިޕްލޮމެޓް
23 ޖުލައި 2026

މުޅި ސަރަހައްދުގައި އެމެރިކާއާ ވާގިވެރިވާ ފަރާތްތަކުގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި

23 ޖުލައި 2026
މުޅި ސަރަހައްދުގައި އެމެރިކާއާ ވާގިވެރިވާ ފަރާތްތަކުގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި
23 ޖުލައި 2026

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 ޖުލައި 2026
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
22 ޖުލައި 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ނާކާމިޔާބުވެފައިވާކަމަށް ސީއައިއޭގެ އެސެސްމަންޓަކުން ބުނުފި: ރިޕޯޓް

22 ޖުލައި 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ނާކާމިޔާބުވެފައިވާކަމަށް ސީއައިއޭގެ އެސެސްމަންޓަކުން ބުނުފި: ރިޕޯޓް
22 ޖުލައި 2026

ހުރްމުޒް އަށް ފަހު ބާބުލް މަންދަބު ބަންދުވުމާއެކު އެޝިއާގެ ގައުމުތަކަށް ތެޔޮ ލިބުމަށް އޮތީ ކޮން ގޮތެއް؟

22 ޖުލައި 2026
ހުރްމުޒް އަށް ފަހު ބާބުލް މަންދަބު ބަންދުވުމާއެކު އެޝިއާގެ ގައުމުތަކަށް ތެޔޮ ލިބުމަށް އޮތީ ކޮން ގޮތެއް؟
22 ޖުލައި 2026

އަންގާރަ ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ ތިން އުޅަނދު

22 ޖުލައި 2026
އަންގާރަ ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ ތިން އުޅަނދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް