Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އިން ކޯލޭންގް އަށް ދޭ ކޮންމެ ހަމަލާއަކީ ފެށުމުގައިވެސް މަރުވެފައިވާ އަދި ނާކާމިޔާބު އޮޕަރޭޝަނެއް، އެތަނަކީ ފުނޑުފުނޑުކޮށްލެވޭނެ ތަނެއްނޫން: އީރާން

24 ޖުލައި 2026 | ހުކުރު 15:38

އީރާނުގެ ކޯލޭންގް ފަރުބަދައަށް ހަމަލާދީގެން ކާމިޔާބީއެއް ހޯއްދެވުމަށް ޓްރަމްޕް މަސައްކަތް ކުރެއްވި ނަމަވެސް، އެއީ އެއްވެސް އެއްޗެއް ނެތް ހުސް ތަނެއް ކަމަށް އީރާނުން ބުނެފި. އެހެން ނަމަވެސް އެތަނަށް ހަމަލާއެއް ދީފި ނަމަ އެމެރިކާގެ ހަމަލާތަކަށް އަސްކަރީ ގޮތުންނާއި އެ ނޫން ގޮތްގޮތުންވެސް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުގެ އިސް އޮފިޝަލަކު ވަނީ ދެއްވާފައި.

ރާއްޖެ އެމްވީ | 24 ޖުލައި 2026 | ހުކުރު 15:38
2025 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި "ވެންޓޯ" ސެޓެލައިޓުން ނަގާފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި، "ޕިކްއޭކްސް މައުންޓަން" ގައި ހުންނަ ބިމުގެ އަޑީގެ ކޮމްޕްލެކްސް ކައިރީގައި ޓަނަލް ހެދުމުގެ މަސައްކަތްތަކެއް ދިޔައީ ކުރަމުން

2025 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި "ވެންޓޯ" ސެޓެލައިޓުން ނަގާފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި، "ޕިކްއޭކްސް މައުންޓަން" ގައި ހުންނަ ބިމުގެ އަޑީގެ ކޮމްޕްލެކްސް ކައިރީގައި ޓަނަލް ހެދުމުގެ މަސައްކަތްތަކެއް ދިޔައީ ކުރަމުން | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ކޫ-އޭ ކޯލޭންގް (މައުންޓް ކޯލޭންގް/ޕިކްއޭކްސް މައުންޓަން) އަށް ހަމަލާދީ ކާމިޔާބީއެއް ހާސިލުކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ނަމަވެސް ހުސްކޮށް އޮތް ތަނަކަށް ހަމަލާދިނުމަކީ ހަމައެކަނި ދޮގު ވާހަކަތަކެއް ފެތުރުމަށް ކުރާ ކަމެއް ކަމުގައި އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އިސް އޮފިޝަލަކު ޕްރެސް ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހު ވާހަކަދައްކަވަމުން އެ އޮފިޝަލް ވިދާޅުވީ، ކޯލޭންގް ފަރުބަދަ އަށް ހަމަލާދީގެން ޓްރަމްޕް ބޭނުންވަނީ އަމިއްލަފުޅަށް ކާމިޔާބީއެއް ހޯއްދަވަން ކަމަށެވެ. އެހެންނަމަވެސް، ހުސްކޮށް ހުރި ގުދަންތަކަކަށް ހަމަލާދިނުމަކީ ހަގީގީ އެއްވެސް ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ދޮގު ދައުވާތަކެއް އުފެއްދުމަށް ބޭނުންކުރެވިދާނެ އުކުޅެއްކަން އެންމެނަށްވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސަރަހައްދަށް ދޭ ކޮންމެ ހަމަލާއަކީ މިހާރުވެސް "ނާކާމިޔާބުވެފައިވާ އޮޕަރޭޝަނެއް" ކަމަށް އެ އޮފިޝަލް އިތުރަށް ވިދާޅުވިއެވެ. އަދި އެތަނަކީ ވަރަށް ވަރުގަދައަށް ރައްކާތެރިކޮށްފައިވާ ތަނެއް ކަމުން، ހަމަލާއެއްގެ ސަބަބުން އެތަން ފުނޑުފުނޑުވެގެން ނުދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، މިއަދުން ފެށިގެން ކޯލޭންގް އަށް ދޭ ކޮންމެ ހަމަލާއަކީ މަރުވެފައިވާ އަދި ނާކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ. ސަބަބަކީ އެތަނަކީ ފުނޑުފުނޑުކޮށްނުލެވޭނެ ފަދަ ވަރުގަދަ ބިނާއަކަށް ވުމުގެ އިތުރުން، އެންމެ މުހިންމު ކަމަކީ މިވަގުތު އެތަނަކީ އެއްވެސް އެއްޗެއް ނެތް ހުސް ތަނަކަށް ވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ރައްދު ހަމައެކަނި ވަރުގަދަ އަސްކަރީ ހަމަލާއަކުން ނިންމާ ނުލާނެ ކަމަށާއި، ތެހެރާނުން ތަފާތު ގޮތަކަށް މިކަމަށް ރައްދުދޭނެ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް "އަސްކަރީ ނޫން" ނުވަތަ ބަދަލު ގޮތެއްގައި ދޭނެ ރައްދަކީ ކޮބައިކަމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އޭނާ ވިދާޅުވީ، އީރާނުން މި އަމަލަށް ރައްދުދޭނީ ތަފާތު ގޮތަކަށް ކަމަށާއި، ހަމައެކަނި ބާރުގަދަ އަސްކަރީ ރައްދަކުން އެ ގައުމުން ނުފުއްދާނެ ކަމަށެވެ. މި އިންޒާރު އައިސްފައިވަނީ އެމެރިކާގެ އަސްކަރިއްޔާއިން ޖެހިޖެހިގެން 13 ރޭ ވަންދެން އީރާނުގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގަ އެވެ. މި ހަމަލާތަކުގައި އާންމުން ބޭނުންކުރާ ތަންތަނުގެ ތެރޭގައި ހިމެނޭ ފާލަންތަކާއި ފެން މީރުކުރާ ޕްލާންޓްތަކަށްވެސް ވަނީ އަމާޒުކޮށްފަ އެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގަމުންދާ ޣައިރު ގާނޫނީ އުދުވާނުތަކުގައި މިހާތަނަށް 55 މީހުން މަރުވެ، 645 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އީރާނުގެ އާންމު އިންފްރާސްޓްރަކްޗާ ކަމަށްވާ އިންޖީނުގެތަކާއި ފާލަންތަކުގެ އިތުރުން، އީރާނުގެ މެދުތެރޭގައި އޮންނަ ކޮލަންގް ފަރުބަދައަށް ހަމަލާދޭނެ ކަމަށް ތަކުރާރުކޮށް އިންޒާރު ދެއްވަމުންނެވެ.

ކޫ-އޭ ކޯލޭންގަކީ އީރާނުގެ މެދުތެރޭގެ ޕްރޮވިންސެއް ކަމަށްވާ އިސްފަހާންގައި، ނަޓާންޒް ނިއުކްލިއާ މަރުކަޒާ ކައިރީގައި އޮންނަ ފަރުބަދަމަތީ ސަރަހައްދެއްގެ ބައެކެވެ.

މައުންޓް ކޯލޭންގްއީރާން-އެމެރިކާއީރާން ހަނގުރާމަޕިކްއޭކްސް މައުންޓަން

އިތުރަށް ކިޔާލަން

24 ޖުލައި 2026

އެމެރިކާގެ ޕެންޓަގަންއަށް އެތައް އަހަރެއް ކުރިން ބޭނުންކުރުން ހުއްޓާލާފައިވާ މުސްކުޅި މިސައިލްތައް ހޯދަން މަޖުބޫރުވީ ކީއްވެ؟

24 ޖުލައި 2026
އެމެރިކާގެ ޕެންޓަގަންއަށް އެތައް އަހަރެއް ކުރިން ބޭނުންކުރުން ހުއްޓާލާފައިވާ މުސްކުޅި މިސައިލްތައް ހޯދަން މަޖުބޫރުވީ ކީއްވެ؟
24 ޖުލައި 2026

ހޫޘީން ޗައިނާގެ އުޅަނދުފަހަރަށް ހުއްދަ ދެނީ، ބުރާސްފަތިދުވަހު ހުރްމުޒް ހުރަސްކުރީ އެންމެ ޓޭންކަރެއް، އެމެރިކާއާ އީރާނުން ހަމަލާ ބަދަލުކުރަނީ: އެންމެ ފަހުން ހިނގީ ކޮން ކަމެއް؟

ބަހްރައިންއާއި އުރުދުންގައި ހުންނަ އެމެރިކާގެ މުހިންމު ދެ އަސްކަރީ މަރުކަޒަކަށް އީރާނުގެ އަސްކަރިއްޔާއިން ހަމަލާދީފި

24 ޖުލައި 2026
ބަހްރައިންއާއި އުރުދުންގައި ހުންނަ އެމެރިކާގެ މުހިންމު ދެ އަސްކަރީ މަރުކަޒަކަށް އީރާނުގެ އަސްކަރިއްޔާއިން ހަމަލާދީފި
24 ޖުލައި 2026

އިރާގުގެ ބޮޑުވަޒީރު މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެފި

24 ޖުލައި 2026
އިރާގުގެ ބޮޑުވަޒީރު މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެފި
24 ޖުލައި 2026

އީރާނުން އިނގިރޭސިވިލާތައް - ތިޔައީ މި ސަރަހައްދުގެ ރައްޔިތުންނަށް ކުރިމަތިވި ހުރިހާ ނުބައިކަމެއްގެ އަސްލު، ރެކޯޑު އިތުރަށް ހަޑިކުރާނެ ކަމެއް ނެތް، ހަމަލާތަކުގައި ބައިވެރިވާނަމަ ހަމަލާ ދޭނަން!

ޓްރަމްޕް ހުންނެވީ "ބަދަލުހިފުމުގެ ރޫހެއްގައި" - މެދުއިރުމައްޗަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވަން ފަށައިފި

24 ޖުލައި 2026
ޓްރަމްޕް ހުންނެވީ "ބަދަލުހިފުމުގެ ރޫހެއްގައި" - މެދުއިރުމައްޗަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވަން ފަށައިފި
24 ޖުލައި 2026

އެމެރިކާގެ ރައީސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު، ޖެހިޖެހިގެން 13 ވަނަ ރޭ އީރާނަށް ބޮންއަޅައިފި

24 ޖުލައި 2026
އެމެރިކާގެ ރައީސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު، ޖެހިޖެހިގެން 13 ވަނަ ރޭ އީރާނަށް ބޮންއަޅައިފި
23 ޖުލައި 2026

އީރާނުން އެމެރިކާގެ ހަމަލާތަކަށް ރައްދުދޭން އާ ގޮތްތަކެއް ރާވައިފި ކަމުގައި އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެ

23 ޖުލައި 2026
އީރާނުން އެމެރިކާގެ ހަމަލާތަކަށް ރައްދުދޭން އާ ގޮތްތަކެއް ރާވައިފި ކަމުގައި އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެ
23 ޖުލައި 2026

އީރާނާއި ހޫޘީން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި، އެމެރިކާގެ ބޮން އެޅުން އަދިވެސް ކުރިއަށް: އެންމެ ފަހުން ހިނގީ ކޮންކަމެއް؟

23 ޖުލައި 2026
އީރާނާއި ހޫޘީން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި، އެމެރިކާގެ ބޮން އެޅުން އަދިވެސް ކުރިއަށް: އެންމެ ފަހުން ހިނގީ ކޮންކަމެއް؟
23 ޖުލައި 2026

ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"

23 ޖުލައި 2026
ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް