Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ދުޝްމަނުން އަމާން ދިނުމުން ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށް އީރާނުން ބުނެފި

25 ޖުލައި 2026 | ހޮނިހިރު 11:53

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގައި އެމެރިކާއިން އާންމު ޚިދުމަތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނުން ދަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުން. ހުރްމުޒް ކަނޑުއޮޅީގެ އެއްބަސްވުންތަކާ އެމެރިކާއިން ޚިލާފުވުމުން މަސްރަހު ގޯސްވެފައިވާއިރު، ދުޝްމަނުން ބޯލަނބަންދެން މި ހަމަލާތައް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައި.

ރާއްޖެ އެމްވީ | 25 ޖުލައި 2026 | ހޮނިހިރު 11:53
އީރާނާއި އެމެރިކާއާ ދެމެދު އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ވެރިރަށް ތެހެރާންގެ މަގުތަކުގައި ހުރި ފާރުތަކުގައި ކުރަހާފައިވާ ހަނގުރާމައިގެ މަންޒަރުތައް ދައްކުވައިދޭ ކުރެހުންތަކާއި މިއުރަލްތަކުގެ ކައިރިން އެ ސިޓީގެ ބަޔަކު ހިނގާފައިދަނީ

އީރާނާއި އެމެރިކާއާ ދެމެދު އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ވެރިރަށް ތެހެރާންގެ މަގުތަކުގައި ހުރި ފާރުތަކުގައި ކުރަހާފައިވާ ހަނގުރާމައިގެ މަންޒަރުތައް ދައްކުވައިދޭ ކުރެހުންތަކާއި މިއުރަލްތަކުގެ ކައިރިން އެ ސިޓީގެ ބަޔަކު ހިނގާފައިދަނީ | ގެޓީ އިމޭޖަސް

އީރާނުގެ ދުޝްމަނުން "މުޅިން ބޯލަނބައި އަމާންދޭދެން" އެމެރިކާގެ އަމާޒުތަކަށް ދެމުންދާ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙައްމަދު ބާގިރު ޒުލްގަދަރު ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ މި ހަމަލާތަކަކީ މިނާބް އަދި ލާމަރްދުގައި ކުޑަކުދިން މަރާ ހިންގި ގަތުލުއާންމުގެ ބަދަލުހިފުމުގެ ގޮތުން ދެމުންދާ ހަމަލާތަކެއް ކަމަށެވެ.

ހޮނިހިރު ދުވަހު އާންމުކުރެއްވި މެސެޖެއްގައި ޒުލްގަދަރު ވިދާޅުވީ، އެ ސަރަހައްދުން ފެންނަ ކޮންމެ ދުންގަނޑަކީ އެމެރިކާގެ އަސްކަރީ، ސަލާމަތީ ނުވަތަ މާލީ މަރުކަޒަކަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއްގެ ނިޝާނެއް ކަމަށެވެ.

އީރާނުގެ ހަނގުރާމަވެރިން މެދުކެނޑުމެއްނެތި އަމާޒުތަކަށް ދެމުންދާ މި ހަމަލާތަކަކީ، ހޭލައިތިބި އީރާނުގެ ރައްޔިތުންގެ ރުޅިވެރިކަން އިސްތިއުމާރީ ބާރުތަކަށް ދައްކާލުން ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ. އަދި މާތްﷲގެ އިރާދަފުޅާއެކު، ދުޝްމަނުން މުޅިން ބޯލަނބައި އަމާންދެންދެން އަދި މިނާބް އާއި ލާމަރްދުގެ މައުސޫމް ކުޑަކުދިންގެ ލޭގެ ބަދަލު ހިފެންދެން މި ހަމަލާތައް ކުރިއަށްދާނެ ކަމަށްވެސް ޒުލްގަދަރު ވިދާޅުވި އެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށި ޣައިރު ގާނޫނީ އުދުވާނީ ހަނގުރާމައަށް މިހާރު ވަނީ ފަސް މަސް ފުރިފަ އެވެ.

އީރާނުން ދެމުންދިޔަ ބަދަލުހިފުމުގެ ހަމަލާތަކާއި ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ހޯދުމާ ގުޅިގެން، އޭޕްރިލް މަހުގެ 8 ވަނަ ދުވަހު، 40 ދުވަހަށްފަހު އެމެރިކާ އާއި އިސްރާއީލަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަންނަން މަޖުބޫރުވި އެވެ.

ނަމަވެސް، ޖޫން 17 ވަނަ ދުވަހު ޕާކިސްތާނުން މެދުވެރިވެގެން އެކުލަވާލި ފަހުމުނާމާއާ ޚިލާފަށް، ހުރްމުޒް ކަނޑުއޮޅިން ހުއްދަނެތި އަސްކަރީ އުޅަނދުތައް ދަތުރުކުރުވަން އެމެރިކާއިން މަސައްކަތް ކުރުމުން، އެ އެއްބަސްވުން ދެމެހެއްޓުމަށްޓަކައި އީރާނުގެ ކަނޑުގެ ސިފައިން ވަނީ އެ އުޅަނދުތައް ހުއްޓުވާފަ އެވެ. މިއާއެކު އެމެރިކާއިން ވަނީ އަލުން އީރާނަށް ހަމަލާދޭން ފަށާފަ އެވެ.

ވޭތުވެދިޔަ 13 ރޭ މެދުކެނޑުމެއްނެތި އެމެރިކާގެ އަސްކަރިއްޔާއިން ދަނީ އީރާނުގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާދެމުންނެވެ. މީގެ ތެރޭގައި މުވާސަލާތީ އިންފްރާސްޓްރަކްޗަރާއި، ފާލަންތަކާއި، ފެން ސާފުކުރާ ޕްލާންޓްތައް ފަދަ އާންމުންގެ ޚިދުމަތްތަކާ ގުޅޭ ތަންތަނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 55 މީހުން މަރުވެ، 645 މީހުން ވަނީ ޒަޚަމްވެފަ އެވެ.

މި ހަމަލާތަކުގެ ރައްދުގައި އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ދަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ.

އީރާން-އެމެރިކާއިސްރާއީލްހުރްމުޒް ކަނޑުއޮޅިއީރާން ހަނގުރާމަ

އިތުރަށް ކިޔާލަން

25 ޖުލައި 2026

އަވަހާރަކޮށްލަފާނެ ކަމުގެ ބިރަށް ޓްރަމްޕް ދަތުރުކުރެއްވި މަތިންދާ ބޯޓު ކުއްލިގޮތަކަށް ބަދަލުކުރި: ރިޕޯޓު

25 ޖުލައި 2026
އަވަހާރަކޮށްލަފާނެ ކަމުގެ ބިރަށް ޓްރަމްޕް ދަތުރުކުރެއްވި މަތިންދާ ބޯޓު ކުއްލިގޮތަކަށް ބަދަލުކުރި: ރިޕޯޓު
25 ޖުލައި 2026

އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!

25 ޖުލައި 2026
އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!
25 ޖުލައި 2026

އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް
25 ޖުލައި 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް
24 ޖުލައި 2026

'ސާފު އުސޫލެއް': މަރުވާ އީރާނުގެ ކޮންމެ މަދަނީ ރައްޔިތެއްގެ ބަދަލުގައި އެމެރިކާ ސިފައިންގެ މީހަކު މަރާލާނެ ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

24 ޖުލައި 2026
'ސާފު އުސޫލެއް': މަރުވާ އީރާނުގެ ކޮންމެ މަދަނީ ރައްޔިތެއްގެ ބަދަލުގައި އެމެރިކާ ސިފައިންގެ މީހަކު މަރާލާނެ ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ
24 ޖުލައި 2026

ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ

24 ޖުލައި 2026
ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ
24 ޖުލައި 2026

އެމެރިކާ އިން ކޯލޭންގް އަށް ދޭ ކޮންމެ ހަމަލާއަކީ ފެށުމުގައިވެސް މަރުވެފައިވާ އަދި ނާކާމިޔާބު އޮޕަރޭޝަނެއް، އެތަނަކީ ފުނޑުފުނޑުކޮށްލެވޭނެ ތަނެއްނޫން: އީރާން

24 ޖުލައި 2026
އެމެރިކާ އިން ކޯލޭންގް އަށް ދޭ ކޮންމެ ހަމަލާއަކީ ފެށުމުގައިވެސް މަރުވެފައިވާ އަދި ނާކާމިޔާބު އޮޕަރޭޝަނެއް، އެތަނަކީ ފުނޑުފުނޑުކޮށްލެވޭނެ ތަނެއްނޫން: އީރާން
24 ޖުލައި 2026

އެމެރިކާގެ ޕެންޓަގަންއަށް އެތައް އަހަރެއް ކުރިން ބޭނުންކުރުން ހުއްޓާލާފައިވާ މުސްކުޅި މިސައިލްތައް ހޯދަން މަޖުބޫރުވީ ކީއްވެ؟

24 ޖުލައި 2026
އެމެރިކާގެ ޕެންޓަގަންއަށް އެތައް އަހަރެއް ކުރިން ބޭނުންކުރުން ހުއްޓާލާފައިވާ މުސްކުޅި މިސައިލްތައް ހޯދަން މަޖުބޫރުވީ ކީއްވެ؟
24 ޖުލައި 2026

ހޫޘީން ޗައިނާގެ އުޅަނދުފަހަރަށް ހުއްދަ ދެނީ، ބުރާސްފަތިދުވަހު ހުރްމުޒް ހުރަސްކުރީ އެންމެ ޓޭންކަރެއް، އެމެރިކާއާ އީރާނުން ހަމަލާ ބަދަލުކުރަނީ: އެންމެ ފަހުން ހިނގީ ކޮން ކަމެއް؟

ބަހްރައިންއާއި އުރުދުންގައި ހުންނަ އެމެރިކާގެ މުހިންމު ދެ އަސްކަރީ މަރުކަޒަކަށް އީރާނުގެ އަސްކަރިއްޔާއިން ހަމަލާދީފި

24 ޖުލައި 2026
ބަހްރައިންއާއި އުރުދުންގައި ހުންނަ އެމެރިކާގެ މުހިންމު ދެ އަސްކަރީ މަރުކަޒަކަށް އީރާނުގެ އަސްކަރިއްޔާއިން ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް