Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ޤައުމީ ޓީމު

ޖަރުމަނު ޤައުމީ ޓީމާ ކްލޮޕް ހަވާލުވުމުގެ ފުރުސަތު އެބަ އޮތް!

ޖަރުމަނުގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ޖަރުމަނުގެ ޤައުމީ ޓީމަށް ކްލޮޕް ހަމަޖައްސަން އެ ޤައުމުގެ ފުޓުބޯޅަ އެސޯސިއޭޝަން އިން ބޭނުންވާ ނަމަ، ކްލޮޕް ހުރީ އެކަމާ ގުޅޭ ވާހަކަ ދައްކައި އަދި މަޝްވަރާ ކުރަން ތައްޔާރަށް. ނަމަވެސް، މަޤާމުން އިސްތިއުފާ ނުދޭނެ ކަމަށް މިހާރުގެ ކޯޗު ނާގަލްސްމަން ބުނެފައިވާތީ، އެކަމުގައި ގޮތެއް ނިންމާނީ ޖަރުމަނުގެ ފުޓުބޯޅަ އެސޯސިއޭޝަން އިން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖުލައި 2026 | ބުރާސްފަތި 06:53
ޔާގަން ކްލޮޕް.

ޔާގަން ކްލޮޕް. | ރޮއިޓާސް

ޖަރުމަނުގެ ޤައުމީ ޓީމުގެ ކޯޗުގެ މަޤާމާ ހަވާލުވުމަށް، އެ ޤައުމުގެ ތަޖުރިބާކާރު ކޯޗު ޔާގަން ކްލޮޕް ހަވާލުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޖަރުމަނުގެ ކޯޗު ކަމުގައި މިވަގުތު ހުރީ ހޫލިއަން ނާގަލްސްމަން އެވެ. ނަމަވެސް، މިހާރު ކުރިއަށްދާ ފީފާ ވަރލްޑް ކަޕްގެ ގަދަ 32 ގައި ޕެރަގުއޭ އަތުން ބަލިވެ، ޖަރުމަނު މުބާރާތުން ކެޓުމާ އެކު ނާގަލްސްމަންގެ މުސްތަޤުބަލާ މެދު ވަނީ ސުވާލު އުފެދިފައި އެވެ. ނާގަލްސްމަން ވަނީ މަޤާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފައި އެވެ.

އުމުރުން 59 އަހަރުގެ ކްލޮޕް މިވަގުތު ހުރީ ރެޑްބުލްގެ ހެޑް އޮފް ގްލޯބަލް ސޮކާގެ މަޤާމުގައި އެވެ. އޭގެ ކުރިން އޭނާ އިރުޝާދު ދީފައި ވަނީ ލިވަޕޫލް އަށެވެ. ލިވަޕޫލްގައި ކާމިޔާބު މަސައްކަތް ތަކެއް ކުރުމަށް ފަހު، ކްލޮޕް އެ ކުލަބު ދޫކޮށްލަން ނިންމީ އެވެ. އޭގެ ފަހުން އޭނާ ހޯދުމަށް ބައެއް ކުލަބު ތަކުން ޝައުޤުވެރިކަން ފާޅު ކުރި ނަަމަވެސް، ކްލޮޕް ވަނީ ކުލަބަކާ ހަވާލުވުމުގެ ވިސްނުމެއް ނެތް ކަމަށް ހާމަ ކޮށްފައި އެވެ.

ޖަރުމަނުގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ޖަރުމަނުގެ ޤައުމީ ޓީމަށް ކްލޮޕް ހަމަޖައްސަން އެ ޤައުމުގެ ފުޓުބޯޅަ އެސޯސިއޭޝަން އިން ބޭނުންވާ ނަމަ، ކްލޮޕް ހުރީ އެކަމާ ގުޅޭ ވާހަކަ ދައްކައި އަދި މަޝްވަރާ ކުރަން ތައްޔާރަށެވެ. ނަމަވެސް، މަޤާމުން އިސްތިއުފާ ނުދޭނެ ކަމަށް މިހާރުގެ ކޯޗު ނާގަލްސްމަން ބުނެފައިވާތީ، އެކަމުގައި ގޮތެއް ނިންމާނީ ޖަރުމަނުގެ ފުޓުބޯޅަ އެސޯސިއޭޝަން އިންނެވެ.

އެކަމާ ގުޅޭ ގޮތުން ކްލޮޕް ބުނެފައި ވަނީ، އެފަދަ ކަމަކާ މެދު އޭނާ ނުވިސްނާ ކަމަށެވެ. އަދި ޖަރުމަނުގެ ކޯޗުގެ މަޤާމަށް ގެންނަން ބޭނުންވާ މީހުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނޭކަން އިނގޭ ކަމަށް ވެސް ކްލޮޕް ބުންޏެވެ. ނަމަވެސް، މިވަގުތު މިއީ އެކަމާ ވިސްނަން ވީ ވަގުތު ނޫން ކަމަށް ވެސް ކްލޮޕް ބުނެފައިވެ އެވެ. 

ޖަރުމަނުގެ މައިންޒުން ކޯޗިން ކެރިއަރު ފެށި ކްލޮޕް އަކީ، ދުނިޔޭގައި ތިބި ތަޖުރިބާކާރު ކޯޗުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ ވަނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޓުގެ އިތުރުން، ލިވަޕޫލް އަށް ވެސް އިރުޝާދު ދީފައި އެވެ. ލިވަޕޫލް އަށް އިރުޝާދު ދިން ނުވަ އަހަރުގެ ތެރޭގައި ކްލޮޕް ވަނީ އެ ކުލަބަށް އަށް ތައްޓެއް ކާމިޔާބު ކޮށްދީފައި އެވެ. 

ފީފާ ވާރލްޑް ކަޕް 2026ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުހޫލިއަން ނާގަލްސްމަންޔާގެން ކްލޮޕް

އިތުރަށް ކިޔާލަން

02 ޖުލައި 2026

ވަރަށް ހިތްދަތި ވެއްޖެ ކަމަށް ބުނެ، އެކުއެޑޯގެ ކޯޗު އިސްތިއުފާ ދީފި

02 ޖުލައި 2026
ވަރަށް ހިތްދަތި ވެއްޖެ ކަމަށް ބުނެ، އެކުއެޑޯގެ ކޯޗު އިސްތިއުފާ ދީފި
02 ޖުލައި 2026

ބޮސްނިއާ ބަލިކޮށް، އެމެރިކާ ވެސް ގަދަ 16 އަށް

02 ޖުލައި 2026
ބޮސްނިއާ ބަލިކޮށް، އެމެރިކާ ވެސް ގަދަ 16 އަށް
02 ޖުލައި 2026

ފަހަތުން އަރައި ސެނެގާލް ކަޓުވާލައި، ބެލްޖިއަމް ގަދަ 16 އަށް

02 ޖުލައި 2026
ފަހަތުން އަރައި ސެނެގާލް ކަޓުވާލައި، ބެލްޖިއަމް ގަދަ 16 އަށް
02 ޖުލައި 2026

15 މިނެޓުގެ ތެރޭގައި ކޭން ޖެހި ދެ ލަނޑުން ކޮންގޯ ބަލިކޮށް، އިންގްލެންޑު ގަދަ 16 އަށް

02 ޖުލައި 2026
15 މިނެޓުގެ ތެރޭގައި ކޭން ޖެހި ދެ ލަނޑުން ކޮންގޯ ބަލިކޮށް، އިންގްލެންޑު ގަދަ 16 އަށް
01 ޖުލައި 2026

ޖަރުމަނުވިލާތުން ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑު ބަލައިނުގަތުމަށް ނިންމި ސަބަބު ފީފާއިން ހާމަކޮށްފި

01 ޖުލައި 2026
ޖަރުމަނުވިލާތުން ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑު ބަލައިނުގަތުމަށް ނިންމި ސަބަބު ފީފާއިން ހާމަކޮށްފި
01 ޖުލައި 2026

ވާރލްޑް ކަޕްގެ ނާކާމިޔާބާާ އެކު، ނެދަލެންޑްސްގެ ކޯޗު ކަމުން ކޫމަން އިސްތިއުފާ ދީފި

01 ޖުލައި 2026
ވާރލްޑް ކަޕްގެ ނާކާމިޔާބާާ އެކު، ނެދަލެންޑްސްގެ ކޯޗު ކަމުން ކޫމަން އިސްތިއުފާ ދީފި
01 ޖުލައި 2026

އެކުއެޑޯ ބަލިކޮށް، ފުރިހަމަ ރެކޯޑާ އެކު މެކްސިކޯ ގަަދަ 16 އަަށް

01 ޖުލައި 2026
އެކުއެޑޯ ބަލިކޮށް، ފުރިހަމަ ރެކޯޑާ އެކު މެކްސިކޯ ގަަދަ 16 އަަށް
01 ޖުލައި 2026

އެމްބާޕޭގެ ދެ ލަނޑުން ސްވިޑެން ބަލިކޮށް، ފްރާންސް ގަދަ 16 އަށް

01 ޖުލައި 2026
އެމްބާޕޭގެ ދެ ލަނޑުން ސްވިޑެން ބަލިކޮށް، ފްރާންސް ގަދަ 16 އަށް
01 ޖުލައި 2026

ފަހު ވަގުތު އައިވަރީ ކޯސްޓް ބަލިކޮށް، ނޯވޭ ގަދަ 16 އަށް

01 ޖުލައި 2026
ފަހު ވަގުތު އައިވަރީ ކޯސްޓް ބަލިކޮށް، ނޯވޭ ގަދަ 16 އަށް
30 ޖޫން 2026

ވީއޭއާރުން ޖަރުމަނު ވޯލްޑްކަޕުން ކަޓުވާލީ؟ އެއީ "ލަދުވެތި" ކަމެއް!

30 ޖޫން 2026
ވީއޭއާރުން ޖަރުމަނު ވޯލްޑްކަޕުން ކަޓުވާލީ؟ އެއީ "ލަދުވެތި" ކަމެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް