Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑޮނަލްޑް ޓްރަމްޕް

އަވަހާރަކޮށްލަފާނެ ކަމުގެ ބިރަށް ޓްރަމްޕް ދަތުރުކުރެއްވި މަތިންދާ ބޯޓު ކުއްލިގޮތަކަށް ބަދަލުކުރި: ރިޕޯޓު

25 ޖުލައި 2026 | ހޮނިހިރު 10:51

އީރާނުން ރައީސް ޓްރަމްޕަށް ހަމަލާދީފާނެ ކަމުގެ ޖާސޫސީ މައުލޫމާތު އިސްރާއީލުން ހިއްސާކުރުމާ ގުޅިގެން، ދިފާއީ ނިޒާމު ވަރުގަދަ ބޯޓަކަށް އެމަނިކުފާނުގެ ދަތުރުފުޅު ކުއްލި ގޮތަކަށް ވަނީ ބަދަލުކުރައްވާފައި. އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަކޮށްލުމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އެ ގައުމުން ދީފައިވާއިރު، ޓްރަމްޕް ވަނީ އޭނާއަށް ނުރައްކާކޮށްފިނަމަ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ވިދާޅުވެފައި.

ރާއްޖެ އެމްވީ | 25 ޖުލައި 2026 | ހޮނިހިރު 10:51
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް، ވޮޝިންގޓަނަށް އެނބުރި ވަޑައިގަތުމަށްޓަކައި ޖޮއިންޓް ބޭސް އެންޑްރޫސްގައި އެއަރ ފޯސް ވަން އިން ފައިބައިވަޑައިގަންނަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް، ވޮޝިންގޓަނަށް އެނބުރި ވަޑައިގަތުމަށްޓަކައި ޖޮއިންޓް ބޭސް އެންޑްރޫސްގައި އެއަރ ފޯސް ވަން އިން ފައިބައިވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް

މި މަހު ތުރުކީވިލާތުގައި ބޭއްވި ނޭޓޯ ސަމިޓަށްފަހު އެނބުރި ވަޑައިގަންނަވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ކުއްލި ގޮތަކަށް ދަތުރުކުރެއްވި މަތިންދާބޯޓު ބަދަލުކުރެއްވި ކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފި އެވެ. މިކަމާ ގުޅުންހުރި ފަރާތްތަކާ ހަވާލާދީ ހުކުރު ދުވަހު އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕް ކުއްލި ގޮތަކަށް ބޯޓު ބަދަލުކުރެއްވީ އެމަނިކުފާނު އަވަހާރަކޮށްލުމަށް އީރާނުން ރާވަމުންދާ ކަމަށް ބުނާ ރިޕޯޓްތަކަކާ ގުޅިގެންނެވެ.

ނިއުޔޯކް ޓައިމްސްއިން ބުނި ގޮތުގައި، އަންކާރާއިން ފުރާވަޑައިގަތުމަށް ޓްރަމްޕް ބޭނުންކުރެއްވީ ކުރިން ބޭނުންކުރެއްވި ބޯއިން 747-8 މަރުކާގެ "އެއާ ފޯސް ވަން" ބޯޓުގެ ބަދަލުގައި، ދިފާއީ ނިޒާމު ވަރުގަދަ ކުރީގެ އެއާ ފޯސް ވަން ބޯޓެވެ. ގަތަރުން ހަދިޔާކޮށްފައިވާ އާ ބޯޓުގައި ދިފާއީ ގާބިލުކަން ކުޑަވުމުން، "އީރާނުގެ މަދަދުލިބޭ ހަނގުރާމަވެރި ޖަމާއަތްތަކުން" ރައީސްގެ ފުރާނައަށް ނުރައްކާކޮށްފާނެ ކަމަށް އޮފިޝަލުން ގަބޫލުކުރެއްވީ އެވެ.

މި ބަދަލު ގެނެސްފައިވަނީ ޓްރަމްޕަށް އަމާޒުކޮށް އީރާނުން ހަމަލާއެއް ދޭން އުޅޭ ކަމުގެ ޖާސޫސީ މައުލޫމާތު އިސްރާއީލުން އެމެރިކާއާ ހިއްސާކުރި ދަނޑިވަޅެއްގަ އެވެ. ނަމަވެސް، ބައެއް އެމެރިކާގެ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި އިސްރާއީލުން މި މައުލޫމާތު ހިއްސާކުރީ އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރުމަށް ޓްރަމްޕަށް ބާރުއެޅުމުގެ ގޮތުން ކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވެ އެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ބޮމުގެ ހަމަލާތަކުގައި އެ ގައުމުގެ ގިނަ އިސް އޮފިޝަލުންނާއި އަސްކަރީ ކޮމާންޑަރުން ވަނީ މަރާލާފަ އެވެ. މީގެ ތެރޭގައި ފެބްރުއަރީ 28 ވަނަ ދުވަހު ތެހެރާންގައި ހުންނަ އޭނާގެ ގަނޑުވަރަށް ދިން ހަމަލާއެއްގައި އަވަހާރަކޮށްލި އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ވެސް ހިމެނެ އެވެ.

މި ހާދިސާއަށްފަހު ޓްރަމްޕް ވިދާޅުވީ އޭނާއަކީ އީރާނުން މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގައި ހިމެނޭ މީހެއް ކަމަށެވެ. އަދި އޭނާ އަވަހާރަކޮށްލަން މަސައްކަތްކޮށްފިނަމަ، އީރާނަށް އެތައް ހާސް މިސައިލް ހަމަލާއެއް ފޮނުވާލާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވާފަ އެވެ.

އީރާނުގެ އާ ލީޑަރު މުޖްތަބާ ޚާމަނާއީ ވަނީ އޭނާގެ ބައްޕަގެ މަރުގެ ބަދަލު ހިފާނެ ކަމަށް މި މަހު ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް އޭނާ ޓްރަމްޕްގެ ނަން ސީދާ ވިދާޅެއް ނުވެ އެވެ. އެހެންނަމަވެސް، ކުރީގެ ލީޑަރު ޚާމަނާއީއާއި އެހެނިހެން އޮފިޝަލުންގެ ޖަނާޒާގެ ހިނގާލުންތަކުގައި އީރާނުގެ ގިނަ އަދަދެއްގެ އާންމުން ވަނީ ޓްރަމްޕް މަރާލުމަށް ގޮވާލާފަ އެވެ.

ޑޮނަލްޑް ޓްރަމްޕްއީރާން-އެމެރިކާޢަލީ ޚަމަނާއީދަ ނިއުޔޯކް ޓައިމްސްއީރާން-އިސްރާއީލުމުޖްތަބާ ހާމަނީ

އިތުރަށް ކިޔާލަން

25 ޖުލައި 2026

ޓްރަމްޕްގެ މަޖާ ވާހަކަފުޅުތަކެއް: ވިދާޅުވީ ތިން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށާއި، ހަތަރު ވަނަ ދައުރަކަށް ވެސް ވާދަ ކުރައްވާނެ ކަމަށް!

25 ޖުލައި 2026
ޓްރަމްޕްގެ މަޖާ ވާހަކަފުޅުތަކެއް: ވިދާޅުވީ ތިން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށާއި، ހަތަރު ވަނަ ދައުރަކަށް ވެސް ވާދަ ކުރައްވާނެ ކަމަށް!
25 ޖުލައި 2026

އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!

25 ޖުލައި 2026
އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!
25 ޖުލައި 2026

އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް
25 ޖުލައި 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް
24 ޖުލައި 2026

'ސާފު އުސޫލެއް': މަރުވާ އީރާނުގެ ކޮންމެ މަދަނީ ރައްޔިތެއްގެ ބަދަލުގައި އެމެރިކާ ސިފައިންގެ މީހަކު މަރާލާނެ ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

24 ޖުލައި 2026
'ސާފު އުސޫލެއް': މަރުވާ އީރާނުގެ ކޮންމެ މަދަނީ ރައްޔިތެއްގެ ބަދަލުގައި އެމެރިކާ ސިފައިންގެ މީހަކު މަރާލާނެ ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ
24 ޖުލައި 2026

އެމެރިކާ އިން ކޯލޭންގް އަށް ދޭ ކޮންމެ ހަމަލާއަކީ ފެށުމުގައިވެސް މަރުވެފައިވާ އަދި ނާކާމިޔާބު އޮޕަރޭޝަނެއް، އެތަނަކީ ފުނޑުފުނޑުކޮށްލެވޭނެ ތަނެއްނޫން: އީރާން

24 ޖުލައި 2026
އެމެރިކާ އިން ކޯލޭންގް އަށް ދޭ ކޮންމެ ހަމަލާއަކީ ފެށުމުގައިވެސް މަރުވެފައިވާ އަދި ނާކާމިޔާބު އޮޕަރޭޝަނެއް، އެތަނަކީ ފުނޑުފުނޑުކޮށްލެވޭނެ ތަނެއްނޫން: އީރާން
24 ޖުލައި 2026

އެމެރިކާގެ ޕެންޓަގަންއަށް އެތައް އަހަރެއް ކުރިން ބޭނުންކުރުން ހުއްޓާލާފައިވާ މުސްކުޅި މިސައިލްތައް ހޯދަން މަޖުބޫރުވީ ކީއްވެ؟

24 ޖުލައި 2026
އެމެރިކާގެ ޕެންޓަގަންއަށް އެތައް އަހަރެއް ކުރިން ބޭނުންކުރުން ހުއްޓާލާފައިވާ މުސްކުޅި މިސައިލްތައް ހޯދަން މަޖުބޫރުވީ ކީއްވެ؟
24 ޖުލައި 2026

ހޫޘީން ޗައިނާގެ އުޅަނދުފަހަރަށް ހުއްދަ ދެނީ، ބުރާސްފަތިދުވަހު ހުރްމުޒް ހުރަސްކުރީ އެންމެ ޓޭންކަރެއް، އެމެރިކާއާ އީރާނުން ހަމަލާ ބަދަލުކުރަނީ: އެންމެ ފަހުން ހިނގީ ކޮން ކަމެއް؟

ބަހްރައިންއާއި އުރުދުންގައި ހުންނަ އެމެރިކާގެ މުހިންމު ދެ އަސްކަރީ މަރުކަޒަކަށް އީރާނުގެ އަސްކަރިއްޔާއިން ހަމަލާދީފި

24 ޖުލައި 2026
ބަހްރައިންއާއި އުރުދުންގައި ހުންނަ އެމެރިކާގެ މުހިންމު ދެ އަސްކަރީ މަރުކަޒަކަށް އީރާނުގެ އަސްކަރިއްޔާއިން ހަމަލާދީފި
24 ޖުލައި 2026

އިރާގުގެ ބޮޑުވަޒީރު މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެފި

24 ޖުލައި 2026
އިރާގުގެ ބޮޑުވަޒީރު މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް