Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ރެއާލްގެ ކޯޗަކަށް ކްލޮޕް ގެންނަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

6 ޖޫން 2026 | ހޮނިހިރު 04:03

ކްލޮޕްގެ އެޖެންޓު ބުނީ މިފަދަ ވާހަކަތައް ފެތުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ކްލޮޕް ހުރީ ރެޑްބުލްގެ މަސައްކަތުގައި ވަރަށް ހިތްހަމަ ޖެހިފައި ކަމަށް. އެއާ އެކު އޭނާ ބުނީ، މިވަގުތު އެއްވެސް ކުލަބެއްގެ ކޯޗުކަމާ ހަވާލުވުމަކީ ކްލޮޕް ވިސްނާ ކަމެއް ނޫން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖޫން 2026 | ހޮނިހިރު 04:03
ރެއާލްގެ ރައީސް ކަމަށް ވާދަ ކުރައްވާ ރިކޭލްމޭ.

ރެއާލްގެ ރައީސް ކަމަށް ވާދަ ކުރައްވާ ރިކޭލްމޭ. | ރޮއިޓާސް

ރެއާލް މެޑްރިޑުގެ އިންތިޚާބު ކާމިޔާބުކޮށް އެ ކުލަބުގެ ރައީސްކަން ލިބިއްޖެ ނަމަ، އެ ކުލަބުގެ ކޯޗަކަށް ޔާގަން ކްލޮޕް ގެންނާނެ ކަމަށް ވިދާޅުވެ އެންރީކޭ ރިކޭލްމޭ ދެއްކެވި ވާހަކަތައް ކްލޮޕްގެ އެޖެންޓު ދޮގު ކޮށްފި އެވެ. 

ދާދި ފަހުން ރިކޭލްމޭ ވިދާޅުވެފައި ވަނީ، ރެއާލްގެ އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ އެ ކުލަބުގެ ކޯޗަކަށް ކްލޮޕް ގެންނާނެ ކަމަށެވެ. އެގޮތުން އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ، ރެއާލްގެ ފަރާތުން ކްލޮޕްއާ ވާހަކަ ދައްކާނެ ކަމަށާއި، ރެއާލްގެ ޕްރޮޖެކްޓަށް ބޭނުންވާ ކޯޗަކީ ކްލޮޕް ކަމަށެވެ.

ނަމަވެސް، ކްލޮޕްގެ އެޖެންޓު ވަނީ ރިކޭލްމޭގެ ވާހަކަތައް ދޮގު ކޮށްފަ އެވެ. އެގޮތުން ރެއާލްގެ ކޯޗަކަށް ދިޔުމަކީ ކްލޮޕް ވިސްނަމުން އަންނަ ކަމެއް ނޫން ކަމަށް ވެސް އޭނާގެ އެޖެންޓު ވަނީ ބުނެފައި އެވެ. ކްލޮޕްގެ އެޖެންޓު ބުނީ މިފަދަ ވާހަކަތައް ފެތުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ކްލޮޕް ހުރީ ރެޑްބުލްގެ މަސައްކަތުގައި ވަރަށް ހިތްހަމަ ޖެހިފައި ކަމަށެވެ. އެއާ އެކު އޭނާ ބުނީ، މިވަގުތު އެއްވެސް ކުލަބެއްގެ ކޯޗުކަމާ ހަވާލުވުމަކީ ކްލޮޕް ވިސްނާ ކަމެއް ނޫން ކަމަށެވެ. 

މިވަގުތު ކްލޮޕް އަންނަނީ ރެޑްބުލްގެ ހެޑް އޮފް ގްލޯބަލް ސޮކާގެ މަގާމު އަދާ ކުރަމުންނެވެ. އެ މަގާމަށް ދިޔުމުގެ ކުރިން އޭނާ ހުރީ ލިވަޕޫލްގަ އެވެ. ލިވަޕޫލް އަށް ނުވަ ސީޒަންގައި ކްލޮޕް އިރުޝާދު ދީފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ލިވަޕޫލް އިން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން، ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ. 

ރެއާލްގެ ރައީސް ކަމަށް އިންތިޚާބު ވެއްޖެ ނަމަ އެ ކުލަބުގެ ކޯޗަކަށް ކްލޮޕް ގެންނާނެ ކަމަށް ރިކޭލްމޭ ވިދާޅުވީއިރު، މީގެ ކުރިން އޭނާ ވަނީ ރައީސްކަން ލިބިއްޖެ ނަމަ މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އާލިން ހާލަންޑް އާއި ރޮޑްރީ ވެސް ރެއާލް އަށް ގެންނާނެ ކަމަށް ވިދާޅުވެފައި އެވެ. ރިކޭލްމޭގެ އެ ވާހަކަތަކާ ގުޅިގެން ސިޓީ އިން ވެސް ވަނީ އެކަމާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފައި އެވެ. 

ރެއާލްގެ އިންތިޚާބު އާދީއްތަ ދުވަހު އޮންނައިރު، ރައީސް ކަމުގެ މަގާމަށް ވާދަ ކުރައްވަނީ ރިކޭލްމޭގެ އިތުރުން މިހާރު ވެސް ރައީސް ކަމުގައި ހުންނެވި ފްލޮރެންޓީނޯ ޕެރޭޒް އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އިންތިޚާބުގައި ކުރި ހޯއްދަވާނީ ޕެރޭޒް އެވެ.

ރެއާލް މެޑްރިޑްއެންރީކޭ ރިކޭލްމޭޔާގެން ކްލޮޕް

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2026

ކްލޮޕްގެ ދެވަނަ މެޗުގައި ގްރީސް އަތުން ޖަރުމަނު ބަލިވެއްޖެ

28 ސެޕްޓެމްބަރު 2026
ކްލޮޕްގެ ދެވަނަ މެޗުގައި ގްރީސް އަތުން ޖަރުމަނު ބަލިވެއްޖެ
21 ސެޕްޓެމްބަރު 2026

އެތުލެޓިކޯގެ އަތް ދަށުވެ، ރެއާލް ފަހަތަށް

21 ސެޕްޓެމްބަރު 2026
އެތުލެޓިކޯގެ އަތް ދަށުވެ، ރެއާލް ފަހަތަށް
16 ސެޕްޓެމްބަރު 2026

ފަހު ވަގުތު އެލްޗޭ އަތުން ރެއާލް އަށް އުނދަގޫ މޮޅެއް

16 ސެޕްޓެމްބަރު 2026
ފަހު ވަގުތު އެލްޗޭ އަތުން ރެއާލް އަށް އުނދަގޫ މޮޅެއް
13 ސެޕްޓެމްބަރު 2026

އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ރެއާލް އަށް ހަމަޖެހުމެއް

13 ސެޕްޓެމްބަރު 2026
އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ރެއާލް އަށް ހަމަޖެހުމެއް
09 ސެޕްޓެމްބަރު 2026

އިންޓަރ ބަލިކޮށް، ރެއާލްގެ ފެށުން ވެސް ރަނގަޅުކޮށްފި

09 ސެޕްޓެމްބަރު 2026
އިންޓަރ ބަލިކޮށް، ރެއާލްގެ ފެށުން ވެސް ރަނގަޅުކޮށްފި
05 ސެޕްޓެމްބަރު 2026

ބެޓިސް އިން ރެއާލް ބަލިކޮށްފި

05 ސެޕްޓެމްބަރު 2026
ބެޓިސް އިން ރެއާލް ބަލިކޮށްފި
31 އޯގަސްޓު 2026

މަލާގާ ބަލިކޮށް، ރެއާލްގެ މޮޅުވުން ކުރިއަށް

31 އޯގަސްޓު 2026
މަލާގާ ބަލިކޮށް، ރެއާލްގެ މޮޅުވުން ކުރިއަށް
31 އޯގަސްޓު 2026

ޕީއެސްޖީ މީހަކަށް ބެލެންޑިއޯ ދެންޏާ ދޭންވީ އެންރީކޭ އަށް، ސްޕެއިން މީހަކަށް ދެންޏާ ފުއެންޓޭ އަށް: މޮރީނިއޯ

31 އޯގަސްޓު 2026
ޕީއެސްޖީ މީހަކަށް ބެލެންޑިއޯ ދެންޏާ ދޭންވީ އެންރީކޭ އަށް، ސްޕެއިން މީހަކަށް ދެންޏާ ފުއެންޓޭ އަށް: މޮރީނިއޯ
23 އޯގަސްޓު 2026

ފަހު ވަގުތު އެސްޕަންޔޯލް ބަލިކޮށް، ރެއާލް އަށް ރަނގަޅު ފެށުމެއް

23 އޯގަސްޓު 2026
ފަހު ވަގުތު އެސްޕަންޔޯލް ބަލިކޮށް، ރެއާލް އަށް ރަނގަޅު ފެށުމެއް
14 އޯގަސްޓު 2026

ލަލީގާ: ބާސެލޯނާ ތިންވަނަ ތަށި ހޯދުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ވުމަށް ކުރެވޭ މުހިންމު ސުވާލުތައް

14 އޯގަސްޓު 2026
ލަލީގާ: ބާސެލޯނާ ތިންވަނަ ތަށި ހޯދުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ވުމަށް ކުރެވޭ މުހިންމު ސުވާލުތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް