Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ޕެނަލްޓީގައި ވަރުގަދަ ޖަރުމަނު ކަޓުވާލައި، ޕެރަގުއޭ ގަދަ 16 އަށް

ޕެނަލްޓީގައި ޖަރުމަނަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ. ޕެރަގުއޭ އިން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2026 | އަންގާރަ 01:32
މެޗުން މޮޅުވުމުން ޕެރަގުއޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުން މޮޅުވުމުން ޕެރަގުއޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ވަރުގަދަ ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޕެރަގުއޭ އިން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ފަތިހު ކުޅުނު މެޗު ޕެރަގުއޭ އިން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައި އެވެ.

މެޗގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ޕެރަގުއޭ އަށް ލީޑު ނަގައިދިނީ ހޫލިއޯ އެންސީސޯ އެވެ. ނަމަވެސް، ދެ ވަނަ ހާާފު ފަށައި ނުވަ ވަނަ މިނެޓުގައި ކައި ހަވާޓްޒް ވަނީ ލަނޑު ޖަހައި ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދީފައި އެވެ. އެއީ ފްލޯރިއަން ވާޓްޒް ތަނަަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، އިތުރު ވަގުތުގެ ދެ ހާފު ކުޅެނެވެ. އިތުރު ވަގުތުގެ ހާފުގައި ޖަރުމަނުގެ ޖޮނަތަން ޓާ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޖަރުމަނަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ. އެ ޓީމުގެ އަނެއް ދެ ޕެނަލްޓީ ޕެރަގުއޭގެ ގޯލު ކީޕަރު ވަނީ މަތަކޮށްފައި އެވެ. އަދި އަނެއް ޕެނަލްޓީ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ. ޕެރަގުއޭ އިން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފައި އެވެ. ޕެރަގުއޭގެ އެއް ޕެނަލްޓީ ގޯލާ އަމާޒު ނުވިއިރު، އަނެއް ޕެނަލްޓީ ޖަރުމަނުގެ ގޯލު ކީޕަރު ވަނީ ހުއްޓުވައިފަ އެވެ.

މުބާރާތުގެ ގަދަ 16 ހައި ޕެރަގުއޭ ވާދަ ކުރަން ޖެހޭނީ ފްރާންސް އާއި ސްވިޑެން ކުޅޭ މެޗުން މޮޅުވަާ ޓީމަކާ ދެކޮޅަށެވެ.

ފީފާ ވާރލްޑް ކަޕް 2026ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުޕެރަގުއޭ ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

30 ޖޫން 2026

ފަހަތުން އަރައި ޖަޕާން ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް

30 ޖޫން 2026
ފަހަތުން އަރައި ޖަޕާން ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް
29 ޖޫން 2026

ވޯލްޑް ކަޕްގައި ބޭނުންކުރާ ބޯޅައަށް އައިސްފައިވާ ބަދަލުތައް

29 ޖޫން 2026
ވޯލްޑް ކަޕްގައި ބޭނުންކުރާ ބޯޅައަށް އައިސްފައިވާ ބަދަލުތައް
29 ޖޫން 2026

ވޯލްޑް ކަޕްގެ ނާކާމިޔާބާ އެކު، ދެކުނު ކޮރެއާގެ ކޯޗު މަގާމުން ވަކިވެއްޖެ

29 ޖޫން 2026
ވޯލްޑް ކަޕްގެ ނާކާމިޔާބާ އެކު، ދެކުނު ކޮރެއާގެ ކޯޗު މަގާމުން ވަކިވެއްޖެ
29 ޖޫން 2026

މެސީ ބޭނުންވީ އެހެން ކުޅުންތެރިންނަށް ވަގުތު ދޭން، އޭނާގެ ކުޅުމާ މެދު މިހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި: ސްކަލޯނީ

29 ޖޫން 2026
މެސީ ބޭނުންވީ އެހެން ކުޅުންތެރިންނަށް ވަގުތު ދޭން، އޭނާގެ ކުޅުމާ މެދު މިހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި: ސްކަލޯނީ
29 ޖޫން 2026

ދެކުނު އެފްރިކާ ބަލިކޮށް، ކެނެޑާ ގަދަ 16 އަށް

29 ޖޫން 2026
ދެކުނު އެފްރިކާ ބަލިކޮށް، ކެނެޑާ ގަދަ 16 އަށް
28 ޖޫން 2026

ވޯލްޑް ކަޕްގެ ތާރީޚުގައި ނޮކްއައުޓް ބުރަށް ދިޔަ އެންމެ ކުޑަ ޤައުމަކީ ކޭޕް ވާޑް!

28 ޖޫން 2026
ވޯލްޑް ކަޕްގެ ތާރީޚުގައި ނޮކްއައުޓް ބުރަށް ދިޔަ އެންމެ ކުޑަ ޤައުމަކީ ކޭޕް ވާޑް!
28 ޖޫން 2026

ހިލޭ ޖެހުމެއްގައި މެސީ ޖެހި ލަނޑާ އެކު މޮޅުވެ، އާޖެންޓީނާގެ ރެކޯޑު ކުރިއަށް

28 ޖޫން 2026
ހިލޭ ޖެހުމެއްގައި މެސީ ޖެހި ލަނޑާ އެކު މޮޅުވެ، އާޖެންޓީނާގެ ރެކޯޑު ކުރިއަށް
28 ޖޫން 2026

ޕޯޗުގަލްއާ އެއްވަރުކޮށް، ކޮލަމްބިއާ އަށް ގުރޫޕުގެ އެއް ވަނަ

28 ޖޫން 2026
ޕޯޗުގަލްއާ އެއްވަރުކޮށް، ކޮލަމްބިއާ އަށް ގުރޫޕުގެ އެއް ވަނަ
28 ޖޫން 2026

ޕެނަމާ ބަލިކޮށް އިންގްލެންޑަށް އެއް ވަނަ، ދެ ވަނައިގައި ކްރޮއޭޝިއާ ވެސް އަނެއް ބުރަށް

28 ޖޫން 2026
ޕެނަމާ ބަލިކޮށް އިންގްލެންޑަށް އެއް ވަނަ، ދެ ވަނައިގައި ކްރޮއޭޝިއާ ވެސް އަނެއް ބުރަށް
27 ޖޫން 2026

މުސްލިމު ކުޅުންތެރިންނަށް އިޙުތިރާމް ކުރުމުގެ ގޮތުން، ޓްރޮފީ އިން ބަނގުރާ އިޝްތިހާރު އުނި ކޮށްފި

27 ޖޫން 2026
މުސްލިމު ކުޅުންތެރިންނަށް އިޙުތިރާމް ކުރުމުގެ ގޮތުން، ޓްރޮފީ އިން ބަނގުރާ އިޝްތިހާރު އުނި ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު