އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!
25 ޖުލައި 2026 | ހޮނިހިރު 06:19ހުކުރު ދުވަހުގެ ރޭ ވައިޓް ހައުސްގައި އޮތް ކޮރަސްޕޮންޑެންޓްސް ޑިނަރގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާން އިން މިހާރު އަންނަނީ އެމެރިކާ އާއެކު ވާހަކަ ދައްކަމުން ކަމަށް. އަދި އެއްބަސްވުމަކަށް އަންނަން އީރާން އިން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި


ހުކުރު ދުވަހުގެ ރޭ ވައިޓް ހައުސްގައި އޮތް ކޮރަސްޕޮންޑެންޓްސް ޑިނަރގައި ބައިވެރިވެވަޑައިގެން ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ | ގެޓީ އިމޭޖަސް
އެމެރިކާ އާއި އީރާންއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަ ކުރުމަށް ވާހަކަ ދައްކަވަމުން އަންނަ ކަމަށާއި، އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ވައިޓް ހައުސްގައި އޮތް ކޮރަސްޕޮންޑެންޓްސް ޑިނަރގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާން އިން މިހާރު އަންނަނީ އެމެރިކާ އާއެކު ވާހަކަ ދައްކަމުން ކަމަށެވެ. އަދި އެއްބަސްވުމަކަށް އަންނަން އީރާން އިން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ނަމަވެސް، އެއްބަސްވުމަކަށް އަންނަން އީރާން އިން ތައްޔާރަށް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި، މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވީ، އީރާން އިން ދައްކާ ވާހަކަތަކަށް ސަމާލުކަން ދިނުމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ. އެހެން ނަމަވެސް، އީރާން އަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ސާފުކޮށް ޓްރަމްޕް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ޓްރަމްޕް ވަނީ، އީރާން އަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެކި ފަހަރު މަތިން ވިދާޅުވެފައި އެވެ. އަދި އީރާން އިން އެކަމަށް އެއްބަސްވާން ޖެހޭނެ ކަމަށާއި، އެމެރިކާ އިން އެކަމުގައި އެއްވެސް ދޫ ދިނުމެއް ނުގެން ގުޅޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އެހެންވެ، މި މައްސަލައިގައި ޓްރަމްޕް ހުންނެވީ ގޮތް ދޫ ކުރާ ގޮތަކަށް ނޫން ކަމަށް ސާފުވެގެންދެ އެވެ.
ހުކުރު ދުވަހުގެ ރޭ ވައިޓް ހައުސްގައި އޮތް ކޮރަސްޕޮންޑެންޓްސް ޑިނަރގައި ބައިވެރިވެ ވަޑައިގެން ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ
މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ އީރާންގެ ނޭވީ ފޯސް ނައްތާލާފައިވާ ކަމަށާއި، އެއާފޯސް ވެސް ނައްތާލާފައިވާ ކަމަށެވެ. ޚާއްސަކޮށް އީރާންގެ 250 ޖެޓު ނައްތާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވީއިރު، 159 ބޯޓު ކަނޑު މަތިން ގެއްލިފައިވާ ކަމަށް، ނުވަތަ ކަނޑު ފައްތާފައިވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި އެވެ.
އެއާ އެކު ޓްރަމްޕް ވިދާޅުވެފައި ވަނީ އީރާންގެ ރާޑަރު ނިޒާމް ނައްތާލާފައިވާ ކަމަށް، އެ ޤައުމުގެ ޑްރޯންތައް ވެސް މަދުކޮށްފައިވާ ކަމަށެވެ. އެެހެން ނަމަވެސް، މިހާރު ވެސް ކޮންމެ ވެސް ވަރަކަށް ބައެއް ސާމާނު ފެންނަމުން ދާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެއާ އެކު ވެސް، އީރާން ވަރަށް ބޮޑަށް ބަލިކަށި ވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާ ވާާހަކަ ވަނީ ތަކުރާރު ކުރައްވައިފަ އެވެ.
މި ހުރިހާ ކަމެއްގެ މައިގަނޑު މަޤްސަދަކީ އީރާން އަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދިނުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އީރާން އަށްނިއުކްލިއާ ހަތިޔާރު ލިބިއްޖެ ނަމަ، އީރާން އިން އެކަން ބޭނުން ކުރާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވި އެވެ.
މަސްދަރު: އަލް ޖަޒީރާ










