ކްލޮޕް ބޭނުން ވަނީ ޖަރުމަނު ޓީމު އެހެން ހަރުފަތަކަށް ގެންދަން، އެކަމަކު އާއިލާާއާ ދިމާކޮށްލައިފިނަމަ މަގާމު ދޫކޮށްލާނެ ކަމުގެ އިންޒާރު ދީފި!
25 ޖުލައި 2026 | ހޮނިހިރު 04:52ކްލޮޕްް ބުނީ އޭނާގެ އެންމެ ބޮޑު އަމާޒަކީ، މެޗު ބެލުމަށް ފަހު ޖަރުމަނުގެ ސަޕޯޓަރުން ހިތްހަމަޖެހިގެން ގެޔަށް ދިޔުން ކަމަށް. އެގޮތުން ސަޕޯޓަރުން ބަލާ ހިތްވާ ކަހަލަ ކުޅުމެއް ޖަރުމަނުން ފެންނަން ބޭނުންވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައި. އެއާ އެކު ކްލޮޕް ބުނީ، ފުޓުބޯޅަ އަކީ ސިޓީއެއްގެ އިތުރުން، މުޅި ޤައުމުގެ ވެސް ރޫހު ބަދަލު ކޮށްލެވޭނެ ފަދަ ވަސީލަތެއް ކަމަށް


ޖަރުމަނުގެ ކޯޗަކަށް ހަމަޖެއްސި ޔާގަން ކްލޮޕް | ރޮއިޓާސް
ޖަރުމަނު ޤައުމީ ޓީމުގެ އައު ކޯޗުގެ މަގާމާ ހަވާލުވުމަށް ފަހު، ބޭނުން ވަނީ ޖަރުމަނުގެ ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންގޮސް، މުޅި ޤައުމުގެ ރޫހު ބަދަލު ކޮށްލަން ކަމަށް ޔާގަން ކްލޮޕް ބުނެފި އެވެ.
ޖަރުމަނުގެ ކޯޗުގެ މަގާމާ ހަވާލުވުމަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާތަކާ ވާހަކަ ދައްކަމުން ކްލޮޕް ބުނެފައި ވަނީ، މިިއީ އޭނާގެ ކޯޗިން ކެރިއަރުގެ އެންމެ މަތީ ހަރުފަތް ކަމަށާއި، މިއީ އޭނާގެ އެންމެ ފަހު ވަޒީފާ އަށް ވުމަކީ ވެސް ގާތް ކަމެއް ކަމަށެވެ. ޖަރުމަނުގެ ކޯޗުކަން ކްލޮޕްއާ ހަވާލު ކުރީ، އެ ޓީމުގެ ޙާލަތު ބަދަލުކޮށް، ރަނގަޅު ކާމިޔާާބީތަކެއް ހޯދައި ދިނުމަށެވެ.
ކްލޮޕްް ބުނީ އޭނާގެ އެންމެ ބޮޑު އަމާޒަކީ، މެޗު ބެލުމަށް ފަހު ޖަރުމަނުގެ ސަޕޯޓަރުން ހިތްހަމަޖެހިގެން ގެޔަށް ދިޔުން ކަމަށެވެ. އެގޮތުން ސަޕޯޓަރުން ބަލާ ހިތްވާ ކަހަލަ ކުޅުމެއް ޖަރުމަނުން ފެންނަން ބޭނުންވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައި އެވެ. އެއާ އެކު ކްލޮޕް ބުނީ، ފުޓުބޯޅަ އަކީ ސިޓީއެއްގެ އިތުރުން، މުޅި ޤައުމުގެ ވެސް ރޫހު ބަދަލު ކޮށްލެވޭނެ ފަދަ ވަސީލަތެއް ކަމަށެވެ. ލިވަޕޫލް އާއެކު ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި ލިބުނު ތަޖުރިބާ އިން އެކަން އެނގޭ ކަމަށް ވެސް ކްލޮޕް ފާހަގަ ކުރި އެވެ.
ޖަރުމަނުގެ ކޯޗުކަމާ ކްލޮޕް ހަވާލުވެފައި ވަނީ، 2030 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ. ނަމަވެސް. ފުރަތަމަ ދުވަހު ވެސް ކްލޮޕް ވަނީ ވަރުގަދަ ވާހަކައެއް ބުނެފައި އެވެ. އެގޮތުން ނޫސްވެރިންނާއި މީޑިއާތަކުގެ ފަރާތުން އޭނާގެ އާއިލާ އަށް އުނދަގޫތަކެއް ކުރިމަތިވާ ނަމަ، އެއީ ކެތްކުރެވޭނެ ކަމެއް ނޫން ކަމަށް ކްލޮޕް ވަނީ ބުނެފައި އެވެ. އެހެން ވެއްޖެ ނަމަ، މަގާމުން އިސްތިއުފާާ ދޭނެ ކަމަށް ވެސް ކްލޮޕް ބުންޏެވެ.
މީގެ އިތުރުން ޓީމުގެ ނަތީޖާ ދަށްވެގެން ނުވަތަ ގޯސްވެގެން މަގާމުން ވަކިވާން ބޭނުންވާ ނަމަ، އެއްވެސް ބަދަލަކާ ނުލައި މަގާމުން ވަކިވާން އޭނާ ހުންނަނީ ތައްޔާރަށް ކަމަށް ވެސް ކްލޮޕް ބުނެފައިވެ އެވެ. ކްލޮޕް ބޭނުން ވަނީ އެހެން ޓީމުތަކުން ކުޅެމުން އަންނަ ކުޅުން ކޮޕީ ކުރުމުގެ ބަދަލުގައި، ޖަރުމަނުން އެ ޓީމުގެ އަމިއްލަ ވައްޓަފާޅީގައި ކުޅުމަށެވެ. ފްރާންސް ކަހަލަ ޓީމުތަކުގައި ތިބި ފެންވަރުގެ ކުޅުންތެރިން ޖަރުމަނުގައި ނެތް ނަމަވެސް، ކްލޮޕް ބުނީ ފީފާ ރޭންކިންގެ ކުރީގައި އޮތް 11 ޓީމު ބަލި ކުރުމުގެ ޤާބިލުކަން ޖަރުމަނުގައި ހުރި ކަމަށެވެ.
ކްލޮޕްގެ އިރުޝާދުގެ ދަށުން ޖަރުމަނު ކުޅޭ އެންމެ ފުރަތަމަ މެޗަކަށް ވާނީ ޔުއެފާ ނޭޝަންސް ލީގުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.










