Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ޓްރަމްޕްގެ މަޖާ ވާހަކަފުޅުތަކެއް: ވިދާޅުވީ ތިން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށާއި، ހަތަރު ވަނަ ދައުރަކަށް ވެސް ވާދަ ކުރައްވާނެ ކަމަށް!

25 ޖުލައި 2026 | ހޮނިހިރު 08:17

ހުކުރު ދުވަހުގެ ރޭ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އޮތް ކޮރެސްޕޮންޑެންޓްސް ޑިނަރގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ރައީސް ކަމުގެ ހަތަރު ވަނަ ދައުރަކަށް ވާދަ ކުރައްވާނެކަން އުފަލާ އެކު އިއުލާން ކުރައްވާ ކަމަށް. އެއާ އެކު ޓްރަމްޕް ވަނީ، "ޓްރަމްޕް 2028" ޖަހާފައިވާ ތޮތްޕެއް ވެސް އަޅުއްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖުލައި 2026 | ހޮނިހިރު 08:17
"ޓްރަމްޕް 2028" ޖަހާފައިވާ ތޮތްޕަކާ އެކު، ހުކުރު ދުވަހުގެ ރޭ އޮތް އިވެންޓުގައި ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ

"ޓްރަމްޕް 2028" ޖަހާފައިވާ ތޮތްޕަކާ އެކު، ހުކުރު ދުވަހުގެ ރޭ އޮތް އިވެންޓުގައި ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ކަމުގެ ހަތަރު ވަނަ ދައުރަކަށް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެ، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަމާސާ ޒާތަކަށް ވާހަކަފުޅު ދައްކަވައިފި އެވެ. 

ހުކުރު ދުވަހުގެރޭ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އޮތް ކޮރެސްޕޮންޑެންޓްސް ޑިނަރގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ރައީސް ކަމުގެ ހަތަރު ވަނަ ދައުރަކަށް ވާދަ ކުރައްވާނެކަން އުފަލާ އެކު އިއުލާން ކުރައްވާ ކަމަށެވެ. އެއާ އެކު ޓްރަމްޕް ވަނީ، "ޓްރަމްޕް 2028" ޖަހާފައިވާ ތޮތްޕެއް ވެސް އަޅުއްވައިފަ އެވެ.

އެއާ އެކު ޓްރަމްޕް ވިދާޅުވީ، މިހާތަނަށް އެމެރިކާގެ ތިން ރިޔާސީ އިންތިޚާބު އޭނާ ކާމިޔާބު ކުރައްވާފައިވާ ކަމަށާއި، އަނެއްކާ ވެސް އެކަން ތަކުރާރު ކުރައްވާނެ ކަމަށެވެ. ދެ ވަނަ އަށް އޭނާ ވާދަ ކުރެއްވި ރިޔާސީ އިންތިޚާބުގައި ވަރަށް ރަނގަޅު ނަތީޖާ ތަކެއް ލިބުނު ކަމަށާއި، އެ އިންތިޚާބަކީ އޮޅުވާލާފައިވާ އިންތިޚާބެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އެެ އިންތިޚާބުން ވެސް މޮޅުވީ އޭނާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕް އެ އިޝާރާތް ކުރެއްވީ 2020 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށެވެ. ދެ ވަނަ ދައުރަކަށް ވެރިކަން ހޯއްްދެއްވުމަށް އެ އިންތިޚާބުގައި ޓްރަމްޕް ވާދަ ކުރެއްވި ނަމަވެސް، ކުރީގެ ރައީސް ޖޯ ބައިޑަން ވަނީ ޓްރަމްޕް ބަލި ކުރައްވައިފަ އެވެ. އޭގެ ހަތަރު އަހަރު ފަހުން 2024 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ޓްރަމްޕް ވަނީ ދެ ވަނަ ދައުރެއް ހޯއްދަވައިފަ އެވެ. 

ހުކުރު ދުވަހުގެރޭ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އޮތް ކޮރެސްޕޮންޑެންޓްސް ޑިނަރގައި ޓްރަމްޕް ވާހަކަ ދައްކަވަނީ

އެމެރިކާގެ ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތުން، އެ ޤައުމުގެ ރައީސްކަން ކުރެވޭނީ އެންމެ ގިނަވެގެން ދެ ދައުރަށެވެ. މިހާރު ޓްރަމްޕް ގެންދަވަނީ އޭނާގެ ދެ ވަނަ ދައުރު ފުރިހަމަ ކުރައްވަމުން ކަމަށް ވާތީ، އިތުރު ދައުރަކަށް ވާދަ ކުރެއްވުމުގެ ފުރުސަތު އޭނާ އަކަށް ނޯންނާނެ އެވެ. އެހެން ނަމަވެސް، ހަތަރު ވަނަ ދައުރަކަށް ވެސް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވާހަކަ ދެއްކެވިއިރު، ގިނަ ބަޔަކު ބުނަނީ މިއީ ޓްރަމްޕް ސަމާސާ ކުރެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅެއް ކަމަށެވެ. 

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ޓްރަމްޕް ވަނީ، 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ އޮޅުވާލާފައިވާ އަދި ވަގަށް ނަގާފައިވާ އިންތިޚާބެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު އެއްވެސް ހެއްކެއް ޓްރަމްޕް އަށް ދެއްކެވިފައި ނުވެ އެވެ. އެފަހަރުގެ އިންތިޚާބުން ބަލިވުމާ އެކު، ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ހަމަނުޖެހުން ހިންގައި، ބޮޑެތި ގެއްލުން ތަކެއް ވެސް ދީފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

25 ޖުލައި 2026

އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!

25 ޖުލައި 2026
އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!
25 ޖުލައި 2026

އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް
25 ޖުލައި 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް
24 ޖުލައި 2026

ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ

24 ޖުލައި 2026
ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ
23 ޖުލައި 2026

ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"

23 ޖުލައި 2026
ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"
23 ޖުލައި 2026

މުޅި ސަރަހައްދުގައި އެމެރިކާއާ ވާގިވެރިވާ ފަރާތްތަކުގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި

23 ޖުލައި 2026
މުޅި ސަރަހައްދުގައި އެމެރިކާއާ ވާގިވެރިވާ ފަރާތްތަކުގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި
22 ޖުލައި 2026

ޓްރަމްޕް ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހުއްދަ ދެއްވައިފި

22 ޖުލައި 2026
ޓްރަމްޕް ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހުއްދަ ދެއްވައިފި
22 ޖުލައި 2026

މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް

22 ޖުލައި 2026
މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް
22 ޖުލައި 2026

ޖެހިޖެހިގެން 11 ވަނަ ރޭ އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތައް ދީފި

22 ޖުލައި 2026
ޖެހިޖެހިގެން 11 ވަނަ ރޭ އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތައް ދީފި
22 ޖުލައި 2026

ޓްރަމްޕް ބޭނުންވަނީ އދ.ގެ ސެކްރެޓަރީ ޖެނަރަލަށް އިންފަންޓީނޯ ގެންނަވަން

22 ޖުލައި 2026
ޓްރަމްޕް ބޭނުންވަނީ އދ.ގެ ސެކްރެޓަރީ ޖެނަރަލަށް އިންފަންޓީނޯ ގެންނަވަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް