Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީރާން ހަނގުރާމަ

އެމެރިކާގެ ޕެންޓަގަންއަށް އެތައް އަހަރެއް ކުރިން ބޭނުންކުރުން ހުއްޓާލާފައިވާ މުސްކުޅި މިސައިލްތައް ހޯދަން މަޖުބޫރުވީ ކީއްވެ؟

24 ޖުލައި 2026 | ހުކުރު 15:00

އީރާނުގެ ހަމަލާތަކާ ގުޅިގެން އެމެރިކާގެ ވައިގެ ދިފާއީ މިސައިލް ރިޒާވް ހުސްވަމުންދާތީ، މީގެ 30 އަހަރު ކުރިން ބޭނުންކުރި މުސްކުޅި "ޕީއޭސީ-2" މަރުކާގެ މިސައިލްތައް އަލުން ގަތުމަށް އެގައުމަށް ވަނީ މަޖުބޫރުވެފައި. ޒަމާނީ މިސައިލްތައް އުފައްދާ މިންވަރަށްވުރެ ބޭނުންކުރާ މިންވަރު އިތުރުވެފައިވަނީ، އިސްރާއީލާއި ޔޫކްރެއިން ފަދަ ގައުމުތަކަށް ގިނަ އަދަދެއްގެ ސްޓޮކް ފޮނުވުމުގެ ސަބަބުން. މިއީ އީރާނުގެ އަގުހެޔޮ އަސްކަރީ އުކުޅުތަކުގެ ކުރިމަތީގައި އެމެރިކާގެ އަގުބޮޑު ދިފާއީ ނިޒާމުތައް ނާކާމިޔާބުވަމުންދާކަމުގެ ހެއްކެއް.

ރާއްޖެ އެމްވީ | 24 ޖުލައި 2026 | ހުކުރު 15:00
ދެކުނު ކޮރެއާގެ ސުވޮންގައި ހުންނަ އެ ގައުމުގެ ވައިގެ ސިފައިންގެ މަރުކަޒެއްގައި ގާއިމުކޮށްފައިވާ "ޕެޓްރިއަޓް ޕީއޭސީ-2" މިސައިލް ސިސްޓަމެއްގެ ކައިރިން އެމެރިކާގެ ވައިގެ ސިފައިންގެ މަތިންދާބޯޓެއް ދަތުރުކުރަނީ.

ދެކުނު ކޮރެއާގެ ސުވޮންގައި ހުންނަ އެ ގައުމުގެ ވައިގެ ސިފައިންގެ މަރުކަޒެއްގައި ގާއިމުކޮށްފައިވާ "ޕެޓްރިއަޓް ޕީއޭސީ-2" މިސައިލް ސިސްޓަމެއްގެ ކައިރިން އެމެރިކާގެ ވައިގެ ސިފައިންގެ މަތިންދާބޯޓެއް ދަތުރުކުރަނީ. | ގެޓީ އިމޭޖަސް

އީރާނުގެ ވަރުގަދަ ދިފާއީ ހަމަލާތަކުގެ ސަބަބުން އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުތަކުގެ ރިޒާވް ހުސްވަމުންދާތީ، އެތައް އަހަރަކަށްފަހު ފުރަތަމަ ފަހަރަށް މިހާރު އާންމުކޮށް ބޭނުންނުކުރާ މުސްކުޅި "ޕީއޭސީ-2 ޕެޓްރިއަޓް" (PAC-2 Patriot) މިސައިލް ގަތުމަށް އެމެރިކާގެ އަސްކަރިއްޔާއަށް މަޖުބޫރުވެއްޖެ އެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ ޒަމާނީ ދިފާއީ ކެޕޭސިޓީއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

ޓީޑަބްލިއުޒެޑް (twz.com) އިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، "އޮޕަރޭޝަން އެޕިކް ފިއުރީ" އަށް ބޭނުންވާ "ޕެޓްރިއަޓް ގައިޑެންސް އެންހާންސްޑް މިސައިލް-ޓެކްޓިކަލް" (GEM-T) އުފެއްދުމަށްޓަކައި، ރޭތިއަން އާރްޓީއެކްސް (Raytheon RTX) ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަށް އޭޕްރިލް 30 ވަނަ ދުވަހު ވަނީ 441.6 މިލިއަން ޑޮލަރުގެ އިތުރު ބަދަލެއް ގެނެސްފަ އެވެ. މިއީ މުސްކުޅި ޕީއޭސީ-2 ސީރީޒްގެ މިސައިލްތަކުގެ އަޕްގްރޭޑް ކުރެވިފައިވާ ވަރޝަނެކެވެ.

އާންމު ބަޖެޓުން ބޭރުން، 2026 ވަނަ އަހަރުގެ ޚާއްސަ މާލީ ކަނޑައެޅުންތަކުގެ ދަށުން ފަންޑުކޮށްފައިވާ މި އަވަސް އޯޑަރު، މިއަހަރުގެ ސެޕްޓެމްބަރު 30 ގެ ނިޔަލަށް ނިންމުމަށް ވަނީ އަންގާފަ އެވެ. މިއީ ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި އެމެރިކާގެ ބޭނުންތަކަށް މި ބާވަތުގެ މިސައިލް ގަންނަ ފުރަތަމަ ފަހަރެވެ. މި މިސައިލްތައް އުފެއްދުމުގެ މަސައްކަތް ކުރިއަށްދަނީ ޕެންސިލްވޭނިއާގެ ޗެމްބަރސްބާގްގައި ހުންނަ ރޭތިއަންގެ ފެސިލިޓީގަ އެވެ. މިއީ އެމެރިކާގައި މި ނިޒާމު އުފައްދާ ހަމައެކަނި ޕްރޮޑަކްޝަން ލައިނެވެ.

މި ނިންމުން ނިންމާފައިވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އޭޕްރިލް މަހުގެ ކުރީކޮޅާ ހަމައަށް، އީރާނުން ދެމުންދިޔަ ސީދާ މިސައިލް އަދި ޑްރޯން ހަމަލާތަކުން ދިފާއުވުމަށް އެމެރިކާ ސިފައިން 1،060 އާއި 1،430 އާ ދެމެދުގެ އަދަދަކަށް ޕެޓްރިއަޓް އިންޓަރސެޕްޓަރުތައް ބޭނުންކޮށް، ރިޒާވް ވަރަށް ބޮޑަށް ހުސްވުމާ ގުޅިގެންނެވެ.

އީރާނުގެ ދިފާއީ ގާބިލްކަން ނައްތާލުމަށް އެމެރިކާއިން ފެށި މި ހަނގުރާމައިގެ ސަބަބުން، އެމެރިކާއާއި އެގައުމުގެ ބައިވެރިންގެ ވައިގެ ދިފާއީ ނިޒާމުތަކުގެ ބަލިކަށިކަން ވަނީ ވަރަށް ބޮޑަށް ހާމަވެފަ އެވެ.

އީރާނުގެ ސިފައިން ބޭނުންކުރި ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލް އަދި އަގުހެޔޮ ޑްރޯންތަކުގެ ސަބަބުން، ހުޅަނގުގެ އަގުބޮޑު ދިފާއީ ނިޒާމުތަކަށް ވަނީ ބާރުބޮޑުވެފަ އެވެ. މީގެ ސަބަބުން، އީރާނުގެ އަގުހެޔޮ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ކުރި އަގުބޮޑު ޚަރަދުތަކުގެ ސަބަބުން އެގައުމުގެ މިސައިލް ރިޒާވް ވަނީ ނުހިފެހެއްޓޭ މިންވަރަށް ދަށްވެފަ އެވެ.

ޕީއޭސީ-2 ޖީއީއެމް-ޓީ (PAC-2 GEM-T) މިސައިލްތަކަކީ މައިގަނޑު ގޮތެއްގައި ބެލިސްޓިކް މިސައިލާއި މަތިންދާބޯޓުތައް ގޮއްވާލުމަށް ފަރުމާކޮށްފައިވާ "ބްލާސްޓް-ފްރެގްމެންޓޭޝަން" ވޯހެޑްތަކެއް ބޭނުންކުރާ އެއްޗެކެވެ. މި މިސައިލްތަކަކީ މިހާރު ބޭނުންކުރާ ޒަމާނީ ޕީއޭސީ-3 (PAC-3) އަށްވުރެ ގާބިލްކަން ދަށް އެއްޗެއް ކަމަށް އަސްކަރީ މާހިރުން އެއްބަސްވެ އެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއަށް މިހާރު އޮތީ މަޖުބޫރު ހާލަތެކެވެ. އެއީ ޒަމާނީ އިންޓަރސެޕްޓަރުތައް އުފައްދާ މިންވަރަށްވުރެ ބޭނުންކުރާ މިންވަރު އިތުރުވުމާއި، ޔޫކްރެއިންގެ ސަރުކާރަށާއި، އިސްރާއީލަށާއި، ގަލްފުގެ ގައުމުތަކަށް ޕީއޭސީ-3 ގެ ސްޓޮކް ފޮނުވުމުގެ ސަބަބުން ރިޒާވް ހުސްވެފައިވުމެވެ.

މި ހާލަތުން ހާމަވަނީ ވޮޝިންގޓަނުން އީރާނާ ދެކޮޅަށް ގެންގުޅުނު ހަރުކަށި ސިޔާސަތު އިސްތިރާޖީ ގޮތުން ނާކާމިޔާބުވެފައިވާ މިންވަރެވެ. އީރާނުގެ ވަރުގަދަ މިސައިލް ސިނާއަތާއި ހަނގުރާމައިގެ އުކުޅުތަކުގެ ސަބަބުން، އެމެރިކާގެ ޕެންޓަގަންއަށް ވަނީ މީގެ އެތައް އަހަރެއް ކުރިން ބޭނުންކުރުން ހުއްޓާލާފައިވާ މުސްކުޅި މިސައިލްތައް ހޯދުމަށް ދުވަން ޖެހިފަ އެވެ.

މުހައްލިލުން ފާހަގަކުރާ ގޮތުގައި، ޕީއޭސީ-2 މިސައިލެއްގެ އަގު ޕީއޭސީ-3 އަށްވުރެ މާ ބޮޑަށް ހެޔޮވި ނަމަވެސް، އޭގެ ފެންވަރު ދަށެވެ. މީގެއިން ދޭހަވަނީ އީރާނުން ގެންގުޅުނު އަގުހެޔޮ އަދި ގިނަ ހަމަލާތައް އެއްފަހަރާ ފޮނުވާލުމުގެ އުކުޅުގެ ސަބަބުން، އެމެރިކާގެ އެތައް މިލިއަން ޑޮލަރެއްގެ ދިފާއީ ނިޒާމުތައް މާލީ ގޮތުންނާއި އޮޕަރޭޝަނަލް ގޮތުން އިނދަޖެހިފައިވާ މިންވަރެވެ.

މި އެއްބަސްވުމުގެ ދަށުން ހުރިހާ ފައިސާއެއް ވަގުތުން ދޫކޮށް، ފަސް މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި މިސައިލްތައް ފޯރުކޮށްދޭން ޖެހުމަކީ މި މައްސަލަ އޮތް ނުރައްކާތެރި މިންވަރު ހާމަކޮށްދޭ ކަމެކެވެ.

އެމެރިކާގެ އޮފިޝަލުން މީގެ ކުރިން ޕެޓްރިއަޓް ނިޒާމަކީ ވައިގެ ދިފާއީ ދާއިރާގެ "ރަން މިންގަނޑު" ކަމަށް ސިފަކުރި ނަމަވެސް، އީރާނު ފަދަ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމަކާ ކުރިމަތިލާން ޖެހުމުން، އެ ނިޒާމުގެ ނުކުޅެދުންތެރިކަން ވަނީ ފެންމަތިވެފަ އެވެ.

އެހެން ގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް އެހީތެރިވުމުގެ ސަބަބުން އެމެރިކާގެ މިސައިލް ރިޒާވަށް ކުރިންވެސް ވަނީ ބާރުބޮޑުވެފަ އެވެ. ނަމަވެސް އީރާނުގެ އަސްކަރިއްޔާއާ ސީދާ ކުރިމަތިލާން ޖެހުމުން، އާންމު އުސޫލުން އިއާދަނުކުރެވޭ މިންވަރަށް ސްޓޮކް ވަނީ ހުސްވެފަ އެވެ.

އީރާނުން އެގައުމުގެ ދިފާއީ ބާރު އިތުރަށް ވަރުގަދަކުރަމުންދާއިރު، އެމެރިކާއިން މިސައިލް ގަންނަން މި ނިންމި ނިންމުމަކީ އެގައުމުގެ ބަލިކަށިކަން ގަބޫލުކުރުމެވެ.

އެމެރިކާއަކީ އަސްކަރީ ގޮތުން ބޮޑު ސިނާއަތެއް އޮތް ގައުމެއް ނަމަވެސް، އީރާނުން އަމިއްލަ އީޖާދުތަކާއި ގައުމީ އަޒުމުގެ ވަރުގަދަކަން ދައްކަމުންދާއިރު، އެމެރިކާއަށް ޖެހިފައިވަނީ މުސްކުޅި އާލާތްތައް އަލުން ބޭނުންކުރާށެވެ. މިއީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަކީ އެމެރިކާއަށް އުފުލޭނެ ބުރައެއް ނޫންކަން އަންގައިދޭ ވަރުގަދަ ހެއްކެކެވެ.

އީރާން ހަނގުރާމައީރާން-އެމެރިކާ

އިތުރަށް ކިޔާލަން

24 ޖުލައި 2026

ހޫޘީން ޗައިނާގެ އުޅަނދުފަހަރަށް ހުއްދަ ދެނީ، ބުރާސްފަތިދުވަހު ހުރްމުޒް ހުރަސްކުރީ އެންމެ ޓޭންކަރެއް، އެމެރިކާއާ އީރާނުން ހަމަލާ ބަދަލުކުރަނީ: އެންމެ ފަހުން ހިނގީ ކޮން ކަމެއް؟

24 ޖުލައި 2026
ހޫޘީން ޗައިނާގެ އުޅަނދުފަހަރަށް ހުއްދަ ދެނީ، ބުރާސްފަތިދުވަހު ހުރްމުޒް ހުރަސްކުރީ އެންމެ ޓޭންކަރެއް، އެމެރިކާއާ އީރާނުން ހަމަލާ ބަދަލުކުރަނީ: އެންމެ ފަހުން ހިނގީ ކޮން ކަމެއް؟
24 ޖުލައި 2026

ބަހްރައިންއާއި އުރުދުންގައި ހުންނަ އެމެރިކާގެ މުހިންމު ދެ އަސްކަރީ މަރުކަޒަކަށް އީރާނުގެ އަސްކަރިއްޔާއިން ހަމަލާދީފި

24 ޖުލައި 2026
ބަހްރައިންއާއި އުރުދުންގައި ހުންނަ އެމެރިކާގެ މުހިންމު ދެ އަސްކަރީ މަރުކަޒަކަށް އީރާނުގެ އަސްކަރިއްޔާއިން ހަމަލާދީފި
24 ޖުލައި 2026

އިރާގުގެ ބޮޑުވަޒީރު މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެފި

24 ޖުލައި 2026
އިރާގުގެ ބޮޑުވަޒީރު މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެފި
24 ޖުލައި 2026

އީރާނުން އިނގިރޭސިވިލާތައް - ތިޔައީ މި ސަރަހައްދުގެ ރައްޔިތުންނަށް ކުރިމަތިވި ހުރިހާ ނުބައިކަމެއްގެ އަސްލު، ރެކޯޑު އިތުރަށް ހަޑިކުރާނެ ކަމެއް ނެތް، ހަމަލާތަކުގައި ބައިވެރިވާނަމަ ހަމަލާ ދޭނަން!

24 ޖުލައި 2026
އީރާނުން އިނގިރޭސިވިލާތައް - ތިޔައީ މި ސަރަހައްދުގެ ރައްޔިތުންނަށް ކުރިމަތިވި ހުރިހާ ނުބައިކަމެއްގެ އަސްލު، ރެކޯޑު އިތުރަށް ހަޑިކުރާނެ ކަމެއް ނެތް، ހަމަލާތަކުގައި ބައިވެރިވާނަމަ ހަމަލާ ދޭނަން!
24 ޖުލައި 2026

ޓްރަމްޕް ހުންނެވީ "ބަދަލުހިފުމުގެ ރޫހެއްގައި" - މެދުއިރުމައްޗަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވަން ފަށައިފި

24 ޖުލައި 2026
ޓްރަމްޕް ހުންނެވީ "ބަދަލުހިފުމުގެ ރޫހެއްގައި" - މެދުއިރުމައްޗަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވަން ފަށައިފި
24 ޖުލައި 2026

އެމެރިކާގެ ރައީސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު، ޖެހިޖެހިގެން 13 ވަނަ ރޭ އީރާނަށް ބޮންއަޅައިފި

24 ޖުލައި 2026
އެމެރިކާގެ ރައީސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު، ޖެހިޖެހިގެން 13 ވަނަ ރޭ އީރާނަށް ބޮންއަޅައިފި
23 ޖުލައި 2026

އީރާނުން އެމެރިކާގެ ހަމަލާތަކަށް ރައްދުދޭން އާ ގޮތްތަކެއް ރާވައިފި ކަމުގައި އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެ

23 ޖުލައި 2026
އީރާނުން އެމެރިކާގެ ހަމަލާތަކަށް ރައްދުދޭން އާ ގޮތްތަކެއް ރާވައިފި ކަމުގައި އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެ
23 ޖުލައި 2026

އީރާނާއި ހޫޘީން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި، އެމެރިކާގެ ބޮން އެޅުން އަދިވެސް ކުރިއަށް: އެންމެ ފަހުން ހިނގީ ކޮންކަމެއް؟

23 ޖުލައި 2026
އީރާނާއި ހޫޘީން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި، އެމެރިކާގެ ބޮން އެޅުން އަދިވެސް ކުރިއަށް: އެންމެ ފަހުން ހިނގީ ކޮންކަމެއް؟
23 ޖުލައި 2026

ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"

23 ޖުލައި 2026
ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"
23 ޖުލައި 2026

ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދީފި

23 ޖުލައި 2026
ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް